ހޮންޑޫރާސްއަށް ވިއްސާރަވެ ބޮޑެތި ގެއްލުންތަކެއް ލިބެމުން އެބަދޭއެވެ.
ހޮންޑޫރާސްއަށް ކުރަމުންދާ ވިއްސާރައިގާ މިހާތަނަށް 14 މީހުންނަށްވުރެ ގިނައިން މަރުވެފައިވާއިރު 700 އަށް ވުރެ ގިނަ މީހުން ޒަހަމްވެފައިވެއެވެ. އަދި މީގެ އިތުރުން 60 ގެ ހަލާކުވެ 600 އަށްވުރެ ގިނަ މީހުންގެ ގެދޮރު ގެއްލި ބިކަހާލުގައިޖެހިފައިވާކަމަށް ސަރުކާރުން ހާމަކުރެއެވެ. ހަބަރު ލިބޭގޮތުގައި ހޮންޑޫރާސްގެ ސަރުކާރުންދަނީ ރައްޔިތުންނަށް ވެދެވޭނެ އެހީތަށް ބަލަމުންނެވެ.
ހަބަރު ލިބިފައިވާގޮތުގައި ވިއްސާރައިގައި 14 ވެހިކަލެއް ފެންބޮޑުވެ ގެއްލުން ލިބިފައިވާއިރު 7 ބްރިޖަށް ވަނީ ގެއްލުން ލިބިފައެވެ. އެންމެ ބޮޑަށް ފެންބޮޑުވެފައިވާ ސަރަހައްދުތަކުގެ ތެރޭގައި މީހުން ގިނައިން އެއްވެ އުޅޭ މާރުކޭޓް ސަރަހައްދު ހިމެނޭ ކަމަށް ހޮންޑޫރާސްގެ ސަރުކާރާއި ހަވާލާދީ ނޫސްތަކުންބުނެއެވެ.
ހޮންޑޫރާސްއަށް ކުރަމުންދާ ވިއްސާރައިގެ ފެންބޮޑުވެ ޗަކަތަކުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބިފައިވެއެވެ. ބައެއް ގެތައް ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފައިވާއިރު އަނެއް ބައިގެތައް މަރާމާތުކުރަންޖެހޭ މިންވަރަށް ވަނީ ގެއްލުން ލިބިފައެވެ. އަދި މީގެ އިތުރު ބައެއް މަގުތައްވަނީ ފެންބޮޑުވުމުގެ ސަބަބުން ގެއްލުން ލިބިފައެވެ.
ޕާކިސްތާނާއި ޗައިނާއަށްވެސް މިފަދަ ގޮތަކަށް ފެންބޮޑުވެ ބޮޑެތި ގެއްލުންތައް ލިބެމުންނެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...