ރާއްޖޭގެ ޚަބަރު މީސްތަކުން ލައްވާ ނަމާދުކުރުމަށް އަމުރުކުރުމަކީ ވެރީންގެ މައްޗަށް ލާޒިމު ކުރާކަމެއް: ޝައިޚް ސަމީރު

މީސްތަކުން ލައްވާ ނަމާދުކުރުމަށް އަމުރުކުރުމަކީ ވެރީންގެ މައްޗަށް ލާޒިމު ކުރާކަމެއް: ޝައިޚް ސަމީރު

މީސްތަކުން ލައްވާ ނަމާދުކުރުމަށް އަމުރުކުރުމަކީ ވެރީންގެ މައްޗަށް ލާޒިމު ކުރާކަމެއް: ޝައިޚް ސަމީރު

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ޝައިޚް ސަމީރު ދަރުސެއް ދެއްވަނީ – ދިއިސްލާމް ފޮޓޯ : ޢަބްދުﷲ ޝަފީޢު އިހްސާން

މީސްތަކުން ލައްވާ ނަމާދުކުރުމަށް އަމުރުކުރުމަކީ ވެރީންގެ މައްޗަށް ލާޒިމުކަމެއް ކަމަށް އައްޝައިޚް އަޙްމަދު ސަމީރު ބިން އިބްރާހިމް ވިދާޅުވެއްޖެއެވެ.

" ދޫކޮށްލަން ހެޔޮނުވާނެ ހަދިޔާ" މި މައުޟޫއަށް ހުކުރުދުވަހުގެ ރޭ އޭދަފުށީގައި ބޭއްވި ދަރުސްގައި ވާހަކަ ދައްކަވަމުން ޝައިޚް ވިދާޅުވީ މީސްތަކުންނަށް ހެޔޮ ނަޞޭޙަތް ދިނުމާއި، އެބައިމީހުން ލައްވާ ނަމާދުކުރުމަށް އަމުރުކުރުން އެއީ އަޅުގަނޑުމެންގެ މައްޗަށް އިސްކުރެވިފައިވާ ވެރީންނާއި މައިންބަފައިންނާއި އަދި އެނޫންވެސް މަސްޢޫލުވެރީންގެ މައްޗަށް ޝަރުއީ ގޮތުން ލާޒިމު ކުރާކަމެއްކަމަށެވެ.

މި މައުޟޫއަށް އިތުރަށް ވާހަކަދައްކަވަމުން ޝައިޚް ވިދާޅުވީ ﷲ ސުބުޙާނަހޫ ޥަތަޢާލާ ބިމުގައި ބަޔަކަށް ބާރުވެރިކުރައްވާ ވެރިކަން ދެއްވައިފިކަމުގައިވާނަމަ އެބައެއްގެ އެންމެއިސް ވާޖިބަކަށްވާންޖެހޭނީ މީސްތަކުންނަށް ނަމާދަށް ގޮވާލުމާއި، ނަމާދަށް އަމުރުކުރުމާއި، ނަމާދު ޤާއިމުކުރުމާއި، ޒަކާތްނެރުމާއި، ޒަކާތް ބެހުމާއި، ޒަކާތްނުދޭމީހުން އެކަމުގެ ޢުޤޫބާތްދިނުމާއި، ގަދަކަމުންނަމަވެސް އެޒަކާތް ދައުލަތުގެ ބައިތުލް މާލަށް ވެއްދުމާއި، އަދި ޢަދުލުވެރި އިންސާފުވެރިގޮތުގައި އެ ޒަކާތުގެ މުދާ މީސްތަކުންގެ މެދުގައި ބެހުމާއި، މުޖްތަމަޢުގައި ފާޙިޝް ކަންތަކާއި މުންކަރާތްތައް ބަޔަކު ކުރާކަމަށްވާނަމަ ވެރިކަމަށްލިބިފައިވާ ވެރިކަމުގެ ބާރުގައި އެކަންކަން މަނާކުރުމަކީ ދައުލަތުގެ ވެރީންނަށް ﷲ ސުބުޙާނަހޫ ޥަތަޢާލާ ޝަރުޢުކުރައްވައި އަމުރުކުރައްވާފައިވާކަމެއްކަމަށާއި އެބޭފުޅުންގެ ޒިންމާއެއްކަމަށެވެ.

އަދި މިއަދު އަޅުގަނޑުމެންނަށް މުޖްތަމައުއިން ފެނިގެންމިދާ ތަފާތު ނަފްސާނީ ބަލިތަކާއި ހިތް ނުތަނަވަސް ވުމާއި ހާސްވުމާ ކަންބޮޑުވުމުން އިންސާނާ ސަލާމަތްކޮށްދޭނެ ހަމައެކަނި އަޅުކަމަކީ ނަމާދުކަމަށް ޝައިޚް ވިދާޅުވިއެވެ. މީގެއިތުރުން  އުޅޭނެ ނޫޅޭނެގޮތެއް ނޭނގުމާއި، ފާޙިޝް ކަންތަކާއި މުންކަރާތްތަކުން އިންސާނާ ސަލާމަތް ކޮށްދޭނޭ ހަމައެކަނި އަޅުކަމަކީ ވެސް ނަމާދުކަމަށް ޝައިޚް ސަމީރު ވިދާޅުވިއެވެ.

ޓެގް

ދަރުސް ވީޑިއޯ އޭދަފުށި ޝައިޚް ސަމީރު ސަމީރު ނަމާދު

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.