ރާއްޖޭގެ ޚަބަރު ގައުމު ހިމާޔަތްކުރުމަށްޓަކައި ސިފައިންނާއި ފުލުހުން ކުރަމުންގެންދަނީ މަތިވެރި މަސައްކަތްތަކެއް: ޝައިޚް އިލްޔާސް

ގައުމު ހިމާޔަތްކުރުމަށްޓަކައި ސިފައިންނާއި ފުލުހުން ކުރަމުންގެންދަނީ މަތިވެރި މަސައްކަތްތަކެއް: ޝައިޚް އިލްޔާސް

ގައުމު ހިމާޔަތްކުރުމަށްޓަކައި ސިފައިންނާއި ފުލުހުން ކުރަމުންގެންދަނީ މަތިވެރި މަސައްކަތްތަކެއް: ޝައިޚް އިލްޔާސް

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ޝައިޚް އިލްޔާސް ހުސައިން ކާނިވަލް ސްޓޭޖްގައި ރޭ ދަރުސް ދެއްވަނީ - ފޮޓޯ: އިބްރާހިމް އަޝްވާޤް/ދިއިސްލާމް

ގައުމު ސަލާމަތްކުރުމަށްޓަކައި ސިފައިންނާއި ފުލުހުން ކުރަމުންގެންދަނީ މަތިވެރި މަސައްކަތްތަކެއްކަމަށް އަދާލަތު ޕާޓީގެ އިލްމުވެރިންގެ މަޖިލީހުގެ ރައީސް ޝައިޚް އިލްޔާސް ހުސައިން ވިދާޅުވެއްޖެއެވެ.

 މޯލްޑިވްސް ސޮސައިޓީ ފޯރ އިސްލާމިކް ރިސާޗްގެ ފަރާތުން އިންތިޒާމްކޮށްގެން ރޭ އަލިމަސް ކާނިވަލް ސްޓޭޖްގައި ބޭއްވި ދަރުސް ގައި ވާހަކަދައްކަވަމުން ޝައިޚް ވިދާޅުވީ ގައުމު ސަލާމަތްކުރުމަށްޓަކައި ސިފައިންނާއި ފުލުހުން ކުރަމުންގެންދަނީ މަތިވެރި މަސައްކަތްތަކެއްކަމަށެވެ. އަދި އެކަމުގައި އެހީތެރިވެދޭ އެމީހުންގެ ޢާއިލާތަކުން ފޯރުކޮށްދޭ އެހީތެރިކަމަށް މާތް ﷲ ހެޔޮ ދަރުމަ ދެއްވާނެކަމަށް ވިދާޅުވެ ސިފައިންނާއި ފުލުހުންގެ އާއިލާތަކަށް ހިތްވަރުގެ ބަސްތައް ޝައިޚް ވިދާޅުވިއެވެ.

“އެމީހުންގެ ޤައުމީ ވާޖިބު އަދާކުރުމަށް އެމީހުން ހޭދަކުރަމުންގެންދާ އެއްބައި ވަގުތަކީ އެމީހުންގެ ޢާއިލާ، އަނބިދަރިންނާއެކު ހޭދަކުރަންޖެހޭ ވަގުތު. ވީމާ އެވަގުތު ޤުރުބާންކޮށް ޤައުމީ ޚިދުމަތުގައި އެތިބެވެނީ ޢާއިލާގެ އެއްބާރުލުން ދޭތީ. ވީމާ ޢާއިލާތަކުން ދެމުންގެންދާ އެއްބާރުލުމަށް މާތްﷲ ހެޔޮ ދަރުމަ ދެއްވާނެ." ޝައިޚް އިލްޔާސް ވިދާޅުވިއެވެ.

 ސިފައިންނަކީ ބާޣީންނެއް ނޫންކަމަށާއި އެމީހުންނަށްޓަކައި އަޅުގަނޑުމެން ފަޚުރުވެރިވާކަމަށް ޝައިޚް އިލިޔާސް ވިދާޅުވިއެވެ. އަދި އަނިޔާވެރިވުމަކީ ﷲ އެއިލާހުގެ ޒާތުފުޅަށް ޙަރާމްކުރައްވާފައިވާ ކަމެއް ކަމާއި އެއްބަޔަކު އަނެއް ބަޔަކަށްވެސް ވަނީ އަނިޔާވެރިވުން ހަރާމްކުރައްވާފައިކަމާއި ސިފައިންނާއި ފުލުހުން މީހުންނަށް އަނިޔާވެރިނުވުމަށް ގޮވާލެއްވިއެވެ.

މީގެއިތުރުން ސިފައިންނާއި ފުލުހުންނާއެކު ގައުމު ސަލާމަތްކުރުމަށްޓަކައި ހުރިހާ ރައްޔިތުން ނުކުތުމަށްވެސް ޝައިޚް އިލްޔާސް ގޮވާލެއްވިއެވެ.

ޓެގް

އިލިޔާސް ޝައިޚް އިލިޔާސް ހުސެއިން ގައުމު އަދާލަތުޕާޓީ ފުލުހުން ސިފައިން

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.