އިޒްރޭލުގެ ރޭޑިއޯ ސްޓޭޝަނަކާއި ހަވާލާދީ މީޑިއާއިން ހަބަރުދޭގޮތުގައި އެމެރިކާގެ ރައްޔިތުން ފަލަސްތީނަށާއި އިޒްރޭލަށް ދަތުރު ނުކުރުމަށް އަންގާ އިންޒާރު ދީފައިވަނީ އެމެރިކާގެ ރައްޔިތުންނަށް ކުރިމަތިވެދާނެ ނުރައްކަލުން ސަލާމަތްވުމުގެ ގޮތުންނެވެ. އަދި އެމެރިކާގެ ރައްޔިތުންނަށް މިސަރައްދުތަކަށް ޒިޔާރަތް ކުރުމުން މަރުގެ އިންޒާރު ލިބޭކަމަށްވެސް އިޒްރޭލުގެ ރޭޑިއޯއިން ހާމަކޮށްފައިވާކަމަށް ހަބަރުލިބެއެވެ.
އެމެރިކާއިން އެމެރިކާގެ ރައްޔިތުންގެ ސަލާމަތަށް އެދި އިންޒާރުކޮށްފައިވާއިރު ފަލަސްތީނުގެ އެތައް ރައްޔިތުންގެ ސަލާމަތައް އިޒްރޭލުގެ ސަބަބުން ނުރައްކާވަމުން ދާއިރު އެމެރިކާއަށް އެއީ މައްސަލައަކަށް ނުވެއެވެ. އިޒްރޭލުގެ ހަމަލާތަކާއި ފުރައްސާރާއިގެ ޝިކާރައަކަށް ފަލަސްތީނުގެ އަޚުންނާއި އުޚުތުން ވަމުން ދިއުމަކީ އެމެރިކާއަށް މައްސަލައަކަށް ނުވެއެވެ.

















ޚިޔާލު