އަރަބިދުނިޔެ މުޒާހަރާކުރަމުން ގެންދިޔަ ޣައްޒާގެ ރަޢިއްޔަތުން އ.ދ ގެ ސެކެޓްރީ ޖެނެރަލްއާ ދިމާއަށް ގާ އުކައިފި

މުޒާހަރާކުރަމުން ގެންދިޔަ ޣައްޒާގެ ރަޢިއްޔަތުން އ.ދ ގެ ސެކެޓްރީ ޖެނެރަލްއާ ދިމާއަށް ގާ އުކައިފި

މުޒާހަރާކުރަމުން ގެންދިޔަ ޣައްޒާގެ ރަޢިއްޔަތުން އ.ދ ގެ ސެކެޓްރީ ޖެނެރަލްއާ ދިމާއަށް ގާ އުކައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

އދ ގެ ސެކެޓްރީ ޖެނެރަލް ބަންކީމޫން ޣައްޒާއަށް ވަޑައިގަތުމުން އެކަމާ ދެކޮޅަށް މުޒާހަރާކުރަމުން ގެންދިޔަ ރަޢިއްޔަތުން އޭނާ އާއި ދިމާއަށް ގާ އުކައިފިއެވެ.

މިދިޔަ ބުރާސްފަތި ދުވަހު ޣައްޒާގެ އުތުރުގައި ހުރި ޗެކްޕޮއިންޓެއްގެ ކައިރިން ބަންކީމޫންގެ ޤާފިލާ ދަތުރުކުރަމުން ދަނިކޮށް އެސަރަޙައްދުގައި ނުރުހުން ފާޅުކުރަމުން ގެންދިޔަ މީހުންވަނީ އޭނާގެ ކާރުކޮޅަށް ގަލާއި ބޫޓުވެސް އުކައިފައެވެ. މި ޙަމަލާގައި އެއްވެސް މީހަކަށް އަނިޔާވެފައެއް ނުވެއެވެ.

ގާ އުކި ގިނަ މީހުންނަކީ އިޒްރޭލުގެ ޖަލުތަކުގައި ހައްޔަރުކޮށްފައި ތިބި ފަލަސްޠީނު ރައްޔިތުންގެ ތިމާގެ މީހުންނެވެ. އެމީހުން ތުހުމަތުކުރަމުން ގެންދިޔަގޮތުގައި ބަންއަކީ އިޒްރޭލަށް "ވިކިފައި" ހުންނެވި ބޭފުޅެކެވެ. އެމީހުން ބުނިގޮތުގައި ބަން ވަނީ އިޒްރޭލުގެ ޖަލުތަކުގައި ތިބި ފަލަސްޠީނުގެ ރައްޔިތުންގެ ތިމާގެ މީހުންނާ ބައްދަލުކުރުމަށް އިންކާރުކޮށްފައެވެ.

ޓެގް

ޣައްޒާ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.