ދިއިސްލާމް ފޮޓޯ ރޯދަ ކެމްޕޭން: އިޒްރޭލުގެ ކަދުރުން ރޯދަ ނުވިއްލަމާ!

ރޯދަ ކެމްޕޭން: އިޒްރޭލުގެ ކަދުރުން ރޯދަ ނުވިއްލަމާ!

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް


މިކެމްޕޭން ވަނީ ދުނިޔޭގެ އެކި ކަންކޮޅުގައި ފަށާފައެވެ. އަޅުގަނޑުމެން ދިވެހިން ސަތޭކަ އިންސައްތަ ކަމަށް ބުނާއިރު މިފަދަ ކެމްޕޭންތަކަށް އެއްބައިނުވާންވީ ކީއްވެގެން ހެއްޔެވެ؟ ފަރުދީ ގޮތުންނާއި ޖަމިއްޔާތަކުގެ ގޮތުގައި މިފަދަ ކެމްޕޭންތައް ފުޅާ ދާއިރާއެއްގައި ޖައްސަމާހެވެ. އަޅުގަނޑުމެންގެ ކަމަކީ މިފަދަ މުހިންމު ކަންކަމަށް އާންމުން ހޭލުންތެރި ކުރުވުމެވެ. އިންޝާﷲ މިއަމަލުގެ ސަބަބުންވެސް އިޒްރޭލުގެ ލާއިންސާނީ އަމަލުތަށް ކުށްވެރިކުރާ މީހުންގެ ތެރޭގައި އަޅުގަނޑުމެން ވާނެއެވެ. ރޯދަމަސް ބޯމަތިވަމުން އަންނައިރު އިޒްރޭލުންވެސް ދަނީ ގިނަ އަދަދަކަށް ކަދުރު ހައްދާ އިސްލާމީ ދުނިޔޭގެ މާރކެޓަށް ނުކުމެފައެވެ. އަޅުގަނޑުމެން މުސްލިމުން ފަލަސްތީނުގެ އަޚުންނާއި އުޚުތުންނަށް އިހާނަތިކޮށް ހިތާ ބަޔަކަށް ވާގިވެރިވާންވީ ކީއްކުރަން ހެއްޔެވެ؟ އިޒްރޭލުގެ ކަދުރުން ރޯދަ ނުވިއްލަމާ! އިޒްރޭލުގެ ކަދުރަށް 'ނޫނެކޭ' ބުނަމާހެވެ. ކަދުރު ކެއުމުގެ ކުރިން އޭގެ ލޭބަލް ބައްލަވާށެވެ. އެއީ އިޒްރޭލުގެ އުފެއްދުމެއް ނޫންކަން ކަށަވަރުކޮށްފައިނޫނީ ތިބޭފުޅުންގެ ހަށިގަނޑުގެ އެތެރެއަށް ދުއްވާ ނުލާށެވެ.

އިޒްރޭލުގެ ކުދަރުން ރޯދަ ނުވިއްލަމާ

ވީހާވެސް ގިނަ ބަޔަކަށް މިމެސެޖް ފޯރުކޮށްދޭށެވެ. އެމީހަކަށް ވެވުނު ވަރަކުން މިކެމްޕޭން އަމިއްލައަށް ހިންގަވާށެވެ. ފޭސްބުކް ފަދަ ސޯޝަލް ވެބްސައިޓްތައް ބޭނުންކޮށްގެން މިހަބަރު ވީހާވެސް ގިނަ ބަޔެއްގެ ކަންފަތަށް ގެންގޮސްދޭށެވެ. މިޕޯސްޓަރުތައް ތިބޭފުޅުންގެ ފޭސްބުކް ވޯލްޕޭޕާރ ތަކުގައި 'ޝެއާރ' ކުރުމަކީވެސް ވެދެވޭނެ ބޮޑު އެހީއެކެވެ.

އިތުރު މައުޟޫމާތު: www.checkthelabel.org.uk

ޓެގް

ފޮޓޯއިން ޚަބަރު

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.