ރާއްޖޭގެ ޚަބަރު ރައީސްގެ ދިރިއުޅުއްވުން މުލިއާގެއަށް ބަދަލު ނުކުރައްވާނެ ކަމަށް ރައީސް އޮފީހުން ބުނެފި

ރައީސްގެ ދިރިއުޅުއްވުން މުލިއާގެއަށް ބަދަލު ނުކުރައްވާނެ ކަމަށް ރައީސް އޮފީހުން ބުނެފި

ރައީސްގެ ދިރިއުޅުއްވުން މުލިއާގެއަށް ބަދަލު ނުކުރައްވާނެ ކަމަށް ރައީސް އޮފީހުން ބުނެފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ރައީސް ޑރ. ވަހީދު – ދިއިސްލާމް ފޮޓޯ : އިބްރާހީމް އަޝްވާޤް

ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ ޑރ މުހައްމަދު ވަހީދު ހަސަން މަނިކު ދިރިއުޅުއްވުން މުލިއާގެޔަށް ބަދަލު ނުކުރައްވާނެކަމަށް ރައީސް އޮފީހުން ބުނެފިއެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު އައްބާސް އާދިލް ރިޒާ ވިދާޅުވީ ރައީސް ގެ ރަސްމީ ގެ ކޮޅު ބަދަލު ކުރެއްވުމަށް ގަސްތުނުކުރައްވާކަމަށެވެ. އަދި އެމަނިކުފާނު ހުންނަވާނީ ހިލާލީ ގެކޮޅުގައިމަށެވެ.

މީގެއިތުރުން އައްބާސް ވިދާޅުވީ ހިލާލީ ގެއަކީ ރައީސްގެ ރަސްމީ ގެކޮޅުކަމަށެވެ.

ތަރުޖަމާން މިހެން ވިދާޅުވެފައި މިވަނީ ކުރީގެ ރައީސް ނަޝީދު ރައީސްކަމުގެ ދުވަސްވަރު ދިރިއުޅުއްވެވި މުލިއާގެއަށް ރައީސް ވަހީދު ބަދަލުވެ ވަޑައިގަންނަވަން އުޅުއްވާ ކަމުގެ ވާހަކަތައް ފެތުރިފައިވަނިކޮށެވެ.

ކުރީގެ ރައީސް މައުމޫން އަބުދުލްގައްޔޫމްގެ ވެރިކަމުގައި ރައީސުލް ޖުމުހުރިއްޔާގެ ރަސްމީ ގަނޑުވަރުކަމުގައި ހަމަޖައްސަވާފައިވަނީ ތީމުގެއެވެ. އެއަށްފަހު ކުރީގެ ރައީސް ނަޝީދުގެ ވެރިކަމުގައި ރަސްމީ ގެ ކޮޅުކަމަށް މުލިއާގެ ހަމަޖައްސަވާފައެވެ.

ޓެގް

މައުމޫން ވަހީދު ތީމުގެ ހިލާލީގެ މުލިއާގެ ނަޝީދު ރައީސް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.