ދުނިޔޭގެ އެންމެ ކުރުމީހާގެ ގޮތުގައި ނޭޕާލުގެ ޗަންދުރާ ބަހާދޫރު ދަންގި ގިނެސް ވޯލްޑު ރިކޯޑު ފޮތައް އަރައިފިއެވެ. އުމުރަން 72 އަހަރުގެ ޗަންދުރާގެ އިސްކޮޅުގައި 54.6 ސެންޓިމީޓަރ ހުރެއެވެ. އެއީ 6 ބޭކަޑު ބީންސް ދަޅާއި އެއްވަރުގެ އިސްކޮޅެކެވެ.
އެނާ ދިރިއުޅެނީ ނޭޕާލުގެ ވެރިރަށް ކަތަމަންޑުގެ ހުޅަނގު ދެކުން 540 ކިލޯމީޓަރ ދުރުގައިވާ ރީމްހޮލި ކިޔާ އަވަށެއްގައެވެ. ބަރުދަނުގައި 14.5 ކިލޯ ހުންނަ ޗަންދުރާ ދުވަހަކުވެސް ޑޮކްޓަރަކަށް ދަކައިފައިނުވެއެވެ. އަދި ބޭހެއްވެސް ބޭނުކޮށްފައި ނުވާކަމަށާއި ހަށިގަނޑުގެ އެއްވެސް ތަޙްލީލެއް ކޮށްފައި ނުވާކަމަށް އޭނާ މައުލޫމަތު ދިނެވެ.
ޗަންދުރާއަކީ ހީވާގި މުރާލި މީހެކެވެ. އެނާގެ ގިނަ ވަގުތު ހޭދަ ކުރަނީ މަސައްކަތުގައެވެ، އެގޮތުން ކުނާ ވިނުމާއި ބޮލުގައި ބަރު ތަކެތި އުފުއްލާ މީހުންނަށް ހާއްސަ ކޮށްގެން ހަދާ ތާކިހާ ވެސް ހަދާ ކަމުގައި އޭނާ ހާމަ ކުރިއެވެ. ގިނިސް ވޯލްޑު ރިކޯޑު ފޮތުގައި ލިޔެފައިވާ ގޮތުގައި އޭނާގެ އެންމެ ބޮޑު އުންމީދަކީ މުޅި ދުނިޔެއަށް މަޝްހޫރު މީހަކަށް ވުންކަމުގައި ލިޔެފައިވެއެވެ.


ކޮމެންޓް (0)
ލޯޑް ކުރަމުން...