އިޓަަލީގެ މަޝްހޫރު ފްޓުބޯޅަ ކުޅުންތެރިޔާ މޮރިސިިނީ ދަނޑު މައްޗައް މަރު ވެގެން ވެއްޓިއްޖެ

މޮރިސިނީ އަށް ދަނޑުމަރީގައި ފަރުވާދެނީ.
އިއްޔެ އިއްޓަލީގެ ޕެސްކާރާގައި ކުޅެމުން ދިޔަ ސީރީސް ބީ ގެ މެއްޗެއްގެ މެދު ތެރެއިން ޕިއަރމަރިޔޯ މޮރިސިނީ މަރު ވެގެން ދަނޑު މައްޗައް ވެޓުން ވެގެން ދިޔައީ ކުޅުންތެރިންނާއި ބެލުން ތެރިން ސޮކެއް ލިބުނު މަންޒަރަކަށެވެ.
މެޗުގެ 31 މިނެޓުގައި ހިނގި މިހާދިސާ މޮރިސިނީ ދަނޑު މައްޗައް ވެއްޓިފައި އޮތް މަންޒަރު ފެނުނީ ރެފްރީއަށެވެ. 25 އަހަރުގެ މޮރިސިނީ ހޮސްޕިޓަލަށް ގެންދިޔަ އިރުގައި ވެސް ވަނީ މަރުވެފައެވެ. ޑޮކްޓަރުންނާއި ހަވާލާ ދީ ހަބަރުތައް ބުނާ ގޮތުގައި މޮރިސިނީ މަރުވެފައި ވަނީ ހާރޓް އެޓޭކެއްގެ ސަބަބުންނެވެ.
މޮރިސިނީ އަކީ ކުރީގައި އިޓްލީގެ 21 އަހަރުން ދަށުގެ ގައުމީ ޓީމަށް ވެސް ކުޅެފައި ވާ ކުޅުންތެރިއެކެވެ. މޮރިސިނީގެ މަރުގެ ހިތާމައިގައި ބައިވެރިވުމުގެ ގޮތުން އިއްޓަލީގައި ވަނީ ކުޅިވަރު މުބާރާތް ތައް ވަގުތީ ގޮތުން ހުއްޓާ ލެވިފައެވެ.
ފާއިތުވީ މަހުގައި ވެސް އިނގިރޭސިވިލާތުގެ މަޝްހޫރު ކުޅުންތެރިޔާ ބޯލްޓަން ފެބްރިކާ މުމްބާއަށް ވެސް ވަނީ ހާރޓް އެޓޭކެއް ޖެހިފައެވެ. ނަމަވެސް އަވަސް ފަރުވާ އަކުން މިހާރު އޭނާ ވަނީ ރަނގަޅުވެފައެވެ. ކުޅުތެރިންނަށް އެހާ ޅައުމުރުގައި ހާރޓް އެޓޭކު ޖެހުމުގެ މައްސަލަ މިހާރުވަނީ އިޓަލީގައި ސަމާލުކަމަށް ގެނެވިފައެވެ. ހިތުގެ ބަލިތަކާއި ދެކޮޅަށް އިޓަލީގައި މަސައްކަތް ކުރާ އައްމިލަ ޖަމާއަތަކުން ހާމަ ކުރި ގޮތުގައި އިޓަލީގައި ހިތުގެ ބަލީގައި މަރުވާ ޒުވާނުންގެ އަދަދު ވަނީ މަދުވެފައެވެ.
އެހެން ވީޑިއޯ
"ދާރިސް" ގެ ނަމުގައި ސަލަފުން މަޖައްލާއެއް ނެރެފި
ރޯދަވެރިންނަށް 30: ޝައްވާލު 6 ރޯދަ ހިފާނީ ކިހިނެތް؟
ރޯދަވެރިންނަށް 29: މާތް މަތިވެރި ގުދުސީ ޙަދީޘްފުޅެއް!
ރޯދަވެރިންނަށް 28: ގޭގައި ޢީދު ނަމާދު ކުރާނީ ކިހިނެއް!
ކޮވިޑް19 ނަސޭހަތް: ހޭދަކުރުމާއި މުޞީބާތް ފިއްލެވުމާއި ހުރު ގުޅުން
ރޯދަވެރިންނަށް 27: އެ ދުވަހުން އެކުވެރިންނަކީ ކޮން ބައެއް!
ކޮވިޑް19 ނަސޭހަތް: ﷲގެ އުލޫހިއްޔާތަށް އީމާންވުމޭ ބުނެވޭ ބަހުގެ މާނައަކީ ކޮބާ؟
ރޯދަވެރިންނަށް 25: މާތް ނަބިއްޔާ މުޙައްމަދު صلى الله عليه وسلم ގެ 6 ޚުލްޤުފުޅެއް!
ކޮވިޑް19 ނަސޭހަތް: ހޭދަކުރުމާއި މުޞީބާތް ފިއްލެވުމާއި ހުރު ގުޅުން
ރޯދަވެރިންނަށް 24: ކުޑަ ކަމަކުން ބޮޑު ޘަވާބު!
ކޮމެންޓް (0)
ލޯޑް ކުރަމުން...