ރާއްޖޭގެ ޚަބަރު މުނިސިޕަލްޓީގެ ރައީސް ދި ޓީވީގެ ކެމެރާ ޖަހައިގަނެވުނީ “ކޮންޓްރޯލުން” ނައްޓައިގެންކަމަށް ބުނެފި

މުނިސިޕަލްޓީގެ ރައީސް ދި ޓީވީގެ ކެމެރާ ޖަހައިގަނެވުނީ “ކޮންޓްރޯލުން” ނައްޓައިގެންކަމަށް ބުނެފި

މުނިސިޕަލްޓީގެ ރައީސް ދި ޓީވީގެ ކެމެރާ ޖަހައިގަނެވުނީ “ކޮންޓްރޯލުން” ނައްޓައިގެންކަމަށް ބުނެފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

މުނިސިޕަލްޓީގެ ރައީސް ދި ޓީވީގެ ކެމެރާ ޖަހައިގަނެވުނީ “ކޮންޓްރޯލުން” ނައްޓައިގެންކަމަށް ބުނެފިއެވެ.

އިސްލާމިކް ފައުންޑޭޝަންގެ ދަރުސް ބެނާތައް ނެއްޓި މައްސަލާގައި ސަރަނގު އާދަމް މަނިކާއި ބައްދަލުކުރަންދިއަ މަންޒަރު ނަގަމުންދަނިކޮން ސަރަނގު އާދަމަ މަނިކު ކެމެރާ ޖަހައިގަނެވުނީ ކޯފާގަދަވެން ކަމަށާއި އަދި އެ ކެމެރާމަނާއި ދިޓީވީގެ ފަރާތުން މައާފަށް އެދޭ ކަމަށް އާދަމް މަނިކު ވަނީ ފަހުން ބުނެފައެވެ. އަދި ކުށްކުރެވެނީ އިންސާނުންނަށް ކަމަށާއި ރޯދަ މަހު “ކޮންޓްރޯލުން” ނެއްޓީ ކަމަށް ވެސް އާދަމް މަނިކު ބުނެފައިވެއެވެ.

އިސްލާމިކް ފައުންޑޭޝަން އިން އިންތިޒާމްކޮށްގެން މިމަހު 27 ގައި ބޭއްވުމަށް ތައްޔާރުވަމުން ދާ ދަރުސްގެ ބޭނާތައް ހަރުކުރުމުން މުނިސިޕަލްޓީގެ ފަރާތުން އެބެނޭތައް ނައްޓާ މައްސަލާގައި އެޖަމިއްޔާގެ ބައެއް މެމްބަރުން ވަނީ މުނިސިޕަލްޓީ އޮފީސްކައިރިއަށް އެއްވެފައެވެ. އެފަރާތްތަކުން މުނިސިޕަލްޓީގެ ރައީސްއާއި ބައްދަލުކޮށް މިމައްސަލަ ހައްލުކުރުމަށް ވާހަކަ ދެކެވެމުން ދިޔައިރު މީޑިއާގެ ފަރާތްތަކުންވަނީ އެތަނަށް އައިސްފައެވެ.

މަންޒަރުދުށް މީހަކު ދިއިސްލާމްއަށް މައުޟޫމާތު ދިންގޮތުގައި "ދިޓީވީގެ ކެމެރާމަން އެތަން ކެމެރާ ކުރަމުންދަނިކޮން ކުއްލިއަކަށް މާލޭ މުނިސިޕަލްޓީގެ ރައީސް ސަރަނގު އާދަމް މަނިކު ބޭރަށް ނުކުމެ ދިޓީވީގެ ކެމެރާމަންގެ ގައިގައި ޖަހާ އަތަށް ތަދުކޮށްލުމަށްފަހު ކެމެރާ އަތުލާ މުނިސިޕަލްޓީގެ ތެރެއަށް ވަނީ" ކަމަށެވެ. ކެމެރާ އަތުލުމުން އެސަރަހައްދުގެ މަޝްރަހު ގޯސްވެގެން ދިއުމަށްފަހު ކެމެރާ ދިނުމަށް އެދުމުން އިރުކޮޅެއް ފަހުން ކެމެރާ އަނބުރާ ދިންކަމަށް ހަބަރު ލިބެއެވެ.

އާދަމް މަނިކުގެ މިފިނޑި އަމަލުގެ ސަބަބުން މީޑިއާއިން ދަނީ ފާޑުކިޔަމުންނެވެ. އިސްލާމިކް ފައުންޑޭޝަން އިންވެސް ވަނީ ދީނީ ދަރުސްތަކަށް ހުރަސް ނޭޅުމަށް ސަރަނގު އާދަމް މަނިކަށް ގޮވާލާފައެވެ.

ޓެގް

ސަރުކާރު

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.