ރާއްޖޭގެ ޚަބަރު އެމްޑީޕީ ގެ މުޒާހަރާގައި ވާހަކަ ދެއްކުމުން ވިލާ ހައި ސުކޫލުގެ ކެޕްޓަނާމެދު ފިޔަވަޅު އަޅަނީ

އެމްޑީޕީ ގެ މުޒާހަރާގައި ވާހަކަ ދެއްކުމުން ވިލާ ހައި ސުކޫލުގެ ކެޕްޓަނާމެދު ފިޔަވަޅު އަޅަނީ

އެމްޑީޕީ ގެ މުޒާހަރާގައި ވާހަކަ ދެއްކުމުން ވިލާ ހައި ސުކޫލުގެ ކެޕްޓަނާމެދު ފިޔަވަޅު އަޅަނީ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ވިލާ އިންޓަނޭޝަނަލް ހައި ސްކޫލުގެ ގްރޭޑް 12 ގައި ކިޔަވަމުން އަންނަ ސްކޫލު ކެޕްޓަން، މީކާއީލް އަހުމަދު ނަސީމް | ދިއިސްލާމް ފޮޓޯ: އަބީދު

"އިންސާފުގެ ދަތުރު" ގެ ނަމުގައި އެމްޑީޕީން މިހާރު ކުރަމުންދާ މުޒާހަރާގައި ވާހަކަ ދެއްކި ވިލާ އިންޓަނޭޝަނަލް ހައި ސުކޫލުގެ ކެޕްޓަން ، މީކާއީލް އަހުމަދު ނަސީމާ މެދު ފިޔަވަޅު އެޅުމަށް އެ ވިލާ ހައި ސްކޫލުން ނިންމައިފިއެވެ.

އެ މުޒާހަރާގައި ވާހަކަ ދައްކަމުން މީކާއީލް ވަނީ އެ ސްކޫލުގެ ޗެއާމަން ގާސިމް އިބްރާހިމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.  ގާސިމް އިބްރާހީމަކީ ކަންނެތް ބޭފުޅެއް ކަމަށާއި ސަރުކާރު ވައްޓާލުމަށް ހިންގި ބަޣާވާތަކީ ވިލާ އިންޓަނޭޝަނަލް ހައި ސްކޫލުގެ ދަރިވަރުން ދެކޮޅު ކަމެއް ކަމުގައި އޭނާ ބުންޏެވެ.

ސްކޫލުގެ އޮފިޝަލަކު ވިދާޅުވީ ސްކޫލު ކުދިންގެ އާއްމު ގަވައިދުގައި މަނާކޮށްފައިވާއިރު، ސިޔާސީ ޕާޓީއަކުން ބޭއްވި މުޒާހަރާއެއްގައި ވާހަކަ ދައްކާފައިވާތީ އޭނާއާ މެދު ފިޔަވަޅު އަޅާނެ ކަމަށާއި ނަމަވެސް އަޅާނެ ފިޔަވަޅެއް ނިންމާނީ އެކަމަށް އެކުލަވާލައިފައިވާ ކޮމެޓީއަކުންކަމަށް އޭނާ ވިދާޅުވިއެވެ. އަދި އޭނާ އާ މެދު ފިޔަވަޅު އަޅަނީ ގާސިމާ ދެކޮޅަށް ވާހަކަ ދެއްކުމުން ނޫންކަމަށާއި ސްކޫލު ކުދިންގެ ގަވައިދާ ހިލާފުވުމުންކަމަށެވެ.

ސްކޫލު ކުދިންގެ އާއްމު ގަވައިދުގައިވާ ގޮތުގެ މަތިން ސްކޫލު ކުދިން މުޒާހަރާކޮށް، ހަޅުތާލު ހަދައި އަދި އެފަދަ ކަންކަމުގައި ބައިވެރިވުމަކީ މަނާ ކަމެކެވެ. އަދި އެއްވެސް ސިޔާސީ ޕާޓީއެއްގައި އާއި ޕާޓީތަކުން ހިންގާ ހަރަކާތްތަކުގައި ބައިވެރިވުމަކީ ސްކޫލު ކުދިންނަށް މަނާ ކަމެކެވެ.

ޓެގް

މީކާއީލް އެމްޑީޕީ މުޒާހަރާ ވިލާ ހައި ސްކޫލް އެމްޑީޕީ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.