ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމްއަށް ފުރައްސާރަކޮށްފައިވާ ސަޢޫދީ ޢަރަބިއްޔާގެ ކޮލަމިސްޓަކު މެލޭޝިޔާގައި ހައްޔަރުކޮށްފިއެވެ.
ޢުމުރުން 23އަހަރުގެ ޙަމްޒާ ކާޝްޣަރީވަނީ ކީރިތި ރަސޫލާ ޞައްލައްﷲ ޢަލައިހި ވަސައްލަމައަށް ފުރައްސާރަކޮށް ޓްވިޓަރގައި ކޮމެންޓުތަކެއް ކޮށްފައެވެ. އެނާ ހައްޔަރުކޮށްފައިވަނީ އަމިއްލަ ޤައުމު ދޫކޮށް މެލޭޝިޔާގައި އުޅެނިކޮށެވެ. އެކޮމެންޓުތަކުގެ ސަބަބުން އޭނާއަށް މަރުގެ އަދަބުދިނުމަށް ފޭސްބުކް އާއި ޓުއިޓަރ ފަދަ ސޯޝަލް ނެޓްވަރކް ތަކުގައި މުސްލިމުން ގޮވާފައިވެއެވެ. އަދި 24ގަޑި އިރުގެ ތެރޭގައި30،000 ޖަވާބު ލިބިފައި ވަނި ކޮށް އޭނާގެ ކޮމެންޓުތަށްވަނީ ޑިލީޓޮކޮށްފައެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...