އަރަބިދުނިޔެ ޞިހްޔޫނީ ލަޝްކަރުން ޣައްޒާ އަށް ދެމުންގެންދާ ހަމަލާތަކުގައި މިހާތަނަށް 18 މީހުން ޝަހީދުވެ 30 އަށްވުރެ ގިނަ މީހުން ޒަޚަމްވެއްޖެ.

ޞިހްޔޫނީ ލަޝްކަރުން ޣައްޒާ އަށް ދެމުންގެންދާ ހަމަލާތަކުގައި މިހާތަނަށް 18 މީހުން ޝަހީދުވެ 30 އަށްވުރެ ގިނަ މީހުން ޒަޚަމްވެއްޖެ.

ޞިހްޔޫނީ ލަޝްކަރުން ޣައްޒާ އަށް ދެމުންގެންދާ ހަމަލާތަކުގައި މިހާތަނަށް 18 މީހުން ޝަހީދުވެ 30 އަށްވުރެ ގިނަ މީހުން ޒަޚަމްވެއްޖެ.

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ޝަހީދުންގެ ޖަނާޒާއަށް އަމާޒުކޮށް އިޒްރޭލުން ދިން ހަމަލާގައި ޒަޚަމްވި މީހަކު ގެންދަނީ

ޞިހްޔޫނީ ދައުލަތުގެ އިސްތުޢުމާރީ ލަޝްކަރުން ފަލަސްޠީނުގެ ޙިޞާރުކުރެވިފައިވާ ޣައްޒާ ސިޓީ އަށް މިހާރު ދެމުންގެންދާ ޓެރަރިސްޓު ހަމަލާތަކުގައި މިހާތަނަށް އައިއިރު 18 މީހުން ޝަހީދުވެ 30 އަށްވުރެ ގިނަ މީހުން ޒަޚަމްވެއްޖެއެވެ.

މި ހަމަލާތައް ފެށުމުގެ ގޮތުން ހުކުރުދުވަހުގެ ހަވީރުގެ ވަގުތުގައި ޞިހްޔޫނީ ލަޝްކަރުން އެންމެ ފުރަތަމަ ހަމަލަަދިފައިވަނީ ޣައްޒާ ސިޓީީގެ މެދުތެރެއިން ދުއްވާފައި ދިޔަ ފަލަސްޠީނުގެ ޖަމާޢަތެއްކަމުގައިވާ ޕޮޕިޔުލާ ރެސިސްޓެންޓް ކޮމިޓީގެ ސެކެޓްރީޖެނެރަލް ޒުހައިރު އަލްޤައިސީ ގެ ކާރުކޮޅަށެވެ. މި ހަމަލާގައި އަލްޤައިސީ އާއި އޭނާގެ އެކުވެރިޔަކު ވަނީ ޝަހީދުވެފައެވެ. އެއަށް ފަހު ޞިހްޔޫނީ ލަޝްކަރުން ވަނީ ޣައްޒާގެ އެތަން މިތަނަށް  ވައިގެ މަގުންނާއި އެއްގަމު މަގުން އެތައް ހަމަލާއެއް ދީފައެވެ.

މިގޮތުން ހޮނިހިރު ދުވަހު ޣައްޒާގެ ތަފާތު އަމާޒުތަކަށް އެފް-16 ގެ ބޯޓުތަކުންނާއި ޕައިލެޓަކާނުލާ އުދުހޭ ޑްރޯން ބޭނުންކޮށްގެން ވަނީ ބޮންއަޅާފައެވެ. އޭގެ ނަތީޖާއެއްގެ ގޮތުން 3 މީހުން ޝަހީދުވެ 10 މީހުން ވަނީ ޒަޚަމްވެފައެވެ.

އަނެއްކޮޅުން ހުކުރު ދުވަހާއި ހޮނިހިރު ދުވަހުގެ ހަމަލާތަކުގައި ޝަހީދުވި މީހުންގެ ޖަނާޒާއަށް އަމާޒުކޮށްވެސް ޞިހްޔޫނީ ލަޝްކަރުން ވަނީ ބޮން އަޅާފައެވެ. މިހަމަލާގައި ޖަނާޒާއަށް ޙާޟިރުވެ ތިބި މިހުންގެ ތެރެއިން ހަތަރު މީހަކު ވަނީ ޒަޚަމްވެފައެވެ.

ޞިހްޔޫނީ ލަޝްކަރުގެ ޓެރަރިސްޓް ހަމަލާތަކުގެ ރައްދުގައި ޣައްޒާގައި ހަރާކާތްތެރިވާ މުޖާހިދުންވެސް ވަނީ އިޒްރޭލުގެ އަމާޒުތަކަށް  ރޮކެޓް ހަމަލާތަކެއް ފޮނުވާލާފައެވެ. އޭގެ ސަބަބުން 3 މީހަކު ޒަޚަމްވެފައިވާކަމަށް ޚަބަރުލިބެއެވެ.

ޓެގް

ޣައްޒާ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.