ރާއްޖޭގެ ޚަބަރު ލިބެމުންދާ ނާކާމިޔާބީތަކަށް ބަލާއިރު ދޫދީގެން ހުރެވޭކަށް ނެތް: ޑރ ޑީޑީ

ލިބެމުންދާ ނާކާމިޔާބީތަކަށް ބަލާއިރު ދޫދީގެން ހުރެވޭކަށް ނެތް: ޑރ ޑީޑީ

ލިބެމުންދާ ނާކާމިޔާބީތަކަށް ބަލާއިރު ދޫދީގެން ހުރެވޭކަށް ނެތް: ޑރ ޑީޑީ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ފޮޓޯ: މައުރޫފް ޚަލީލު

އެމްޑީޕީއަށް ލިބެމުންދާ ނާކާމިޔާބީތަކަށް ބަލާއިރު އިތުރަށް ދޫދެއްވައިގެން މަޑުން ހުންނެވެން ނެތް ކަމަށް އެމްޑީޕީގެ ރައީސް ޑރ. އިބްރާހިމް ދީދީ ވިދާޅުވެއްޖެއެވެ.

ވީޓީވީއަށް މައުލޫމާތު ދެއްވަމުން ޑރ ދީދީ ވިދާޅުވީ އެމްޑީޕީ ހިންގުމުގެ ކަންކަމުގައި ޕާޓީގެ ޢާންމު މެންބަރުންގެ މަޞްލަހަތަށްޓަކައި ވަރަށް ބޮޑަށް ދޫ ދެއްވައިގެން ހުންނަވައިފިންކަމަށެވެ. އަދި ޕާޓީ ކުރިއަށް ގެންދިޔުމަށްޓަކައި ކުރެއްވެން ހުރި ހުރިހައި މަސައްކަތްތަކެއް އެންމެ ފުޅާ ދާއިރާއެއްގައި ކުރައްވަމުން ގެންދަވާނެކަމަށެވެ. އެގޮތުން  ޕާޓީގެ އަސާސީ ޤަވާއިދާއި އެއްގޮތްވާގޮތުގެ މަތިން ޕާޓީގެ ޢާންމު މެންބަރުން އޭނާ އާއި ހަވާލުކޮށްފައިވާ ޤާނޫނީ ހައިޞިއްޔަތުގެ ބޭނުންކޮށްގެން އެކަން ކުރައްވާނެކަމަށް ދީދީ ވިދާޅުވިއެވެ.

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ދެ ބައި އިލެކްޝަނުންވެސް ބަލި ވުމަށް އިޝާރާތް ކުރައްވާ ދީދީ ވިދާޅުވީ  ނަތީޖާ ޤަބޫލުކުރައްވާ ކަމަށާއި އިންތިޚާބުގެ ކަންކަން ކުރިއަށްދިޔަ ގޮތާއި މެދު ހިތްޕުޅު ހަމަޖެހިވަޑައިގަންނަވާ ކަމަށެވެ.

މީގެއިތުރުން ޑީޑީ ވިދާޅުވީ ތިމަރަފުށީ ދާއިރާގައިވެސް ކާށިދޫ ދާއިރާގައިވެސް އިންތިޚާބުގެ ކަންކަން ކުރިއަށް ގެންދެވީ ރައީސް ނަޝީދު އާއި އެމަނިކުފާނުގެ އަރިއަހުގައި އެމަނިކުފާނު ބައިވެރިކުރެއްވި ބޭފުޅުންކަމަށާއި ޕާޓީގެ ޤާނުނީ ހައިޞިއްޔަތު އޮތް ލީޑަރޝިޕަށް ފުރުޞަތު ނުދީ ކަންކަން ކުރުމުން ނުކުތް ނަތީޖާ ވަރަށް ރަނގަޅަށް ފެނިގެން ހިނގައްޖެކަމަށެވެ.

ހޮނިހިރު ދުވަހު ބޭއްވި ކާށިދޫ ދާއިރާއާއި ތިމަރަފުށީ ދާއިރާގެ ބައި އިލެކްޝަންވެސް ކާމިޔާބުކޮށްފައިވަނި އެއްބައިވަންތަ ސަރުކާރުގެ ކޯލިޝަންގަ ހިމެނޭ ޖުމްހޫރީ ޕާޓީ އާއި ޕީޕީއެމްގެ ކެނޑިޑޭޓުންނެވެ.

ޓެގް

ޑިޑި އިންތިޚާބު އެމްޑީޕީ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.