އޭޝިއާ އުސާމާ ބިން ލާދިން އަވަހާރަ ކޮށްލެވުނުކަމަށް ބުނާ ގެ މޮނިއުމެންޓަކަށް ހަދާފާނެތީ އެގެ ހަލާކުކޮށްލަނީ

އުސާމާ ބިން ލާދިން އަވަހާރަ ކޮށްލެވުނުކަމަށް ބުނާ ގެ މޮނިއުމެންޓަކަށް ހަދާފާނެތީ އެގެ ހަލާކުކޮށްލަނީ

އުސާމާ ބިން ލާދިން އަވަހާރަ ކޮށްލެވުނުކަމަށް ބުނާ ގެ މޮނިއުމެންޓަކަށް ހަދާފާނެތީ އެގެ ހަލާކުކޮށްލަނީ

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ޕާކިސްތާނުގެ އެބޮޓްއާބާދު ސިޓީގައި ހުންނަ، އެމެރިކާ ސިފައިން އުސާމާ ބިން ލާދިން އަވަހާރަ ކޮށްލިކަމަށް ބުނާ ގެ "މޮނިއުމެންޓް"އަކަށް ހަދާފާނެތީ ޕާކިސްތާނުގެ ސިފައިން އެގެ ހަލާކުކުރަންފަށައިފިއެވެ.

"އުސާމާ ދިރިއުޅުއްވިގެ މިހާރު ހަލާކުކުރަން ފަށައިފިން. މިއީ ފުލުހުންނާއި ސިފައިން ގުޅިގެން ހިންގަމުން އަންނަ އޮޕަރޭޝަންއެއް،" އެބޮޓްއާބާދުގެ ފުލުހުންގެ އިސް އޮފިޝަލަކު ރޮއިޓާސް އަށް މަޢުލޫމާތުދެއްވަމުން ވިދާޅުވެފައިވެއެވެ.

އެބިލްޑިންގެ މަތީ ބުރިއާއި ވަށައިގެން ރާނާފައިހުރި ފާރު މިހާރުވަނީ އެއްކޮށް ބިމާ ހަމަކޮށްލާފައިކަމަށް އޭނާ ހާމަކުރެއްވިއެވެ.

އުސާމާ ބިން ލާދިން އުޅުއްވިކަމަށް ބުނާ މިގެ ހަލާކުކުރަން ނިންމާފައިވަނީ ކޮން ސަބަބަކާހުރެ ކަމަށް ފުލުހުން ބުނެފައި ނުވިނަމަވެސް، ގިނަ ސިޔާސީ ތަޖުރިބާކާރުން ބުނާ ގޮތުގައި ޕާކިސްތާނު ސަރުކާރުން މިފަދައިން ނިންމާފައިވަނީ އުސާމާއަށް ތާޢީދުކުރާ މީހުން އެގެއަކީ މޮނިއުމެންޓަކަށް ނުވަތަ މުޤައްދަސް ތަނަކަށް ހަދާފާނެތީއެވެ.

އެމެރިކާއިން އުސާމާ ބިން ލާދިން އަވަހާރަކޮށްލާފައިވާކަމަށް އެމެރިކާއިން ބުނަނީ އެބޮޓްއާބާދުގައި ހުންނަ ގެއެއްގައި ކަމަށްވިއަސް ދުނިޔޭގައި ހިނގަމުން އަންނަ މިފަދަ ކަންކަން ދިރާސާކުރާ ތަޖުރިބާކާރުން ބުނާގޮތުގައި އެމެރިކާގެ މިވާހަކައިގައި ސުވާލު އުފެދޭ ވަރަށް ގިނަ ކަންކަން އެބަހުއްޓެވެ.

މިގޮތުން، އީރާނުގެ ޖާސޫސީ އިދާރާގެ ވެރިޔާ ހައިދަރު މޮސްލިހީ ހާމަކޮށްފައިވާގޮތުގައި އެމެރިކާއިން އުސާމާ ބިން ލާދިން އަވަހާރަކޮށްލިކަމަށް ބުނި ނަމަވެސް އެއީ ދޮގެއް ކަމަށާއި، އުސާމާ ވަނީ މާކުރިން އަވަހާރަވެފައިކަމަށެވެ.

އެމެރިކާގެ އޮފިޝަލަކު ހާމަކޮށްފައިވާގޮތުގައި އުސާމާ ބިން ލާދިންގެ ހަށިގަނޑުވަނީ ކަނޑުފައްތާލާފައެވެ. އަދި އޭނާ ބުނެފައިވާގޮތުގައި އޭނާ އަވަހަށް ކަނޑު ފެއްތީ އިސްލާމް ދީނުގައިވެސް މީހަކު މުރަވާތާ 24 ގަޑި އިރުތެރޭ އެފަދައިން އަމަލުކުރުމަށް އޮންނާތީކަމަށެވެ.

އެމެރިކާއިން މިހެން ހާމަކުރި ނަމަވެސް އިސްލާމްދީނުގައި އެއްގަމުގައި މަރުވާ މީހަކު ކަނޑު ފެއްތުމަށް، ނުވަތަ މީހަކު މަރުވުމަށްފަހު 24 ގަޑި އިރު ތެރޭ ވަޅު ލުމަށް ނޯންނަކަމަށް، އެމެރިކާއިން ފަތުރާ ޚަބަރު ދޮގުކުރާ ފަރާތްތަކުންވެސް ދަނީ ބުނަމުންނެވެ. އަދި 2003 ވަނަ އަހަރު ޞައްދާމު ޙުސެއިން އަތުލައިގަތުމުން ވަގުތުން މީޑީއާގައި ވީޑިއޯއާ އެކު އެ ޚަބަރު ޢާންމު ކުރިގޮތަށް އުސާމާ އަވަހާރަކޮށްލި މަންޒަރު ނުދެއްކީ ކީއްވެތޯވެސް ދަނީ ގިނަ ބަޔަކު ވަނީ ސުވާލުކޮށްފައެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.