ރާއްޖޭގެ ޚަބަރު ސަރުކާރާ އެކީ މަޝްވަރާކުރުމަށް އެމްޑީޕީން ތައްޔާރުކަމަށް އެ ޕާޓީން ބުނެފި

ސަރުކާރާ އެކީ މަޝްވަރާކުރުމަށް އެމްޑީޕީން ތައްޔާރުކަމަށް އެ ޕާޓީން ބުނެފި

ސަރުކާރާ އެކީ މަޝްވަރާކުރުމަށް އެމްޑީޕީން ތައްޔާރުކަމަށް އެ ޕާޓީން ބުނެފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

އެމްޑީޕީގެ ބައެއް އިސްވެރިން | ދިއިސްލާމް ފޮޓޯ

ރައީސް މުހައްމަދު ވަހީދު ހަސަން މަނިކުގެ ސަރުކާރާއެކީ މަޝަވަރާކުރުމަށް ތައްޔާރުކަމަށް އެމްޑީޕީން ބުނެފިއެވެ.

ކުރީގެ ރައީސް ނަޝީދުއާއި އެމްޑީޕީގެ އިސްވެރިން ސްރީލަންކާއަށް ޒިޔާރަތްކުރައްވައި، އެޤައުމުގައި ތިއްބަވާ އެކުވެރި ދައުލަތްތަކުގެ ސަފީރުންނާއި ބައްދަލުކުރައްވައި މަޝްވަރާ ބަދަލުކުރެއްވުމަށްފަހު ނެރުނު ނޫސްބަޔާނުގައި ބުނެފައިވަނީ ރާއްޖޭގައި މިއަދު ހަލަބޮލިވެފައިވާ ސިޔާސީ މާހައުލަށް ހަމަޖެހުމެއް ގެނައުމަށްޓަކައި ޔޫރަޕިއަން ޔޫނިއަނުން ހުށަހަޅާ ހުށަހެޅުންތަކަށް ދިވެހި ސަރުކާރު ހިންގަވަން ތިއްބެވި ފަރާތްތަކުން އަދި ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީއިންވެސް މަރުހަބާ ކިޔާކަމަށެވެ.

އެ ހުށައެޅުންތަކުގައި އަވަސް އިންތިޚާބެއް ބޭއްވުމާއި ވެރިކަން ބަދަލުވި ގޮތުގެ މިނިވަން ތަހްގީގެއް ބައިނަލް އަޤުވާމީ ފަރާތްތަކުގެ ބައިވެރިވުމާއެކީ ހިންގުމާއި  ރައްޔިތުންގެ މަޖިލީހާއި ދައުލަތުގެ އެހެނިހެން މުއައްސަސާތަކުގެ މަސައްކަތްތައް އޮމާންކަމާއި އެކު ހިންގެވުން ހިމެނޭކަމަށް އެމްޑީޕީން ހާމަކުރެއެވެ.

ބަޔާނުގައި ވާގޮތުން އެމްޑީޕީ އަދި އެކުވެރި ދައުލަތްތަކުގެ ސަފީރުން ދެކެވަޑައިގަންނަވާގޮތުގައި ދެން އޮތް މަރުހަލާއަކީ މި ކަންކަމުގެ ތަފްސީލުތައް ކަނޑައަޅައި، އެކަންކަމުގެ އަމަލީ މަސައްކަތްކުރިޔަށް ގެންދިޔުމެވެ.

"ވުމާއެކު މިކަންކަމުގެ ތަފްސީލުތައް، މަޝްވަރާ ބަދަލުކޮށް ކަނޑައެޅުމަށް ބައްދަލުވުން ބޭއްވުމަށްޓަކައި ސަރުކާރު ހިންގެވުމާ ހަވާލުވެ ތިބި ފަރާތްތަކުން ކަނޑައަޅާ ކޮންމެ ތަނެއްގައި، ކޮންމެ ވަގުތަކު ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީން ބައިވެރިވުމަށް ހުރިހާ ގޮތަކުން ތައްޔާރަށް އޮތް ކަމުގައި މި ޕާޓީން ހާމަކުރަމެވެ،" އެމްޑީޕީގެ ބަޔާނުގައިވެ އެވެ.

ޓެގް

ލަންކާއަށް ކުރައްވާ ދަތުރު މަޝްވަރާ އެމްޑިޕީ ނަޝީދު ސަރުކާރު

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.