ރީތިރަށް ރިޒޯޓްގައި ދީނީ ދަރުސްއެއް ބާއްވައިފިއެވެ.
ދިއިސްލާމްއަށް ހަބަރު ލިބިފައިވާގޮތުގައި މިދަރުސްއަކީ އިސްލާމިކް ފައުންޑޭޝަން އޮފް މޯލްޑިވްސް އާއި ރީތިރަށް ރިޒޯޓްގެ އެޗްއާރ އާއި ގުޅިގެން އިންތިޒާމްކޮށްގެން ބޭއްވި ދަރުސްއެކެވެ. ރީތި ރަށް ރިޒޯޓުގެ މިސްކިތުގައި ބޭއްވި މިދަރުސްއަށް އެރިޒޯޓްގެ 200 މުވައްޒިފުން ހާޒިރުވެފައިވާކަމަށާއި އެރިޒޯޓުން ވަރަށް ބޮޑު ތަރުހީބެއް މިދަރުސްއަށް ލިބިފައިވާކަމަށް ހަބަރު ލިބެއެވެ.
މިދިޔަ ހުކުރު ދުވަހުގެ އަސްރު ނަމާދަށްފަހު ޝެއިހް އަހުމަދު ނިޒާމް ދެއްވި މިދަރުސްގައި އަލިއަޅުވާލާފައިވަނީ "ތައުބާ" މިމައުޟޫއަށެވެ. މިދަރުސްއަށްފަހު އިސްލާމިކް ފައުންޑޭޝަން އިން ރޯދަމަހާއި ގުޅޭ ލީފްލެޓްއެއް ވަނީ ބަހާފައެވެ. އަދި އެރިޒޯޓްގެ މެނޭޖްމަންޓްއަށް އެޖަމިއްޔާއިން ކުރިން ބާއްވާފައިވާ ދަރުސްތަކުގެ ވީޑިއޯ ރެކޯޑިންވަނީ ހަދިޔާކޮށްފައެވެ.
ފަހަކަށް އައިސް މީގެ ކުރިން ނުބާއްވާ ތަންތަނުގައި ދަނީ ދަރުސްތައް އިންތިޒާމްކޮށް ބާއްވަމުންނެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...