ކީރިތި ޤުރުއާނުގައި އައްޔޫބްގެ ފާނަށް ތަޢުރީފު ކުރައްވާ ވަޙީ ކުރައްވާފައި ވެއެވެ:
"ހަމަކަށަވަރުން، އެކަލޭގެފާނީ ކެތްތެރިޔަކު ކަމުގައި ތިމަންރަސްކަލާނގެ ދެކެވޮޑިގެންވީމެވެ. އެއަޅާގެ ރަނގަޅުކަމާއެވެ! ހަމަކަށަވަރުން، އެކަލޭގެފާނީ، ގިނަގިނައިން ތަވްބާ ވެވަޑައިގަންނަވާ ބޭކަލެކެވެ." {ސުރަތުއް ޞާދް 38: 44}
މަލާއިކަތުންގެ ޖަމާޢަތެއް ﷲ ގެ އެހެން މަޚްލޫޤުންނާއި މަޝްވަރާ ކުރިއެ، ނުކިޔަމަންތެރި އަޅުން ﷲ ގެ ނުރުއްސެވުން ހޯދާ އިރުގައި، ﷲ އަށް ކިޔަމަންތެރި އަޅުން އެއިލާހުގެ ރުހުން ހޯދަނީ ކިހިނެއްހެއްޔެވެ. އެއް މަލާއިކަތަކު ފާހަގަކުރިއެ: " މިއަދު ދުނިޔޭގައިވާ އެންމެ ރަނގަޅު މަޚްލޫޤަކީ އައްޔޫބެ، އަބަދުމެ އެ ކަލޭގެފާނުގެ ދީލަތިވަންތަ ރަސްކަލާނގެ ހަނދުމަކޮށް އަދި ވަރަށް ބޮޑަށް ކެއްތެރިވާ މާތް އަޚުލާޤް ދައްކުވައިދޭ އިންސާނެކެވެ. އެކަލޭގެފާނަކީ ﷲ ގެ އަޅުތަކުންނަށްވާ ފުރިހަމަ މިސާލެކެވެ. މީގެ ބަދަލުގައި އެކަލޭގެފަނުގެ ވެރި އިލާހު އެކަލޭގެފާނަށް އެތައް ޙާދިމުނާއި އަދި އުމުރު ދިގުކަމުގެ ބަރަކާތްވަނީ ލައްވަވާފައެ، މިއާއިއެކު އެކަލޭގެފާނުގެ ތަނަވަސްކަން ފަޤީރުންނާއި ބޭނުންޖެހިފައިވާ މީހުންނާއި ޙިއްޞާކުރެއެވެ. އެކަލޭގެފާނު ނިކަމެތިންނަށް ކާންދީ އަނައުނުދެއެވެ. އަދި މިނިވަން ކުރުމަށް އަޅުން ގަނެ އެވެ. އެކަލޭގެފާނުގެ ކަންތައްކުރާ ގޮތުން ޞަދަޤާތް ލިބިގަންނަށް މީހާއަށް ހީވާނީ އެމިހުން އެކަލޭގެފާނަށް އެހީތެރި ވަނީ ހެންނެ، އެހާމެ އޯގާތެރިވާނެ އެވެ.
އިބިލީސް އެކަލޭގެފާނާއި މެދު ޙަސަދަވެރިވުން:
މިހުރިހާ ވާހަކަތައް އަޑު އެހުމަށްފަހު އިބިލީސް ރުޅިއަ އެވެ. އައްޔޫބްގެފާނު ފަސާދަކޮށް އަދި އެކަލޭގެފާނު ކާފިރުކޮށްލުމަށް އޭނާ ރޭވިއެ، އެހެން ކަމުން މިކަލޭގެ އެކަލޭގެފާނާއި ދިމާލަށް އަވަސްވެގަތެވެ. އެކަލޭގެފާނުގެ ހަޔާތުގައިވާ ރަނގަޅު ކަންތައްތައް މަތިން ހަނދުމަ ކުރުވައިގެން އެކަލޭގެފާނު ނަމާދުން އެއްކިބާ ކުރުމަށް އެކަލޭގެ މަސައްކަތް ކުރިއެވެ. ނަމަވެސް އައްޔޫބްގެފާނަކީ ތެދުވެރި މުއުމިނެކެ އަދި ނުބައި ހިޔާލުތަށް އެކަލޭގެފާނު ﷲ އާއި އެއްކިބާ ކުރިއަކަ ނުދެ އެވެ. މިކަންމުން އިބިލީހަށް އިތުރު އުނދަގޫތައް ލިބުނެ އަދި އައްޔޫބްގެފާނާ މެދު ރުޅިވެރިކަން އިތުރުވި އެވެ.
އައްޔޫބްގެފާނުގެ މުދާ ނެތިކުރެއްވުން:
އިބިލީސް ﷲ ގެ ހަޟުރަތުގައި، އައްޔޫބްގެފާނުގެ ޝަކުވާ ކުރި އެވެ. އެކަލޭގެ ބުންޏެ، އެކަލޭގެފާނު އަބަދުމެ ﷲ އަށް ތަސްބީޙަ ކިޔަނީ އެއްވެސް ހާލެއްގައި އެކަލޭގެފާނުގެ އިޚްލާސްތެރިކަމަކުން ނޫނެ ނަމަވެސް ﷲ ރުއްސެވުމަށްޓަކައެ އޭއީ އެއިރުން އެކަލޭގެފާނުގެ މުދާ ނުނަންގަވާނެތީ އެވެ. އެއީ މުޅިން ދެއްކުންތެރިކަމެ، އެކަންވަނީ ދަހިވެތިކަމުގެ ތެރެއިންނެވެ. " އިބަ އިލާހު އެކަލޭގެފާނުގެ މުދާ ނަންގަވައިފި ނަމަ އިބަ އިލާހު ދެކޭނެތެ، އެކަލޭގެފާނުގެ ދުލުން ދެން އިތުރަކަށް އިބަ އިލާހު ގެ ނަންފުޅު ނުގަންނާނެތެ އަދި އެކަލެގެފާނު އަޅުކަން ކުރުން ހުއްޓޭނެތެވެ."
އިބިލީހަށް ﷲ ވަޙީ ކުރެއްވިއެ، އައްޔޫބްގެފާނަކީ ތިމަން އިލާހުގެ އެންމެ އިޚްލާސްތެރި އަޅުތަކުންކުރެ އަޅެކެވެ. އެކަލެގެފާނު އަޅުކަންކުރަނީ ކަންތައްތަކެއްގެ ބޭނުމެއްގައެއް ނޫނެވެ. އެކަލެގެފާނުގެ އަޅުކަން ނެގިފައިވަނީ އެކަލޭގެފާނުގެ ހިތުންނެ އަދި ކިއެއްތަ ދުނިޔެވީ ތަކެއްޗާއި އެއްވެސް ގުޅުމެއް ނުވެ އެވެ. ނަމަވެސް އިބިލީހަށް އައްޔޫބްގެފާނުގެ އިޚްލާސްތެރިކަމާއި އަދި ކެތްތެރިކަމުގެ ފުންމިން ދެއްކެވުމަށް ޓަކައި، ﷲ އެކަލޭގެ (އިބިލީސް) އާއި އެކަލޭގެ ގެ ބައިވެރިންނަށް އައްޔޫބްގެފާނުގެ މުދަލަށް ބޭނުން ގޮތެއް ހެދުމުގެ އިޛްނަދެއްވިއެވެ.
އިބިލީސް ވަރަށް އުފާވި އެވެ. އޭނާ އޭނާގެ ބައިވެރިން ޖަމާކުރިއެ އަދި އައްޔޫބްގެފާނުގެ ނައަމްސޫފިތަކާއި، ޚާދިމުންނާއި އަދި ދަނޑުބިންތައް ހަލާކު ކުރަންފެށިއެ އަދި ހުރިހާ އެއްޗެހި ނެތިއްޖެއުމަށް ދާންދެން އެކަންކުރިއެވެ. ދެން އުފަލުން އަތްފޮޅަމުން، ޙިކުމަތްތެރި މުސްކުޅިއެއްގެ ސިފައިގައި އައްޔޫބްގެފާނު އަރިހަށް އައިސް ބުންޏެ " ކަލޭގެފާނުގެ ހުރިހާ މުދަލެއް ގެއްލިއްޖެއެ، ބައެއް މީހުން ބުނެއެ އެއީ ކަލޭގެފާނު މާގިނައިން ޞަދަޤާތްދީ އުޅޭތީއެ އަދި އަބަދުމެ ﷲ އަށް އަޅުކަން ކުރުމުގައި ވަގުތު ބޭކާރު ކުރާތީ އެވެ. އަނެއްބައި މީހުން ބުނަނީ ﷲ ކަލޭގެފާނާ މެދު މިގޮތައް ކަންތައް ކުރެއްވި ކަލޭގެފާނުގެ ދުސްމިނުން އުފާ ކުރެއްވުމަށެވެ. ނުރައްކަލުން ސަލާމަތް ކުރުމުގެ ޤާބިލިއްޔަތު ﷲ ހުރި ނަމަ ކަލޭގެފާނުގެ މުދާ ރައްކާތެރި ކުރެއްވީހެވެ."
ތެދުވެރި އީމާން ކަމާއި އެކު އައްޔޫބްގެފާނު ވިދާޅުވިއެވެ: " ﷲ ތިމަންގެ އަތުން ނެންގެވި ތަކެތި މިލްވެގެންވަނީ އެ އިލާހަށެވެ. އަހަރެންވީ ހަމައެކަނި އެއްޗެހީގެ ވަގުތީ ބެލެހެއްޓުން ތެރިއަކުކަމުގަ އެވެ. އެއިލާހު އިރާދަކުރެއްވި މީހަކަށް އެއިލާހު ދެއްވައެ އަދި އިރާދަކުރެއްވި މީހެއްގެ އަތުން ނަންގަވައެވެ." މިބަސްތަކާއި އަނެއްކާވެސް އައްޔޫބްގެފާނު އެކަލާގެފާނުގެ ވެރި އިލާހަށް ސަޖިދަކުރިއެވެ. (ނުނިމޭ)
މަސްދަރު: قصص الأنبياء
v furiham liyumen, shuaib brother.. nunimi oiy bayah inthizaaru kuran
އަނެއްބައި އަންނާނީ ކޮންއިރަކުން ތޯ؟ވަރަށް ފުރިހަމަ ލިޔުމެއް…..
އަނެއްބައި އަންނާނީ ކޮންއިރަކުން ތޯ؟ވަރަށް ފުރިހަމަ ލިޔުމެއް
ވަރަށް އަވަހައް ނުނިމިވާ ބައި ކިޔާލެވޭނެ ކަމަށް އުންމީދު ކުރަން.