ދުނިޔެ ޗައިނާ ސަރުކާރުން މިސްކިތެއް ބިމާހަމަކޮށް ސުންނާފަތިކުރުމުގެ ސަބަބުން ހަމަނުޖެހުންއުފެދި 2 މުސްލިމަކު މަރުވެއްޖެ

ޗައިނާ ސަރުކާރުން މިސްކިތެއް ބިމާހަމަކޮށް ސުންނާފަތިކުރުމުގެ ސަބަބުން ހަމަނުޖެހުންއުފެދި 2 މުސްލިމަކު މަރުވެއްޖެ

ޗައިނާ ސަރުކާރުން މިސްކިތެއް ބިމާހަމަކޮށް ސުންނާފަތިކުރުމުގެ ސަބަބުން ހަމަނުޖެހުންއުފެދި 2 މުސްލިމަކު މަރުވެއްޖެ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ޗައިނާ ސަރުކާރުން އެޤައުމުގެ ހުއީ ސަރަހައްދުގައި ހުންނަ މިސްކިތެއް ސުންނާފަތިކޮށް ބިމާ ހަމަކުރުމުގެ ސަބަބުން ފުލުހުންނާއި މުސްލިމުންނާއި ދެމެދު ކުރިމަތިލުންތަކެއްހިނގައި އުފެދުނު ހަމަނުޖެހުމުގައި ދެ މީހަކު މަރުވެ ގިނަ ބަޔަކަށް އެކިވަރުގެ އަނިޔާތަކެއްވެއްޖެއެވެ.

މުސްލިމުން އަޅުކަންކުރަމުންދިޔަ މި މިސްކިތް ބިމާ ހަމަކޮށްލުމުން އެހިސާބުގެ އާންމު މުސްލުމުންނާއި ހަތިޔާރުއެޅި 1000އަކަށް ފުލުހުންނާއި ދެމުދުހިނގި މިހަމަނުޖެހުމުގައި މިހައިތަނަށް ގާތްގަނޑަކަށް ސަތޭކަވަރަކަށް މުސްލިމުން ހައްޔަރުކޮށްފައިވާކަމަށް ޚަބަރުލިބިފައިވެއެވެ.

ހޮންގކޮންގްގައި ހުންނަ އިންފޮރމޭޝަން ސެންޓަރ ފޮރ ހިއުމަންރައިޓްސް އެންޑް ޑިމޮކްރަސީއިން މީޑިއާއަށް މަޢުލޫމާތުދީފައިވާގޮތުގައި ފުލުހުން އެމިސްކިތް ހަލާކޮށްލާފައިވާ އެމިސްކިތަކީ ޤާނޫނާއި ޚިލާފަށް އަޅާފައިވާ މިސްކިތެއްކަމަށް ބުނެއެވެ.

މިކުރިމަތިލުންތަކުގައި ދެމީހަކު މަރުވެފައިވާއިރު 50 އަކަށް މީހުންވަނީ ވަރަށް ބޮޑަށް ޒަހަމްވެފައެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުގައި މުސްލިމުންނާއި ދެކޮޅަށް ފުލުހުންވަނީ ކަރުނަ ގޭހާއި އަދި މުގުރުބުރީގެ އިތުރުން ވަޅިވެސް ބޭނުންކޮށްފައެވެ.

މިހާދިސާއާއި ގުޅިގެން ޗައިނާގެ ނިންގޒިއާ ސަރަހައްދުގެ މުސްލިމުންވަނީ ހުއި ސަރަހައްދުގައި މިސްކިތެއް ބިނާކުރުމަށް ފައިސާގެ އެހީއެއްވެދީފައެވެ.

ޗައިނާގެ ފުލުހުން ބިމާ ހަމަކުރި މިސްކިތަކީ 1987 ވަނަ އަހަރު އަޅާފައިވާ މިސްކިތެއް ކަމަށާއި އަދި މިދިޔަ އަހަރު އެމިސްކިތް އަލުން މަރާމާތުކޮށްފައިވާކަމަށް މަޢުލޫމާތުލިބިފައިވެއެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.