ރާއްޖޭގެ ޚަބަރު ޝެއިހް ފަރީދުގެ ދަރުހަށް ހުރަސްތަކެއް ކުރިމަތިވެއްޖެ

ޝެއިހް ފަރީދުގެ ދަރުހަށް ހުރަސްތަކެއް ކުރިމަތިވެއްޖެ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ލިޔުނީ: އަލީ އަހްސަން

ޝެއިހް ފަރީދުގެ ދަރުހަށް ހުރަސްތަކެއް ކުރިމަތިވެއްޖެއެވެ.

މިމަހުގެ 27 ވަނަ ދުވަހުގައި އިސްލާމިކް ފައުންޑޭޝަންއިން ބާއްވަން ހަމަޖެހިފައިވާ ދަރުސްއަށް ހުރަސްތަކެއް ކުރިމަތިވަމުން އަންނަކަމަށް އެޖަމިއްޔާއިން ހާމަކޮށްފިއެވެ. އިސްލާމިކް ފައުންޑޭޝަންގެ ފަރާތުން ވާހަކަ ދައްކަވަމުން އެޖަމިއްޔާގެ އަލީ ސައީދު ދިއިސްލާމްއަށް ހާމަކުރެއްވިގޮތުގައި "ދަރުސްގެ އިޝްތިހާރުތައް މަގުމަތީ ދެމުމަށް މުނިސިޕަލްޓީއިން ހުއްދަ ނުދިންކަމަށާއި އެމްއެންބީސީ ވަން އިން ދަރުސް ދެއްކޭނެގޮތްވެސް ނުވި"ކަމަށެވެ.

"ދަރުސްގެ އިޝްތިހާރު ބެނާގެ ލިޔުންކޮޅު ވަނީ ހޯމްއެފެއާރޒްއިން ފާސްކޮށްފައި، މުނިސިޕަލްޓީއިން އެބެނާތައް މަގު ހުރަސްކޮށް ދެމުމަށް ހުއްދައަށް އެދުމުން އެފަދަ ހުއްދައެއް ނުދޭނެކަމަށް މުނިސިޕަލްޓީއިން ވަނީ ބުނެފަ، އެބޭފުޅުން ބުނާގޮތުން އެފަދަ ހުއްދައެއް ނުދެވޭނެ. ދެން އަޅުގަނޑުމެން ދެންނެވިން މިއުޒިކް ޝޯ ތަކަށްވެސް ހުއްދަދެވޭ ނޫންހޭ. ދެން އެބޭފުޅުން ދެންނެވީ އަވަށު އޮފީސްތަކުން ހުއްދަ ހޯދުމަށް ސިޓީލުމަށް، ދެން އަޅުގަނޑުމެން ސިޓީލުމުން އަނގަބަހުން ޖަވާބުދިނީ ހުއްދަނުދެވޭނެކަމަށް." އިސްލާމިކް ފައުންޑޭޝަންގެ އަލީ ސައީދު ދިއިސްލާމްއަށް ހާމަކުރެއްވިއެވެ.

ދަރުސް ލައިވްކުރުމަށް އެމްއެންބީސީ 1 އަށް ހުށައެޅުމުން ދަރުސް ލައިވްކޮށްދެވެން ނެތްކަމަށް ބުނެފައިވާކަމަށްވެސް އިސްލާމިކް ފައުންޑޭޝަން އިން ހާމަކުރެއެވެ. މީގެ ކުރިންވެސް އެޖަމިއްޔާގެ ދަރުސްތައް ލައިވްކުރުމުގައި ދަތިތަކާއި ކުރިމަތިލާންޖެހިފައިވާކަން ފާހަގަކުރެވެއެވެ.

ޓެގް

ދަރުސް ވީޑިއޯ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.