ސުވާލު:
މިދޭތެރެއިން ކުރިއަށްދިޔަ 2 މުޒާހަރާއެއްގައި ނަމާދު ވަގުތު ޖެހުމުން މޫދުން ވުޟޫކޮށްގެން ނަމާދުކުރާ މަންޒަރު ފެނިގެން ދިޔައެވެ. މިކަމާއި ކަންބޮޑުވުން ފާޅުކޮށް މޫދުން ވުޟޫކުރުމާއި މައިދާންތަކުގައި ނަމާދުކުރާތަން ފެނުމުން ބައެއް މީހުން ބިރުން އުޅުނުކަމަށްވެއެވެ. އަޅުގަނޑުގެ ސުވާލަކީ އެމީހުން އެބިރުގަންނަނީ ކީއްވެގެންތޯއެވެ؟
ޖަވާބު:
الحمد لله، والصلاة والسلام على نبينا محمد وعلى آله وصحبه وسلم وبعد
ތިޔަ ސުވާލުގައި ދެބަޔެއް ހިމެނިގެންވެއެވެ. އެއީ:
• މޫދު ލޮނުން ވުޟޫ ކުރެވިދާނެތޯ؟
• މުސްލިމުން މޫދު ލޮނުން ވުޟޫކޮށްގެން ނަމާދު ކުރާތަން ފެނުމުން ބަޔަކު މީހުން ބިރުގަންނަނީ ކީއްވެގެންތޯ؟
ފުރަތަމަ ބައި: މޫދު ލޮނުން ވުޟޫ ކުރުމުގެ ޙުކުމް:
މޫދު ލޮނުން ވުޟޫ ކުރުމަކީ އެންމެ ރަގަޅު ކަމެކެވެ. މޫދު ލޮނުން ވުޟޫ ކުރިޔަސްވެސް ވުޟޫ ޞައްޙަވާނެއެވެ. މޫދު ލޮނުން ވުޟޫ ކުރުމާއި ބެހޭ ގޮތުން ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އާއި ސުވާލު ކުރެވުމުން ޙަދީޘް ކުރެއްވިއެވެ. (هُوَ الطَّهُورُ مَاؤُهُ ، الْحِلُّ مَيْتَتُهُ) މާނައަކީ: "މޫދުގެ ލޮނުގަނޑަކީ ޠާހިރު އެއްޗެކެވެ. މޫދުގައި މަރުވެފައިވާ އެއްޗިއްސަކީ ޙަލާލު ތަކެއްޗެވެ."
ދެވަނަ ބައި: މުސްލިމުން މޫދު ލޮނުން ވުޟޫކޮށްގެން ނަމާދު ކުރާތަން ފެނުމުން ބަޔަކު މީހުން ބިރުގަންނަނީ ކީއްވެގެންތޯ؟
މުސްލިމުންގެ މެދުގައި އޮންނަ އެކުވެރި ކަމާއި އެއްބައިވަންތަކަން ފެނުނީމާ ދީނުގެ ޢަދާވާތްތެރިން މޭކަރައިގަތުމަކީ އާ ކަމެއް ނޫނެވެ. ޒަމާނުއްސުރެ ކަންހިނގަމުން އަންނަ ގޮތަކީ އެއީ އެވެ. ޙަގީގީ މުސްލިމުންގެ ޞިފަތައް ބަޔާން ކުރައްވާ މާތް ﷲ ކީރިތި ގުރްއާނުގެ މުޙައްމަދު ސޫރަތުގެ 29 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ. (مُّحَمَّدٌ رَّسُولُ اللَّـهِ ۚ وَالَّذِينَ مَعَهُ أَشِدَّاءُ عَلَى الْكُفَّارِ رُحَمَاءُ بَيْنَهُمْ ۖ تَرَاهُمْ رُكَّعًا سُجَّدًا يَبْتَغُونَ فَضْلًا مِّنَ اللَّـهِ وَرِضْوَانًا ۖ سِيمَاهُمْ فِي وُجُوهِهِم مِّنْ أَثَرِ السُّجُودِ ۚ ذَٰلِكَ مَثَلُهُمْ فِي التَّوْرَاةِ ۚ وَمَثَلُهُمْ فِي الْإِنجِيلِ كَزَرْعٍ أَخْرَجَ شَطْأَهُ فَآزَرَهُ فَاسْتَغْلَظَ فَاسْتَوَىٰ عَلَىٰ سُوقِهِ يُعْجِبُ الزُّرَّاعَ لِيَغِيظَ بِهِمُ الْكُفَّارَ ۗ وَعَدَ اللَّـهُ الَّذِينَ آمَنُوا وَعَمِلُوا الصَّالِحَاتِ مِنْهُم مَّغْفِرَةً وَأَجْرًا عَظِيمًا ﴿٢٩﴾) މާނައަކީ: " محمد ގެފާނީ، اللَّه ގެ رسول އާއެވެ. އަދި އެކަލޭގެފާނުގެ އަރިހުގައިވާ މީހުންނީ، كافر ންގެ މައްޗަށް ގަދަފަދަވެގެންވާ ބަޔެކެވެ. އެއުރެންގެ މެދުގައި، އޯގާވެރި رحمة ތެރިބަޔެކެވެ. اللَّه ގެ حضرة ން فضل ވަންތަވެރިކަމާއި، ރުއްސެވުން އެދޭ حال، ركوع ކޮށް سجدة ކޮށްއުޅޭ ބަޔަކުކަމުގައި، ކަލޭގެފާނު އެއުރެން ދެކެވަޑައިގަންނަވާނޫއެވެ. سجدة ގެ أثر ން، އެއުރެންގެ علامة އެއުރެންގެ މޫނުތަކުގައިވެއެވެ. އެއީ توراة ގައިވާ، އެއުރެންގެ مثال އެވެ. އަދި إنجيل ގައިވާ، އެއުރެންގެ مثال އޭގެ ކުދިނިރުތައް ފަޅުވާފައިވާ ގޮވާމެއްފަދައެވެ. ދެން އެ ގޮވާންގަސްތަކަށް ގަދަކަންދިނެވެ. ދެން އެ ގޮވާންގަސްތައް ފަލަވެ، އޭގެތަނޑުތަކުގެ މައްޗަށް ސީދާވެ ހެދެމުންދެއެވެ. ގޮވާންކުރާ ދަނޑުވެރިން عجائب ކޮށް حيران ކުރުވަމުންނެވެ. އެއުރެންދެކެ، كافر ން ރުޅިއެރުވުމަށްޓަކައެވެ. އެއުރެންގެ ތެރެއިން إيمان ވެ صالح عمل ތައް ކުޅަމީހުންނަށް ފާފަފުއްސެވުމަކާއި، ބޮޑުވެގެންވާ ދަރުމައެއް ދެއްވުމަށް اللَّه وعد ކުރައްވާފައިވެއެވެ."
އިނގިރޭސި ލަޝްކަރުގެ ކޮމާންޑަރަކަށް ހުރި ޖާލާސްޓޯން އޭ ކިޔުނު މީހަކު އޭނާގެ ލަޝްކަރުގެ ބައިވެރިންނާ ބައްދަލުކޮށް ވިދާޅުވިއެވެ. "މުސްލިމުންގެ ހިތްތަކުން މުޞްޙަފް ވީދާލައިގެން މެނުވީ އެބައިމީހުންގެ މައްޗަށް ނަޞްރެއް ނުލިބޭނެއެވެ. އެބައިމީހުން ޖަމާޢަތުގައި ނަމާދު ކުރުވުމުން ދުރުހެލި ކުރުވުމުގައި އަހަރުމެންނަށް ކާމިޔާބު ލިބިއްޖެއެވެ." މިއިން ދޭހަވަނީ މުސްލިމުން ނަމާދު ކުރާތަން ފެނުމުން ޢަދާވާތްތެރިން ބިރުގަންނަ މިންވަރެވެ.
ވީމާ، ޢަދާވާތްތެރިން ލަވާ ހަޅޭކަކަށް ބެލުމެއް ނެތި މުސްލިމުން އެބައިމީހުންގެ ކަލާންގެ ޙަޟްރަތަށް އަދާ ކުރަން ޖެހޭ އަޅުކަންތައް ފުރިހަމަ އަށް އަޅުކަން ކުރަމުން ގެންދާށެވެ. އެބައިމީހުންނަށް ބުނެލަން އޮތީ (مُوتُوا بِغَيْظِكُمْ ۗ إِنَّ اللَّـهَ عَلِيمٌ بِذَاتِ الصُّدُورِ) ސޫރަތު އާލުޢިމްރާން 119، މާނައަކީ: " ތިޔަބައިމީހުން ރުޅިއައިސްގެން މަރުވާށެވެ! ހަމަކަށަވަރުން، اللَّه އީ، ހިތްތަކުގައިވާހާ ކަމެއް މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ." والله أعلم

















ދިވެހިރާއްޖޭގެ އެއްގަމާއި ކަންޑާއި، ޖައްވަކީ އަހަރުމެން ނަމާދުކުރާ ނަމާދުގެ، އެހންކަމުން ދިވެހިރާއްޖޭގެ ކޮންމެ ތަނެއްގައި ނަމާދު ކުރެވިދާނެ އެތަނަކީ ތާހިރު ތަނެއްކަމުގައިވާނަމަ،!