އިންޑިއާގެ ކަރްނާޓަކާގެ ޤާނޫނު ހަދާ މަޖިލީހުގައި ޖަލްސާއެއް ހިނގަމުން ދިޔަ ވަގުތު ބަރަހަނާ ވީޑިއޯތަކެއް ބެލި މައްސަލައެއް ފެންމަތިވުމުގެ ސަބަބުން ތިން ސްޓޭޓް މިނިސްޓަރަކު އިސްތިއުފާ ދީފިއެވެ.
މިވަޒީރުންނަކީ އިންޑިޔާގެ ވަރުގަދަ ސިޔާސީ ޕާރޓީއެއް ކަމުގައިވާ ބީޖޭޕީ އަށް ނިސްބަތްވާ 3 ވަޒީރުންކަމަށާއި މިބޭފުޅުން މިކަންކުރަނިކޮށް ފަޅާ އަރައިފައި ވަނީ މަޖިލީހުގައި ތިބި ކެމެރާމަނުންނަށްކަމަށް ޚަބަރުތަކުން ބުނެއެވެ. މިކަމާއި ގުޅޭ ގޮތުން އެބޭފުޅުން ވިދާޅުވީ އެބޭފުޅުން ބެލީ ބަރަހަނާ ފިލްމެއް ނޫން ކަމަށާއި އެވީޑިއޯތަކަކީ ކަރްނާޓަކާގެ ހުޅަނގު އައްސޭރީގައި އޮންނަ ސޭންޓް މޭރިސް އައިލެންޑުގައި ބޭއްވި ޕާޓީއެއްގެ ތެރޭގައި ހިންގާފައިވާއަމަލުތަކެއް ކަމަށެވެ. އަދި އެ ވީޑިއޯތަކަކީ އެކަމާއި ބެހޭ ގޮތުން ބަހުސްކުރަން ބޭނުންވާ އެއްޗެއްކަމަށް ވާތީ ބެލީކަމަށެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...