ރާއްޖޭގެ ޚަބަރު

ލާލޭ ސްކޫލްގެ ޕްރިންސިޕަލް ކުދިންނަށް އަނިޔާކުރިކަން ސާބިތުވުމުން 200 ރުފިޔާއިން ޖޫރިމަނާކޮށްފި

ލިޔުނީ: އައިޝާ ޝަހޫ

ލާލޭ އިންޓަނޭޝަނަލް ސްކޫލުގެ ޕްރިންސިޕަލް ކުދިންނަށް އަނިޔާކުރިކަން ސާބިތުވުމުން 200 ރުފިޔާއިން ޖޫރިމަނާކޮށްފިއެވެ.

މިހަފްތާގައި ޖިނާއީ ކޯޓުން ކޮށްފައިވާ މިދައުވާއަކީ "ލާލޭ އިންޓަނޭޝަނަލް ސްކޫލުގެ ދަރިވަރުންތަކެއްގެ ގައިގައި ޖަހައި އެ ސްކޫލްގެ ޕްރިންސިޕަލް މާރާމާރީ ހިންގާފައިވާ ކަމަށް" ބުނެ ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުން ކުރި ދައުވާއެވެ. މިދައުވާގެ ހުރިހާ މަރުހަލާއެއް ނިމި ޖިނާއީ ކޯޓުން ހުކުމްކޮށްފައިވަނީ "ީ ބެލްޓަކީ ކުދިން ތަރުބިއްޔަތު ކުރުމަށް ބޭނުން ކުރެވޭނެ އެއްޗެއް ނޫން ކަމަށާއި ހެކިންގެ ހެކިބަހުން ލާލޭ ސްކޫލްގެ ކުރީގެ ޕްރިންސިޕަލް ސާކަން އަކަރު ދަރިވަރުންތަކެއްގެ ގަޔަށް އަތްލައި މާރާމާރީ ހިންގި ކަން ސާބިތުވާ" ކަމަށާއި އޭގެ އަދަބެއްގެ ގޮތުން "200 ރުފިޔާއިން ޖޫރިމަނާ ކުރުމަށް" ކަމަށެވެ.

ލާލޭ ސްކޫލްގެ ކުރީގެ ޕްރިންސިޕަލްގެ މައްޗަށް މިމައްސަލާގައި ދައުވާ ހުށައަޅާފައިވަނީ މޭ މަހުގެ ތެރޭގައެވެ. ދައުވާ ހުށައަޅާފައިވަނިކޮން ޕްރިންސިޕަލް ކަމުން އިސްތިއުފާ ދިނުމަށްފަހު ގައުމުން ފުރައިގެން ދާން އުޅެނިކޮން ވަނީ އިމިގްރޭޝަނުން ހިފަހައްޓާފައެވެ. އެތައް ދުވަހެއްގެ ދިގު ދައުވާއަކަށްފަހު 200 ރުފިޔާއިން ޖޫރިމަނާއެއް ކުރުން ގިނަ ބަޔަކު ދަނީ މިކަމާ ފާޑުކިޔަމުންނެވެ.

މިމައްސަލަ ކޯޓުން ނިންމާފައިވަނީ ގާނޫނުލްއުގޫބާތުގެ 126 ވަނަ މާއްދާގެ ދަށުންނެވެ.

ގުޅުންހުރި

4 ޚިޔާލު

  1. މިކަންތައް އަޅުގަނޑަށް މާނަކުރެވެނީ ޖޯކެއްގޮތަށް!!

  2. emme 200rf yah joorimanaa kurumaky v dhera kameh…dhivehi kudhin thakakah aniyaakurun eyyna emme 20rf dhakkaalaafa nimaalumaky raajje ge sharuee nixaam ge kada kamuge hehkeh

  3. mee varah dhera kameh e dharivarah libunu nafsaanee adhi jismaany aniyaa ge badhaleh nueh libeyne namaves mifadha gothakah mikan nimumun balenivarin nah varah bodu maayoos kameh libeyne adhi mifadha haadhisaa thah thakuraaru vumah magu fahivun gaai adhi hama mifadha massala thah report nukurumah meehun azum kanda elhun ekasheegen vey. Hageegathugaa ves varah dhera kujaage aailaa ah bunelan beynumy hiyvarukuraashey thibaa ah Allah ekamuge badhalu dhehvaaneyey inshaallah.

  4. eynayan 200 rufiyaalibeyne baa nulbinjenyaa gaazeedhenvaane kanman heevany .psi pis mee dhen mihaar boduvaren dho

Your email address will not be published. Required fields are marked *