ދީންސުވާލާއި ޖަވާބު

ނަސޭހަތް ދިނުމަށްފަހުވެސް ނަމާދު ނުކުރާ މީހުންނާ އެއްކޮށް އެއްތަށިމަތިން ކައިބޮއެ ހެދުމުގެ ޙުކުމަކީ ކޮބާ؟

ސުވާލު:

ނަސޭހަތް ދިނުމަށްފަހުވެސް ނަމާދު ނުކުރާ ، މީހުންނާ އެއްކޮށް އެއްތަށިމަތިން ކައިބޮއެ ހެދުމުގެ ޙުކުމަކީ ކޮބާ؟ ޖަވާބު ކިޔާނިމޭ އިރު މި ސުވާލުގެ ޖަވާބުލިބޭނެކަމަށް ހީކުރަން..ޝެއިޚަށް ﷲ ހެޔޮ ޖަޒާ ދެއްވާށި..

ޖަވާބު:

الحمد لله، والصلاة والسلام على نبينا محمد وعلى آله وصحبه وسلم وبعد:

ތިބާގެ މައްޗަށް ވާޖިބުވެގެންވަނީ ގޭގައި އުޅޭ މީހުންނަށް ނަޞޭޙަތް ދިނުމެވެ. އަދި ނަމާދު އެޅުމަކީ ކިހާވަރެއްގެ ނުބައި ކަމެއްކަމާއި، އޭގެ ސަބަބުން ޤިޔާމަތް ދުވަހު ލިބޭނެ ގަދަފަދަވެގެންވާ ޢަޛާބުގެ ވާހަކައިން އިންޒާރު ކުރުމެވެ. ނަމާދު އެޅުމަކީ މީހާ އިސްލާމް ދީނުން ބޭރުވެ، މުރުތައްދު ވެގެންދާނެކަމެއްކަން އޭނައަށް އަންގައި ދިނުން މުހިއްމެވެ.

ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޡް ކުރެއްވިއެވެ. مَنْ تَرَكَ الصَّلَاة متعَمّدًا فَقَدْ كَفَرَ ) މާނައަކީ: " ޤަޞްދުގައި ނަމާދު އަޅައިފި މީހާ ކާފިރުވެއްޖެކަން ކަށަވަރެވެ." އަދިވެސް އެހެން ޙަދީޡެއްގައި އައިސްފައިވެއެވެاَلْعَهْدُ الَّذِي بَيْنَنَا وَبَيْنَهُمْ الصَّلاة, فَمَنْ تَرَكَهَا فَقَدْ كَفَرَ) رواه أحمد. މާނައަކީ: " ތިމަންނާމެންނާއި އެބައިމީހުންނާއި ދެމެދުގައިވާ ޢަހްދަކީ ނަމާދެވެ. ނަމާދު އަޅައި މީހާ ކާފިރުވެއްޖެކަން ކަށަވަރެވެ." އަދި ވެސް ޙަދީޡްކުރެއްވިއެވެ. (إِنَّ بَيْنَ الرَّجُلِ وَبَيْنَ الشِّركِ وَالْكُفُرِ تَركَ الصَّلَاة )رواه مسلم. މާނައަކީ: " ހަމަކަށަވަރުން އަޅާއާއި ކާފިރުކަމާއި ޝިރުކާއި ދެމެދުގައިވާ އިންފާރަކީ ނަމާދު ދޫކުރުމެވެ." އިސްވެދިޔަ ޙަދީޘްތަކުން ދޭހަހަވެގެންދަނީ ނަމާދު ޤަޞްދުގައި ޢަޅާފައިނަމަ އެމީހަކު ދީނުން ބޭރުވާނެކަމެވެ.

އެހެންކަމުން ނަމާދަށް ފަރުވާތެރިވުން އެއީ ކޮންމެމުސްލިމެއްގެ މައްޗަށް ލާޒިމުވެގެންވާ ކަމެކެވެ. ނަޞޭޙަތްދިނުމަށް ފަހުގައިވެސް އޭނަ ނަމާދަށް ފަރުވާތެރި ނުވެއްޖެނަމަ އޭނައާއި އެއްކޮށް ކައިބޮއި މަޖާކޮށް ވާހަކަ ދައްކައި ހަދާ އުޅެގެން ނުވާނެއެވެ. އޭނަގެ ކިބައިން ދުރުހެލިވާން ވާނެއެވެ.والله أعلم

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *

More in ދީން