އޭޝިއާ

ނިޔުކުލިޔާ ޕްރޮގުރާމް ހުއްޓާލުމަށް އުތުރު ކޮރެޔާއިން އެއްބަސްވެއްޖެ.

އުތުރު ކޮރެޔާއިން ޒަމާންތަކެއް ވާންދެން ކުރިޔަށް ގެންދަމުން އައި ނިޔުކުލިޔާ ޕްރޮގުރާމްތައް ހުއްޓާލުމަށް އެ ޤައުމުން އެއްބަސްވެއްޖެއެވެ. ޙަބަރު ލިބޭ ގޮތުގައި ޕްރޮގުރާމް ހުއްޓާލުމަށް އުތުރު ކޮރެޔާއިން އެއްބަސްވެފައި މިވަނީ، ބެއިޖިންގައި، އުތުރުކޮރެޔާއާއި، އެމެރިކާގެ އޮފިޝަލުންނާ ދެމެދު ކުރިޔަށް ގެންދެވުނު ބައްދަލުވުންތަކަކަށް ފަހުގައެވެ.

އުތުރުކޮރެޔާއިން ނިޔުކުލިޔާ ޕްރޮގްރާމް ހުއްޓާލަން އެއްބަސްވެފައި ވަނީ އޭގެ ބަދަލުގައި، އެމެރިކާއިން އުތުރުކޮރެާއަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އެއްބަސްވުމުންނެވެ. މިގޮތުން އެމެރިކާއިން ވަނީ ވަކި އަދަދަކަށް ކާބޯތަކެތި އުތުރު ކޮރެޔާއަށް ހިލޭ ފޯރުކޮށްދޭން އެއްބަސްވެފައެވެ.

އެމެރިކާއިން ދެމުން ދިޔަ އިންޒާރުތަކަށް އެއްވެސް ފަރުވާލެއް ނެތި ނިޔުކުލިޔާ ޕްރޮގުރާމްތައް އުތުރު ކޮރެޔާއިން މީގެ ކުރިން ގެންދިޔަނަމަވެސް، ޑިސެމްބަރ މަހު، ކިމް ޖޮންގް އިލް އަވަހާރަވި ހިސާބުން އުތުރު ކޮރެޔާގެ ސިޔާސަތުތަކަށް އަންނަނީ ކޮންމެވެސް ވަރެއްގެ ބަދަލަުތަކެއް އަންނަމުންނެވެ. ބައްޕާފުޅު އަވަހާރަވުމާއެކު، ކޮރެޔާގެ ވެރިކަމާ ހަވާލުވެވަޑައިގެންފައިވަނީ، ކިމް ޖޮންގް އިލް ގެ ދަރިކަލުން ކިމް ޖޮންގް އުން އެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *

More in އޭޝިއާ