ޗައިނާ އާއި ނ. ކޮރެއާގައި ފެންބޮޑުވެ އެތައް ހާސް މީހުން ރައްކާތެރި ހިސާބުތަކަށް ގެންގޮސްފިއެވެ.
ޗައިނާ އާއި ނޯތު ކޮރެއާއަށް ކުރަމުންދާ ވިއްސާރައިގައި ފެންބޮޑުވުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބެމުންދާކަމަށް ހަބަރު ލިބެއެވެ. ނ. ކޮރެއާގެ ސަރުކާރުގެ މީޑިއާއިން ހަބަރުދޭ ގޮތުގައި އެގައުމުގެ 5 ހާސް މީހުންވަނީ ރައްކާތެރި ހިސާބުތަކަށް ބަދަލުކޮށްފައެވެ. އަދި ޗައިނާގެ 94 ހާސް މީހުން ރައްކާތެރި ހިސާބުތަކަށް ބަދަލުކޮށްފައިވެއެވެ. ޗައިނާއަށް ކުރަމުންދާ ވިއްސާރައިގައި ފެންބޮޑުވުމުގެ ސަބަބުން 200 އަށް ވުރެ ގިނަ ގެ ވަނީ ހަލާކުވެފައެވެ. އަދި މިހާތަނަށް 4 މީހުން ވަނީ ގެއްލިފައެވެ. ޗައިނާގައި ވޭތުވެދިޔަ ދުވަސްތަކުގައި ވިއްސާރަވުމުގެ ސަބަބުން 1500 ވުރެ ގިނަ މީހުންވަނީ މަރުވެފައެވެ. ހަބަރު ލިބޭގޮތުގައި ނ. ކޮރެއާގައި ފެންބޮޑުވެ މިހާތަނަށް ވަނީ 5 މީހުން މަރުވެފައެވެ.
ދުނިޔޭގެ އެކި ކަންކޮޅުތަކަށް ކުރަމުންދާ ވިއްސާރައިގައި ތަފާތު ގެއްލުންތައް ދަނީ ލިބެމުންނެވެ. އެގޮތުން ޕާކިސްތާނާއި ޗައިނާއާއި ނ. ކޮރެއާ އާއި ހޮންޑޫރާސްއަށް ދަނީ ވިއްސާރަކޮށް އެކިވަރުގެ ގެއްލުންތައް ލިބެމުންނެވެ.

















ޚިޔާލު