އަރަބިދުނިޔެ ކުވެއިތުގެ އިންތިޚާބުވެސް އިސްލާމީ ޕާޓީތަކުން ކާމިޔާބުކޮށްފި

ކުވެއިތުގެ އިންތިޚާބުވެސް އިސްލާމީ ޕާޓީތަކުން ކާމިޔާބުކޮށްފި

ކުވެއިތުގެ އިންތިޚާބުވެސް އިސްލާމީ ޕާޓީތަކުން ކާމިޔާބުކޮށްފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ކުވެއިތުގެ ޤާނޫނުހަދާ މަޖިލީހަށް މެންބަރުން ހޮވުމަށްޓަކައި މިދިޔަ ހުކުރުދުވަހު ބޭއްވި އިންތިޚާބު  ބޮޑު އަޣްލަބިއްޔަތަކުން އެޤައުމުގެ އިދިކޮޅު އިސްލާމީ ޕާޓީތަކުގެ އިއްތިޙާދުން ކާމިޔާބުކޮށްފިއެވެ.

ރަސްމީ ނަތީޖާތައް ދައްކާގޮތުން 50 ގޮނޑީގެ މައްޗަށް އެކުލެވިގެންވާ ޕާލިމަންޓުގެ 34 ގޮނޑި އެ އިއްތިޙާދުން ކާމިޔާބުކޮށްފައިވާއިރު އޭގެ ތެރެއިން 23 ގޮނޑި ކާމިޔާބުކޮށްފައިވަނީ އިޚްވާނީންނާއި ސަލަފީންނެވެ. ދެން ހުރި ގޮނޑިތައް އިސްލާމީ ޚިޔާލުގެ މިނިވަން ކެނޑިޑޭޓުން ކާމިޔާބުކުރިއިރު، އަމިއްލައަށް ލިބެރަލުންކަމަށް ދަޢުވާކުރާ މީހުންނަށް ކާމިޔާބުކުރެވިފައިވަނީ އެންމެ 7 ގޮނޑިއެވެ. އަދި އެއްވެސް އަންހެން  ކެނޑިޑޭޓަކަށް ގޮނޑިއެއް ކާމިޔާބުކުރެވިފައެއް ނުވެއެވެ.

މުޅި މެދުއިރުމަތީގައިވެސް އެންމެ ބޮޑު ބާރެއް ލިބިފައިވާކަމަށް ބެލެވޭ ކުވެއިތުގެ ޕާލިމަންޓް މިދިޔަ އަހަރުގެ ޑިސެމްބަރ މަހު އެޤައުމުގެ އަމީރު އުވާލެއްވީ ޒުވާނުން މަގުމައްޗަށް ނުކުމެ ކުރަންފެށި މުޒާހަރާ ތަކާ ގުޅިގެންނެވެ. އިންތިޚާބުގެ ކުރިން ނެގުނު ޚިޔާލު ހޯދުމުގެ ވޯޓުތަކުންވެސް އިސްލާމީ ޚިޔާލުގެ ސުންނީ ޖަމާޢަތްތަކުން މިއިންތިޚާބު ކާމިޔާބުކުރާނެކަމަށް އޮތީ ބެލެވިފައެވެ.

މިއިންތިޚާބުގައި 23 އަންހެން ކެނޑިޑޭޓުންނާއެކު މުޅި ޖުމްލަ 286 ކެނޑިޑޭޓުން ވަނީ ވާދަކޮށްފައެވެ.

ޓެގް

އިންތިޚާބު ކުވެއިތު

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.