ރާއްޖޭގެ ޚަބަރު ބޭރުގެ މީޑިއާތަކުގެ ފާޑު ކިޔުންތައް ކުރީގެ ރައީސް ނަޝީދަށް!!

ބޭރުގެ މީޑިއާތަކުގެ ފާޑު ކިޔުންތައް ކުރީގެ ރައީސް ނަޝީދަށް!!

ބޭރުގެ މީޑިއާތަކުގެ ފާޑު ކިޔުންތައް ކުރީގެ ރައީސް ނަޝީދަށް!!

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ކުރީގެ ރައީސް ނަޝީދު | ދިއިސްލާމް ފޮޓޯ: ޢަބްދުﷲ އަބީދު

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ދެ ބައި އިލެކްޝަން އިންވެސް އެމްޑީޕީ އަށް ނާކާމިޔާބު ވުމުން ބޭރުގެ މީޑިއާތަކުން ކުރީގެ ރައީސް ނަޝީދުއަށް ފާޑުކިޔައިފިއެވެ.

ބައެއް ބޭރުގެ މީޑިއާ ތަކުން ހާމަކޮށްފައިވާ ގޮތުގައި ތާއިދު އޮތީ ނަޝީދަށް ކަމަށް ދައުވާކޮށް، ވެރިކަން ބަދަލުވުމަށް ފަހު ބޭއްވި ދެ ބައި އިލެކްޝަނަކުންވެސް ކުރީގެ ރައީސް ފެއިލް ވެފައިވާކަމަށެވެ.

އޭއެފްޕީން ބުނެފައިވަނީ ތިމަރަފުށީ އަދި ކާށިދޫ ބައި އިލެކްޝަންގައި ރައީސް ވަޙީދަށް ތާއީދުކޮށް އިންތިޚާބުގައި ވާދަކުރި ކެންޑިޑޭޓުން ފަސޭހަ ކަމާއެކު ބޮޑު އަޣުލަބިއްޔަތަކުން ކާމިޔާބު ހޯދާފައިވާތީ ރައްޔިތުންގެ ތާއީދު އޮތީ ކޮން ފަރާތަކަށްކަން ވަރަށް ސާފުކޮށް ހާމަވާކަމަށެވެ.

މީގެއިތުރުން ރައީސް ކަމުން އިސްތިއުފާ ދެއްވީ މަޖުބޫރުކޮށްގެންކަމަށް ވިދާޅުވާ ވިދާޅުވުމުގަައްޔާއި  ރައްޔިތުންގެ ތާއިދު އޮތީ ނަޝީދަށް ކަމަށް ވިދާޅުވެ ދައްކަވަމުން ގެންދަވާ ވާހަކަ ތަކުގެ ބުރަދަނާމެދު މިހާރު ސުވާލު އުފެދޭކަމަށެވެ.

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ތިމަރަފުށީ އަދި ކާށިދޫގެ ބައި އިލެކްޝަން ފުރިހަމަ އަޣްލަބިއްޔަތުން ކާމިޔާބުކޮށްފައިވަނީ ގުޅިފައިވާ އެއްބައިވަންތަ ސަރުކާރަށް ނިސްބަތްވާ ދެ މެމްބަރުންނެވެ.

ޓެގް

ބޭރުގެ މީޑިއާ ބައި އިލެކްޝަން ނަޝީދު ވެރިކަން އެމްޑީޕީ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.