ރާއްޖޭގެ ޚަބަރު ވެސްޓްޕާކް ކައިރީ ހިނގި މާރާމާރީއެއްގައި މީހަކު މަރުވެއްޖެ

ވެސްޓްޕާކް ކައިރީ ހިނގި މާރާމާރީއެއްގައި މީހަކު މަރުވެއްޖެ

ވެސްޓްޕާކް ކައިރީ ހިނގި މާރާމާރީއެއްގައި މީހަކު މަރުވެއްޖެ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

އައިޖީއެމްއެޗް: މުޖުތަމައުގައި ހިންގާ ޖަރީމާތަކުގެ ޝިކާރައަކަށް މިފަދަ ތަންތަންވެސް އަންނަނީ ވަމުން | ދިއިސްލާމް ފޮޓޯ: އިބްރާހިމް އަސްވާގު

ވެސްޓްޕާކް ކައިރީ ހިނގި މާރާމާރީއެއްގައި މީހަކު މަރުވެއްޖެއެވެ.

ދިއިސްލާމްއަށް ދާދިދެންމެއަކު ޚަބަރު ލިބިފައިވާ ގޮތުގައި މާރާމާރީގައި މަރުވެފައިވަނީ މ. ފެއާރީކޯނާރ އަލީ ޝިފާން (33 އަހަރު) އެވެ. ވެސްޓްޕާކް ކައިރިން ޝިފާންއަށް ހަމަލާދިން ބަޔަކު ހަމަލާދީފައިވަނީ ބުރަކައްޓައް ކަމަށް ޚަބަރުލިބެއެވެ. އަދި ޝިފާނަށް ހަމަލާދިނުމުން އައިޖީއެމްއެޗަށް ގެންދެވުނުކަމަށާއި މިއަދު ހަވީރު ހިނގި މިހާދިސާގެ ސަބަބުން 5.15 އެހާކަން ހާއިރު މަރުވެފައިވާ ކަމަށް ދިއިސްލާމްއަށް ވަނީ ޚަބަރު ލިބިފައެވެ.

މަންޒަރު ދުށް މީހަކު ބުނީ ހަމަލާދިނީ ކަޅުކުލައާއި ފިޔާތޮށި ކުލައިގެ ޖީއެން ސައިކަލެއްގައި އައި ހަތަރު މީހަކުކަމަށެވެ.

މ.ފެއާރީކޯނަރ ޢަލީ ޝިފާނަށް ދިން ޙަމަލާއެއްގައި އޭނާ މަރުވެފައިވާ ކަމަށް ފުލުހުންގެ އިދާރާއިންވެސް ވަނީ ކަށަވަރުކޮށްދީފައެވެ.

ފުލުހުން ބުނީ މާފަންނު ވެސްޓްޕާކް ކައިރިން ތޫނު އެއްޗަކުން ޝިފާނަށް ހަމަލާދީފައިވަނީ މިއަދު ހަވިރު 04:50 ހާއިރު ކަމަށާއި ޝިފާންގެ ބާމަތިން 3 ތަނަކަށާއި އަތުގެ ތަންތަނަށްވެސް ޙަމަލާދީފައިވާކަން މިހާތަނަށް ބެލިބެލުމުން އެނގޭ ކަމަށެވެ. އަދި އެޙަމަލާދީފައިވަނީ ޖީއެން ސައިކަލެއްގައި ދުއްވާފައި ދިޔަ ދެމީހުން ކަމަށެވެ.
އެޖަރީމާ ހިންގި މީހުން ހޯދަމުންދާ ކަމަށާއި އެމައްސަލަ ވަރަށް ސީރިއަސްކަމާއެކު ތަޙުޤީޤުކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.

ޓެގް

މަރު

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.