ރާއްޖޭގެ ޚަބަރު އިންތިހާބު ބާއްވާނެ ތާރީޚެއް އިއުލާން ކުރާ ދުވަހު މާލޭގެ މަގުތައް އަމާންވާނެ: ނަޝީދު

އިންތިހާބު ބާއްވާނެ ތާރީޚެއް އިއުލާން ކުރާ ދުވަހު މާލޭގެ މަގުތައް އަމާންވާނެ: ނަޝީދު

އިންތިހާބު ބާއްވާނެ ތާރީޚެއް އިއުލާން ކުރާ ދުވަހު މާލޭގެ މަގުތައް އަމާންވާނެ: ނަޝީދު

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ކުރީގެ ރައީސް މުހައްމަދު ނަޝީދު | ދިއިސްލާމް ފޮޓޯ: އިބްރާހިމް އަޝްވާޤް

2013 ގެ ކުރިން ރިޔާސީ އިންތިޚާބެއް ބާއްވާނެ ތާރީޚެއް އިއުލާން ކުރާ ދުވަހަކީ މާލޭގެ މަގުތައް އަމާންވާނެ ދުވަސްކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

“ރިޔާސީ އިންތިޚާބެއް ބާއްވާނެ ތާރީޚެއް އިއުލާން ކުރާ ދުވަހަކީ މާލޭގެ މަގުތައް އަމާންވާނެ ދުވަސް. ރާއްޖޭގައި ހަމަޖެހުން ގާއިމުނުކޮށް އިންޑިއާ ކަނޑުގެ ގައުމުތަކަށް ސަލާމަތްތެރިކަމެއް ނެތް ކަމަށާއި ރާއްޖޭގައި އަމާންކަން ޤާއިމުކުރެވެން އޮތީ އަވަސް އިންތިޚާބަކަށް ގޮސްގެން” އެމްޑީޕީގެ އިސް ބޭފުޅުންގެ ޓީމަކާއެކު މިދިޔަ ބުރާސްފަތިދުވަހު އެމަނިކުފާނު ކުރެއްވި ދަތުރުފުޅު ނިންމަވާލައްވާ މާލެ ވަޑައިގެން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ވިދާޅުވިއެވެ.

 މަގުތަކަށް ރައްޔިތުންގެ ގިނަބައަކު ކޮންމެ ދުވަހަކު ނުކުންނަނީ އިންތިޚާބު ބާއްވާނެ ތާރީޚެއް އެމީހުންނަށް ނުލިބޭތީ ކަމަށާއި އަދި ރާއްޖޭގެ ރައްޔިތުން ބޭނުންވަނީ ރައީސުލްޖުމްހުރިއްޔާ ކަމަށް އެމީހުންގެ ވޯޓުން އިންތިޚާބު ކުރާ ރައީސަކު ހުންނެވުމަށް ކަމަށް ނަޝީދު ވިދާޅުވިއެވެ. މީގެއިތުރުން ނަޝީދު ވިދާޅުވީ  އަންނަ އަހަރުގެ ކުރިން ރިޔާސީ އިންތިޚާބެއް ބާއްވާނެ ތާރީޚެއް ސަރުކާރުން އިޢުލާން ނުކުރަނީސް އެމްޑީޕީ އާއި އެމަނިކުފާނުގެ ސަޕޯޓަރުން ހިންގަމުން ގެންދާ ހަމަނުޖެހުންތައް ހުއްޓާ ނުލާނެކަމަށެވެ.

މި ސަރުކާރު ގިނަ ދުވަސްވީ ވަރަކަށް ބަލިކޮށްލާ ވެރިކަން އަތުލައިގަތުމަށް އުނދަގޫވާނެކަމަށާއި ނަމަވެސް  ކިތަންމެ އަވަހަށް އިންތިޚާބެއް ބޭއްވި ނަމަވެސް އެމްޑީޕީގެ ޓިކެޓްގައި ވާދަކޮށް ކާމިޔާބު ކުރައްވާނެކަމަށް ކުރީގެ ރައީސް ވިދާޅުވިއެވެ.

މިހާރުގެ ސަރުކާރުން އިންތިޙާބަކަށް ދިޔުމަށް ފަސްޖެހެނީ  ސަރުކާރަށް ތާއިދު ކުރާ ފަރާތްތަކުގެ މެދުގައި ކޯޅުންތައް ބޮޑުކަމުން ކަމަށް ނަޝީދު ވިދާޅުވެފައިވާއިރު ސަރުކާރުގެ ތަރުޖަމާން އައްބާސް އާދިލް ރިޒާ ވިދާޅުވީ ރިޔާސީ އިންތިޚާބެއްގައި ވާދަކުރުމަށް ސަރުކާރުގެ އިއްތިހާދުގެ ތެރޭގައި އެއްވެސް މައްސަލައެއް އޮތްކަމަށް ޤަބޫލުނުކުރައްވާ ކަމަށެވެ.

“ހަމައެކަނި ކުރިމަތިވާ މައްސަލައަކީ މަގުޗާޓުގައިވާކަންކަން ފުރިހަމަ ނުކޮށް އިންތިކާބެއް ބޭއްވެން ނެތް މައްސަލަ. ވީމާ އަވަސް އިންތިޚާބެއް އެމްޑީޕީ އިން ބޭނުންވާނަމަ މަގުޗާޓުގައިވާ ކަންކަން ފުރިހަމަކުރުމަށް އެއްބާރުލުން ދޭންވީ." އައްބާސް ވިދާޅުވިއެވެ.

އެމްޑީޕީން ދަނީ އަވަސް އިންތިޚާބެއް ބޭއްވުމަށް ގޮވާލާ ތަފާތު ހަރަކާތްތައް ހިންގަމުންނެވެ.

ޓެގް

ތަރުޖަމާން އައްބާސް އިންތިހާބު ނަޝީދު އެމްޑީޕީ ސަރުކާރު

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.