ރާއްޖޭގެ ޚަބަރު ސިޔާސީ ބޭފުޅުން މަގާމުގެ މަސައްކަތަށް އަހުލުވެރިކުރެއްވުމަށްޓަކައި ރައީސް އޮފީހުން ސެމިނާރެއް ބާއްވައިފި

ސިޔާސީ ބޭފުޅުން މަގާމުގެ މަސައްކަތަށް އަހުލުވެރިކުރެއްވުމަށްޓަކައި ރައީސް އޮފީހުން ސެމިނާރެއް ބާއްވައިފި

ސިޔާސީ ބޭފުޅުން މަގާމުގެ މަސައްކަތަށް އަހުލުވެރިކުރެއްވުމަށްޓަކައި ރައީސް އޮފީހުން ސެމިނާރެއް ބާއްވައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

މިއަދު ބޭއްވި ސެމިނާރުގެ ތެރެއިން |ފޮޓޯ: ރައީސް އޮފީސް

ސަރުކާރުގެ އިދާރާތަކަށް އައްޔަނު ކުރެއްވި ސިޔާސީ ބޭފުޅުން، މަގާމުގެ މަސައްކަތަށް އަހުލުވެރިކުރެއްވުމަށްޓަކައި ރައީސް އޮފީހުން މިއަދު ސެމިނާރެއް ބާއްވައިފިއެވެ.

ސަރުކާރުން ހާމަކުރިގޮތުގައި މި ސެމިނާރުގެ މައިގަނޑު މަޤްޞަދަކީ ސަރުކާރުގެ ހިންގުމުގެ އޮނިގަނޑު ރޭވިފައިވާ ގޮތާއި، ސަރުކާރު ހިންގުމުގެ މައިގަނޑު އުސޫލުތަކާއި، ސިޔާސީ މުވައްޒަފުންގެ ސުލޫކީ މިންގަނޑު އޮޅުންފިލުއްވައިދެއްވުމާއި، ކޮރަޕްޝަން ހުއްޓުވުމާބެހޭ މުހިންމު މަޢްލޫމާތު ދެއްވުމެވެ. މީގެއިތުރުން ސިވިލް ސަރވިސް މުވައްޒަފުންނާ ދޭތެރޭ ޢަމަލުކުރެއްވުމުގައި ސިޔާސީ މުވައްޒަފުން ވިސްނާވަޑައިގަންނަވަންޖެހޭ މުހިންމު ކަންކަމާބެހޭގޮތުންނާއި، ފައިސާއާއި ހިސާބު ބެލެހެއްޓުމުގެ ކަންތައްތަކުގައި ސިޔާސީ އިސްމުވައްޒަފުން ސަމާލުކަންދެއްވަންޖެހޭ ބައެއް މުހިންމު ކަންތައްތައް އޮޅުންފިލުއްވައިދެއްވުމެވެ.

ސަރުކާރުގެ މިނިސްޓްރީތަކުގެ މިނިސްޓަރުންނާއި، ސްޓޭޓް މިނިސްޓަރުންނާއި އެ ފެންވަރުގެ ބޭފުޅުންނަށާއި ރައީސުލްޖުމްހުރިއްޔާގެ އޮފީހުގެ ސިޔާސީ މަގާމުތަކުގައި ތިއްބެވި އިސްބޭފުޅުންނަށް ޙާއްސަކޮށް ބޭއްވި ސެމިނާރުގައި މައުލޫމާތު ދެއްވީ  ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި، ސިވިލް ސަރވިސް ކޮމިޝަނާއި، މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީއާއި، އެންޓި-ކޮރަޕްޝަން ކޮމިޝަންގެ ފަންނީ ބޭފުޅުންކަމަށް ރައީސް އޮފީހުން ބުނެއެވެ.

ޑެޕިޔުޓީ މިނިސްޓަރުންނާއި، އެފެންވަރުގެ ބޭފުޅުންނަށް ބާއްވަވާ ސެމިނާރެއް އަންނަ ހަފްތާގައި އޮންނާނެކަމަށް ރައީސް އޮފީހުން ހާމަކުރެއެވެ.

ޓެގް

ސެމިނާރު މިނިސްޓަރ ރައީސް އޮފީސް ސަރުކާރު

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.