ހިލޭސާބަހަށް މަސައްކަތް ކުރުން ނުވަތަ ވޮލެންޓިއަރ ކުރުމަކީ ވަކި ފަރުދުން ނުވަތަ ޖަމާއަތަކުން މުޖުތަމަޢުގެ ހައްގުގައި އެއްވެސް އަގަކާއި ނުލައި ޚިދުމަތް ކޮށްދިނުމެވެ. ދީލަތި ކަމާއި އެކު މުޖުތަމަޢުގެ ހާލަތު ރަނގަޅު ކުރުމަށެވެ. އަމިއްލަ އެދުމަކާއި ނުލައެވެ. ނަމަވެސް ބައެއްފަހަރު އެމީހުންގެ އަމިއްލަ ހުނަރުތައް އިތުރުކޮށް، އެހުނަރުތަށް ތަރައްޤީކުރުމާއި، ތަފާތު މުޖުތަމަޢު ތަކުގައި މަސަޢްކަތްކުރުމުން ލިބޭ ހިތަހަމަޖެހުމާއި އުފާ ލިބިގަތުން އަދި މިނޫންވެސް އެތަށް މަޤުޞަދެއްގައި ހިލޭސާބަހަށް މަސްއްކަތްކުރާމީހުން ހަރަކާތްތެރި ވެއެވެ. ޞިއްޙީ ދާއިރާ، ތަޢުލީމީ ދާއިރާ، ކުއްލިހާލަތް ތަކުގައި އެހީވެދިނުން އަދި މިނޫންވެސް އެތަށް ދާއިރާއިކުން މިބައިމީހުން އާއްމު ގޮތެއްގައި އެހީތެރިކަން ފޯރުވައިދެއެވެ.
އާއެކެވެ. މިހާރު އަޅުގަނޑުމެންގެ މި ކުޑަކުޑަ މުޖުތަމަޢަށްވެސް މިވަނީ ހިލޭސާބަހަށް މަސައްކަތްކުރާ މީހުންގެ "ދީލަތި" އެހީތެރިކަން ފޯރުކޮށްދޭން ފަށާފައެވެ. އާއްމުކޮށް ހުރިހާ ދާއިރާއަކުންނެވެ. ހާއްސަކޮށް ތަޢުލީމީ ނިޒާމުގެ ތެރެއިންނެވެ. މުޖުތަމައެއް ބައްޓަންކުރުމަށާއި ހެޔޮ ޖީލެއް ބިނާކުރުމުގައި އެންމެ އިސް ދައުރެއް އަދާކުރާނީ އެތަނެއްގެ ތަޢުލީމީ ނިޒާމުކަމީ އެވެސް ޝައްކެއް އޮތްކަމެއް ނޫނެވެ. އެހެންކަމުން މުޖުތަމަޢުގެ ހާލަތު ރަނގަޅު ކުރުމަށް ބަޔަކު އެހީތެރިކަމެއް ވަނީކަމުގައި ވާނަމަ އެންމެ އިސްކަމެއް ދޭން ޖެހޭނީ އެތަނެއްގެ ތަޢުލީމީ ނިޒާމް އިސްލާހުކުރުމަށެވެ. ވީމާ އަޅުގަނޑުމެންގެ ތަޢުލީމީ ދާއިރާއަށް ބޭރުގެ ހިލޭސާބަހަށް މަސައްކަތްކުރާ މީހުން ވައްދާއިރު ލިބޭނެ ފައިދާއެއްގެ އިތުރުން ކޮށްފާނެ ނޭދެވޭ އަސަރުތަކަށްވެސް ވިސްނަން ވާނެއެވެ.
ވޮލެންޓިއަރުންގެ ގޮތުގައި ދިވެހިރާއްޖޭގައި މަސައްކަތްކުރާ ގިނަ މީހުންނަކީ ކްރިސްޓިއަނުންނެވެ. ތިހީވަނީ މުޅިން ރަނގަޅަށެވެ. އަޅުގަނޑު މިހާރު ދައްކަން މި އުޅެނީ ކްރިސްޓިއަން މިޝަނަރީގެ ވާހަކައެވެ. ކްރިސްޓިއަން މިޝަނަރީއަކީ އިއްޔެއްކު މިއަދަކު ފެށުނު ކަމެއް ނޫނެވެ. އެމީހުން ގަބޫލުކުރާގޮތުގައި އީސާ އަލައިހިއް ސަލާމް އެބައިމީހުންނަށް ވަނީ މުޅިދުނިޔޭގައި ކްރިސްޓިއަން ދީން ފެތުރުމަށް އަމުރުކުރެއްވައިފައެވެ. އަޅަގަނޑަށް ހީވާގޮތުން ތީގެތެރެއިން ގިނަބޭޅުންނަކީ އިނގިރޭސި ލިޔަން ކިޔަން ދަންނަ ބޭފުޅުންނެވެ. އެހެންކަމުން ބައިބަލްގައި ވާގޮތަށް ނަކަލުކޮށްލާނަމެވެ.
“Go therefore and make disciples of all the nations, baptizing them in the name of the Father and the Son and the Holy Spirit, teaching them to observe all that I commanded you; and lo, I am with you always, even to the end of the age” (Matthew 28:19-20).
ކްރިސްޓިއަން މިޝަނަރީތައް ހިންގަނީ ދުނިޔޭގެ އެކި ކަންކޮޅުތަކަށް އެމީހުންގެ މަންދޫބުން ފޮނުވައިގެންނެވެ. ވަކި ވަކި ފަރުދުންގެ ގޮތުގަޔާއި ޖަމާއްތަތަކުގެ ގޮތުގައެވެ. މިބައިމީހުންނަށް ކިޔާ އުޅެނީ “މިޝަނަރީސް” އެވެ. އާއްމު ގޮތެއްގައި އެމީހުން ދީން ފަތުރަނީ ފުރަތަމަ ގޮސް ދީނީ ދަރުސްތަކެއް ދީގެނެއް ނޫނެވެ. ނަމަވެސް އިންސާނީ ޚިދުމަތްތަކުގެ ތެރެއިނަނެވެ. ހާއްސަކޮށް ފަޤީރުންނަށް އެހީވެދިނުމުގެ ތެރެއިންނެވެ. މިބައިމީހުން އިޤްތިޞާދީ ހަލަބޮލިކަމުން އެގައުމެއް ސަލާމަތްވުމަށް އެހީތެރިވެދެއެވެ. ލިޔަންކިޔަން ނޭނގުން ނައްތާލާ، ތަޢުލީމީ ހާލަތު ރަނގަޅުކުރުމަށް އެހީތެރިވެދީ، ޞިއްޙީ ހިދުމަތްތަށް ފޯރުކޮށްދިނުމަށް އެހީތެރިވެދީ، ޔަތީމުހާނާތަށް ބަލަހައްޓާ އަދި މިނޫންވެސް އެތަށް ކަމަކުން އެޤައުމެއްގެ ރައްޔިތުންގެ ހިތްތަށް މަޑުމަޑުން ދަމައިގަނެއެވެ. އަދި އެއަށްފަހު އެމީހުންގެ އަސްލު މަގުސަދު ހާސިލް ކުރެއެވެ.
ދެން އަޅުގަނޑުމެންގެ މި ކުޑަ ދިވެހިރާއްޖެއަށް ބަލާލަމާތޯއެވެ. 1998 ވަނަ އަހަރު އޭރުގެ ސަރުކާރުން ވަނީ ކްރިސްޓިއަން މިޝަނަރީސް ކަމަށް ޝައްކުކުރެވޭ އެތަށް ބޭރުމީހުންތަކެއް ދިވެހިރާއްޖެއިން ބޭރުކޮށްލާފައެވެ. އަދި އެކަމާ ގުޅުންހުރިކަމަށް ބެލެވޭ ދިވެހިންތަކެއްވެސް ވަނީ ހައްޔަރުކޮށްފައެވެ. 29 ނޮވެމްބަރ 2008 ގައި އިސްލާމިކް އެފެއާޒް މިނިސްޓަރީއިން ވަނީ ދިވެހިރާއްގޭގައި ކްރިސްޓިއަން ދީން ފެތުރުމަށް ހަދައިފައިވާ އިނގިރޭސި އަދި ދިވެހި ވެބްސައިޓްތަށް ބްލޮކް ކުރާނެކަމަށް އިޢުލާންކޮށް އެކަންތަށް ޢަމަލީގޮތުން ފަށާފައެވެ. ނަމަވެސް މިޝަނަރީސްގެ މަސައްކަތް ދިޔައީ ކުރިއަށެވެ. 27 އޮކްޓޯބަރ 2009 ވީ އަންގާރަ ދުވަހު ކަމާބެހޭ ފަރާތްތަކުން ވަނީ ދިވެހިބަހުންވާ ކްރިސްޓިއަން ދީނުގެ 6ވީޑިއޯ ސީޑީ އާއި 17ލީފްލެޓާއި، 6 ފޮތް އަދި 1 ބައިބަލް އާއި އެކު އަތުލައިގަތް ދެކުނުއެފްރިކާގެ ރައްޔިތެއް ކިމުގައިވާ ރޮބަރޓް ވިލިއަމް ޑީޕޯރޓް ކޮށްލާފައެވެ. ސުނާމީގައި ހާލުގައި ޖެހުނު ބައެއް ދިވެހީންނަށް އެހީތެރިވެދޭން އައި ވޮލެންޓިއަރުން ބައިބަލްގެ ދިވެހި ތަރުޖަމާ ބެހިކަމީ އަދި އަޅުގަނޑުމެން ހަނދާން ނެތޭނެހައި ދުރު ހަނދާނެއް ނޫނެވެ. 15 އޭޕްރީލް 2010 ވީ ބުރާސްފަތިދުވަހު ދިވެހިރާއްޖޭގައި ކްރިސްޓިއަން މިޝަނަރީސްގެ ފޮތްތަކެއް ބަހަން އުޅުނު ދެކުނުކޮރެޔާގެ 4 ރައްޔިތަކުވެސް ވަނީ ހައްޔަރު ކޮށްފައެވެ. މިހެންގޮސް ކިތަންމެ ކަންތައް ތަކެކެވެ.
ޔަހޫދީންނާއި ނަޞާރާއިންނަކީ އަހަރުމެންނަށް ހެވެއް ލާބައެއް އެދިގެން އުޅޭބައެއް ނޫންކަން ޤުރުއާނާއި ސުންނަތުންވެސް ސާބިތުވެއެވެ. الله سبحانه وتعالى ކީރިތި ޤުރުއާނުގައި ވަޙީ ކުރައްވައި އަންގަވާފައި ވެއެވެ.
“وَلَنْ تَرْضَى عَنْكَ الْيَهُودُ وَلا النَّصَارَى حَتَّى تَتَّبِعَ مِلَّتَهُمْ قُلْ إِنَّ هُدَى اللَّهِ هُوَ الْهُدَى وَلَئِنِ اتَّبَعْتَ أَهْوَاءَهُمْ بَعْدَ الَّذِي جَاءَكَ مِنَ الْعِلْمِ مَا لَكَ مِنَ اللَّهِ مِنْ وَلِيٍّ وَلا نَصِيرٍ” (البقرة:120)
މިއާޔަތުގެ މާނައަކީ: “އަދި ހަމަކަށަވަރުން ޔަހޫދީންނާއި ނަޞާރާއިންވެސް، އެއުރެންގެ މިއްލަތަށް (އެބަހީ އެއުރެންގެ ދީނަށް) ކަލޭގެފާނު ތަބާވެއްޖައުމަށް ދާންދެން ދުވަހަކުވެސް ކަލޭގެފާނަކަށް ނުރުހޭނެތެވެ. ކަލޭގެފާނު ވިދާޅުވާށެވެ. ހަމަކަށަވަރުން ތެދުމަގަކީ ހަމައެކަނި الله سبحانه وتعالىގެ މަގެވެ. އަދި ކަލޭގެފާނަށް الله تعالىގެ ކިބައިން ޢިލްމު އައުމަށްފަހު އެއުރެންގެ ހަވާ ނަފްސުގެ ހެއްލުންތަކަށް ތަބާވެއްޖެނަމަ، الله تعالىގެ ޙަޟްރަތުން ކަލޭގެފާނަށް އެއްވެސް އެހީތެރިއަކު އަދި ނަޞްރުދޭނޭ މީހަކުވެސް ނުވެއެވެ.” (ސޫރަތުލް ބަޤަރާ:120)
أبو سعيد الخدري رضي الله عنه ރަސޫލު الله صلى الله عليه وسلم ކިބައިން ޙަދީޘްފުޅު ކުރައްވާފައިވެއެވެ. ”قَالَ رَسُولُ اللَّهِ صلى الله عليه وسلم ” لَتَتَّبِعُنَّ سَنَنَ الَّذِينَ مِنْ قَبْلِكُمْ شِبْرًا بِشِبْرٍ وَذِرَاعًا بِذِرَاعٍ حَتَّى لَوْ دَخَلُوا فِي جُحْرِ ضَبٍّ لاَتَّبَعْتُمُوهُمْ ” . قُلْنَا يَا رَسُولَ اللَّهِ آلْيَهُودَ وَالنَّصَارَى قَالَ ” فَمَنْ ؟!” (رواه البخاري 8/151 . ومسلم 4/2054)
މާނަ: “ހަމަކަށަވަރުން ތިޔަބައިމީހުން، ތިޔަބައިމީހުންގެ ކުރިން އައިމީހުންގެ ގޮތްތަކަށް ތަބާވާނެއެވެ. މުށަކަށްފަހު މުށެކެވެ. ކައިވަތަކަށްފަހު ކައިވަތެކެވެ. އެބައިމީހުން ضبّއެއްގެ (ސަހަރާތެރޭ އުޅޭ ބޮނޑެއްގެ) ހޮރަށް ވަންކަމުގައި ވިޔަސް ތިޔަބައިމީހުން އެމީހުންގެ ފަހަތުން ގޮސް އެހޮރަށް ވަންނާނެއެވެ. އެހިނދު ތިމަންބޭކަލުން ދެންނެވީމެއެވެ. އޭ اللهގެ ރަސޫލާއެވެ. އެއީ ޔަހޫދީންނާއި ނަޞާރާއިން ހެއްޔެވެ؟ އެކަލޭގެފާނު ޙަދީޘްފުޅު ކުރެއްވެވިއެވެ. “ފަހެ އެނޫން ދެން ކޮންބައެއް ހެއްޔެވެ؟) “ބުޚާރީ: 8/151، މުސްލިމް 4/2054)
އެހެންކަމުން ނިންމާލުމުގެ ކުރިންވެސް ބުނެލަން އޮތީ ވޮލެންޓިއަރުންނާއިމެދު ސަމާލުވެލައްވާށެވެ. އެމީހުންގެ ތެރެއިން ބަޔަކު ހެޔޮނިޔަތުގައި މަސައްކަތް ކުރިކަމުގައި ވިޔަސް ގިނަބައެއްގެ ފަހަތުގައި ފޮރުވިފައިވާ މިޝަންއެއް ވާނެއެވެ. އެމީހުން އަޅުގަނޑުމެންގެ ޅަދަރީންގެ ސިކުނޑިތަކާއި އަދި ހިތްތަކާ ކުޅެމުން ދާއިރު ވަގުތު ފާއިތުވުމުގެކުރިން މިކަމާ ވިސްނާށެވެ.
How did child prostitution start in America?
A: Child prostitution was not a real problem in the United States until the late 70’s. In 1974, Congress passed the Juvenile Justice Delinquency Prevention Act that prohibited the secure detention of runaways. That meant that the police were prevented from arresting children for running away from home. Consequently, children were left on the streets to fend for themselves. Since 1974 children have been allowed to live on the streets and they need to support themselves.