ޗައިނާއަށް ކުރަމުންދާ ވިއްސާރައިގައި ފެންބޮޑުވެ މިހާތަނަށް 137 މީހުން މަރުވެ 1300 މީހުން ގެއްލި އެތައް ބަޔަކު ހާލުގައި ޖެހިފައިވާކަމަށް ޗައިނާގެ އޮފިޝަލުން ހާމަކޮށްފިއެވެ.
ޗައިނާގައި ފެންބޮޑުވުމުގެ ސަބަބުން ހާލުގައި ޖެހިފައިވާ މީހުންނަށް އެހީވުމަށް އަވސްގޮތެއްގައި މަސައްކަތް ފަށާފައިވާކަމަށާއި އަދިވެސް އެތައް ބަޔަކު އެހީ ބޭނުންވެފައި އެބަތިބިކަމަށް ރިޕޯޓުތަކުން ބުނެއެވެ. އަދި މީގެ އިތުރުން މިހާތަނަށް ގެއްލިގެން 1300 މީހުން ހޯދުމުގެ މަސައްކަތް ވަރަށް ބާރަށް ކުރިއަށްދެއެވެ. އެހީތެރިކަން ފޯރުކޮށްދިނުމަށް ޗަކައާއި މަޑުގެ ސަބަބުން ބޮޑެތި ހުރަސްތަކެއް ކުރިމަތިވާކަމަށް އޮފިޝަލުން ނާއި ހަވާލާދީ ޗައިނާގެ މީޑިއާތަކުން ހަބަރުދެއެވެ.
މޫސުމާ ބެހޭ އިދާރާތަކުން ލަފާކުރާ ގޮތުގައި ޗައިނާއަށް ކުރަމުން މިދާ ވިއްސާރަ މައިތިވަނީ އަދި ހަފްތާއެއްހާ ދުވަސްފަހުންކަމަށެވެ.
ޕާކިސްތާނަށްވެސް ވިއްސާރަވެ ފެންބޮޑުވުމުގެ ސަބަބުން 12 މިލިއަން މީހުން ހާލުގައި ޖެހިފައިވާކަމަށް ޕާކިސްތާނުގެ ސަރުކާރުން ހާމަކުރެއެވެ.

















ޚިޔާލު