ކުރީގެ ރައީސް މުހައްމަދު ނަޝީދު އިސްތިއުފާ ދެއްވި ދުވަހު މުލިއާގެއިން ގިނަ އަދަދެއްގެ ބަނގުރާ ފުޅިތަކެއް ފެނިފާވާއިރު އެ ތަކެއްޗަކީ ނަޝީދުގެ އެއްޗެއް ނޫންކަމަށާއި އަދި އެމަނިކުފާނަކީ ރާ ބޯ މީހެއް ނޫންކަމަށް ނަޝީދު ވިދާޅުވެއްޖެއެވެ.
ނޫސްވެރިންނާ ވާހަކަދައްކަވަމުން "އަޅުގަނޑަކީ ރާ ބޯ މީހެއް ނޫން " ކަމަށް ކުރީގެ ރައީސް ވިދާޅުވިއެވެ.
އަޅުގަނޑަށް ޔަގީން އެއީ އަޅުގަނޑުގެ އެއްޗެއް ނޫންކަން. އަޅުގަނޑުގެ އެއްޗެއް އެ ބާވަތުގެ އެއްޗެއް އެ ގެއަކު ނުހުންނާނެ،" މުލިއާގެއިން ފެނުނު ބަނގުރާ ފުޅިތަކަކީ ނަޝީދުގެ އެއްޗެއް ނޫންކަމަށް ވިދާޅުވިއެވެ.
ކުރީގެ ރައީސް ކެނެރީގޭ ނަޝީދު މިހެން ވިދާޅުވެފައިވާއިރު މީގެ ކުރިން މަސްތުވާތަކެތިން ސަލާމަތްވުމަށް އެހީވެދޭ ޓެލެފޯން ނަންބަރު އިފްތިތާޙު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަމުން ނަޝީދު ބުނެފައިވަނީ، “ކޮންމެހެން ބޭނުން، ބޮވެން ޖެހޭނެ. ބޯން އެބަޖެހޭ. ނުބޮއެއް އެކުދިންނެއް ސަލާމަތެއްނުވޭ. އަޅުގަނޑުމެންނަށް އެކަން ދެނެގަނެވެން ޖެހޭނެ،” ކަމަށާއި “އަޅުގަނޑުމެން މި ވިއުގަ އަދި ރާއްޖެ އަށް ބާރުގަދަ މަސްތުވާތަކެތި އެތެރެކުރުން ހުއްޓުވާއިރުގައި، އަޅުގަނޑުމެންނަށް އެނގޭ ޙަޤީޤަތްތަކެއް އެބަހުރޭ. އެއީ، އެ ކުދިންނާ އަޅާލަން ޖެހޭނެ” ކަމަށެވެ.
“ ހަކުރުން އެއްކައިރިކޮށް ދެން އެހެން ކޮންމެ އެއްޗެއް ބުއި ނަމަވެސް، މި ސަލާމަތް ކުރެވޭތޯ ބެލުމަކީ މީގައި ކޮންމެވެސް ކަހަލަ މިންގަނޑެއް ގޮތުގައި ބެހެއްޓުމަކީ މުހިންމުކަމެއް. އަޅުގަނޑުމެންނަށް ބައެއް ފަހަރަށް ހީވަނީ ދޮންމީހުން ވެއްޖެއްޔާ ބޯނޭ. އެމީހުން އުޅޭގޮތަށް އުޅެގެންނުވާނޭ. އަޅުގަނޑުގެ އިލްތިމާސަކީ ދޮންމީހުން އުޅޭގޮތަށް އުޅެއްޖެއްޔާ އަޅުގަނޑުމެންނަށް ސަލާމަތްވެވިދާނޭ" ނަޝީދު ރައީސް ކަމަށް އިންތިޚާބު ކުރުމުގެ ކުރިން ހަކުރު ބުއިމަށް ހިތްވަރު ލިބޭގޮތަށް ވާހަކަދައްކަވަމުން ވިދާޅުވިއެވެ.
" އެންމެނަކު ކޮންމެހެން އަބަދުގައި ހަމާގައި ތިބޭކަށް އެދި ދާނެކަމަށް އަޅުގަނޑުމެން ހަމައިގައި ތިބޭ މީހުން ދެކޭނިކަމަކު ނެތޭ. އެންމެނަކު އަބަދަކު ހަމައިގައިތިބެން އެންމެން ބޭނުން ނުވެދާނެ. އެހެންވީމާ ކޮންމެސް އެއްބަޔަކު އަބަދުވެސް ހަމަ ބުއްދިން ނެއްޓޭ ގަޑި ގަޑި ، ނެއްޓޭ އިރު އިރު އަންނާނެކަމަށް އަޅުގަނޑުމެން ދެކެންޖެހޭނޭ. ހަމައިން ނެއްޓޭން ބޭނުންވާ މީހާ އެކާން ކުރާންއޮށް ހަމައެކަނި ވަސީލަތަކީ ހަކުރައްވީމާ، ދެން ހަކުރު ގިނަވެއެވެ. " ކުރީގެ ރައީސް ، ރައީސްކަމުގައި ހުންނަވައިގެން ވާހަކަ ދައްކަވަމުން ހަކުރު ނުވަތަ މަސްތުވުމަށް ހިތްވަރު ލިބޭ ގޮތަށް ވާހަކަ ދައްކަވާފައިވެއެވެ.
ނަޝީދު ދިރިއުޅުއްވި މުލިއާގެއިން ބަނގުރާފުޅިތަކުގެ އިތުރުން ހޭޝްއޮއިލް އަށް ޝައްކުވާ އެއްޗެހިތަކެއްވެސް ވަނީ ހޯދައިފައެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...