ރާއްޖޭގެ ޚަބަރު ޑރ ވަހީދަކީ ޚުލްޤް ރަނގަޅު ބޭފުޅެއް : އިސްލާމިކް މިނިސްޓަރ ޝައިޚް ޝަހީމް

ޑރ ވަހީދަކީ ޚުލްޤް ރަނގަޅު ބޭފުޅެއް : އިސްލާމިކް މިނިސްޓަރ ޝައިޚް ޝަހީމް

ޑރ ވަހީދަކީ ޚުލްޤް ރަނގަޅު ބޭފުޅެއް : އިސްލާމިކް މިނިސްޓަރ ޝައިޚް ޝަހީމް

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ޝައިޚް ޝަހީމު | ދިއިސްލާމް ފޮޓޯ: އަޝްވާޤް

ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ ޑރ މުހައްމަދު ވަހީދަކީ ސަރުކާރުގެ ކަންކަން އަބަދުވެސް  ވަރަށް ގާތުން ބައްލަވަމުންގެންދަވާ ވަރަށް ޑިޕޮލޮމެޓިކް، ޚުލްޤް ރަނގަޅު ބޭފުޅެއް ކަމަށް އިސްލާމިކް މިނިސްޓަރ ޝެއިޚް މުހައްމަދު ޝަހީމު އަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

މީގެއިތުރުން އިސްލާމިކް މިނިސްޓަރ ވިދާޅުވީ  މިސަރުކާރަކީ ޤާނޫނުގެ ބަނޑުން އުފަންވެފައިވާ ޤާނޫނީ ސަރުކާރެއް ކަމަށާއި  ސަރުކާރު ބަދަލުވުމުގެ ކަންކަން ހިނގައި ދިއައީ ރާއްޖޭގައި ނެތިކަމުން އަމިއްލަފުޅަށް މަންޒަރުތައް ދެކެވަޑައިގެންފައި ނުވާކަމަށެވެ.

 “އަޅުގަނޑު ދަންނަވާނީ އެހެން ފަރާތަކުން ސަރުކާރު ބަދަލުވުމުގައި އެހެންގޮތަކަށް ނިޔާއެއް ކަނޑަނާޅާހައި ހިނދަކު މިއީ ޤާނޫނީ ސަރުކާރެއް ކަމަށް. އެފަދަ ގޮތަކަށް[ ޤާނޫނީ ސަރުކާރެއް ނޫންކަމަށް] ކަނޑައަޅައިފިނަމަ ސަރުކާރުން ފުރަތަމަ އިސްތިއުފާދޭނީ އަޅުގަނޑު.”" މިނަސްޓަރ ވިދާޅުވިއެވެ.

ޝައިޚް ޝަހީމު މިގޮތަށް ވާހަކަދައްކާވާފައި މިވަނީ އެމްޑީޕީގެ އެކްޓިވިސްޓުންނާއި އެ ޕާޓީގެ ބައެއް އިސްވެރިން ޑރ ވަހީދަކީ ބާޣީއެއްކަމަށާއި މި ސަރުކާރަކީ ބާޣީ ސަރުކާރެއްކަމަށް ތުހުމަތު ކުރަމުންދާ ދަނޑިވަޅެއްގައެވެ.

ޓެގް

އިސްލާމިކް މިނސްޓަރ ޝަހީމު ޑރ ވަހީދު ޝައިޚް ރައީސް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.