އޭޝިއާ ޕާކިސްތާނުގައި ފެންބޮޑުވުމުގެ ސަބަބުން ބަލިމަޑުކަން އިތުރުވަނީ

ޕާކިސްތާނުގައި ފެންބޮޑުވުމުގެ ސަބަބުން ބަލިމަޑުކަން އިތުރުވަނީ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ލިޔުނީ: އަލީ އަހްސަން

ޕާކިސްތާނުގައި ފެންބޮޑުވުމުގެ ސަބަބުން ބަލިމަޑުކަން އިތުރުވެ އިތުރު ބަޔަކު މަރުވެދާނެކަމުގެ އިންޒާރު އެހީދޭ ޖަމާއަތްތަކުން ދީފިއެވެ.

މެދުނުކެނޑި ޕާކިސްތާނަށް ދެ ހަފްތާ ވަންދެން ވާރޭ ވެހުމަށްފަހު އަނެއްކާވެސް ވާރޭ ވެހި އިތުރު ބަލިމަޑުކަން ފެތުރިދޭކަން ކަމާބެހޭ ފަރާތްތަކުން އަންގާފައިވާއިރު މިހާރު ޕާކިސްތާނުގެ އެކި ސަރަހައްދުތަކުގައި ތަފާތު ބަލިތައް ވަނީ ފެތުރިފައެވެ. ހާލުގައި ޖެހިފައިވާ އެތައް މިލިއަން މީހުންނަކަށް ކާބޯތަކެތި ލިބުން ދަތިވެފައިވާއިރު އިތުރު މުސީބާތެއް ކުރިމަތިވުމުން ޕާކިސްތާނުގެ ރައްޔިތުން އިތުރަށް ބިކަ ވެފައިވާކަމަށް އެމީހުން ދަނީ ބުނަމުންނެވެ.

ޕާކިސްތާނުގައި ހާލުގައި ޖެހިފައިވާ މީހުންގެ ތެރެއިން މިހާތަނަށް 36 ހާސް މީހުންނަށް ބޭރަށް ހިންގުމުގެ ރޯގާ ޖެހިފައިވާ އދ ގެ ރިޕޯޓްތަކުން ބުނެއެވެ. އަދި މީގެ އިތުރު ކޮލެރާ ޖެހިފައިވާ އެކަކު ފެނިފައިވާ ކަމަށާއި ކޮލެރާ ފެތުރިދާނެކަމުގެ ބިރުވެސް އެބައޮތްކަމަށް ކަމާއިބެހޭ ފަރާތްތަކުން ދަނީ ބުނަމުންނެވެ.

އެހީދޭ ޖަމާއަތްތަކުން ހާމަކުރާ ބަލިމަޑުވުމުން ފެތުރުމުގެ ސަބަބުން މަރުވާ މީހުންގެ އަދަދު އިތުރުވެގެން ހިނގައިދާނެކަމަށް ބެލެވޭކަމަށެވެ.

ޓެގް

ޕާކިސްތާން

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.