ގައުމީ އެއްބައިވަންތަކަން ގާއިމުކުރެއްވުމަށްޓަކައި އެކުލަވާލި މަގުޗާޓު ތަންފީޒު ކުރެއްވުމަށްޓަކައި ކުރައްވަންޖެހޭ ކަންތައްތަކާ ބެހޭ ގޮތުން ހުރިހާ ސިޔާސީ ޕާޓީތަކުގެ އިސްބޭފުޅުންނާ ރައީސް ޑރ ވަހީދު މަޝްވަރާކުރައްވައިފިއެވެ.
ރައީސް އޮފީހުގައި އިއްޔެ ބޭއްވި ބައްދަލުވުމުގައި މި މަޝްވަރާތައް ވިލަރެސް ކުރައްވާނެ ބޭފުޅަކު ޢައްޔަން ކުރެއްވުމަށާއި، އެބޭފުޅަކީ، ގަލޮޅު ފުންފެން އަޙްމަދު މުޖުތަބާ ކަމަށް ހަމަޖެއްސެވުމަށް ނިންމާފައިވެއެވެ. އަދި މަޝްވަރާތައް ފެށުމުގެ ކުރިން، އެބޭފުޅާއާ ދޭތެރޭ އެމް.ޑީ.ޕީ ދެކޭގޮތެއް ބެއްލެވުމަށް އެ ޕާޓީއަށް ސިޓީއެއް ފޮނުއްވުމަށްވެސް މިއަދުގެ ބައްދަލުވުމުން ނިންމެވިއެވެ.
އިއްޔެ ބޭއްވެވި ފުރަތަމަ ބައްދަލުވުމަށް އެމް.ޑީ.ޕީ.އަށްވެސް ދަޢުވަތު އެރުވިކަމަށާއި އެހެންނަމަވެސް، އެ ޕާޓީން މި ބައްދަލުވުމުގައި ބައިވެރިވެވަޑައެއްނުގަންނަވާކަމަށް ރައީސް އޮފީހުން ހާމަކުރައްވައެވެ. އަދި ބައިވެރިވެވަޑައިނުގެންނެވި ސަބަބެއްވެސް އަންގަވާފައި ނުވާކަމަށް ރައީސް އޮފީހުން ބުނެއެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...