ގުޅުންހުރިފޮޓޯ:
"ލިވިން ގްރީން"ގެ ނަމުގައި މުޅިން އާ ފިހާރައެއް ހުޅުވައިފިއެވެ.
އިއްޔެ ރޭ ހުޅުވި މިފިހާރައަކީ 'ހަކުރު ބަލީގެ' ބޭފުޅުންނަށް ހާއްސަ ފިހާރައެއްކަމަށް އެފިހާރައިން ހާމަކުރެއެވެ. "މިފިހާރައިން ހަކުރު ބަލީގެ ބޭފުޅުންނަށް ވަރަށް ހާއްސަ ޕްރޮޑަކްޓްތަކެއް އެބަހުރި. ވަރަށް ގިނަ ބާވަތްތައް އެބަހުރި." ކަމަށާއި "މިފިހާރައިން ގިނަ ބޭނުންފުޅުން ހޯއްދަވާ ސާމާނު ލިބެން ހުންނާ" ކަމަށެވެ. އެގޮތުން "ސައިފަތުގެ ބާވަތްތަކާއި(ހާބަލް ޓީ) އަދި ހަކުރު ބަލީގެ ބޭފުންނަށް ހާއްސަ ބިސްކޯދު، ޗުއިންގަމް، މެޓާ"" ލިބެން ހުންނާނެކަމަށް ލިވިން ގްރީންގެ އޮފިޝަލަކު ހާމަކުރެއްވިއެވެ.
މާވެޔޮ މިސްކިތް ކައިރީ ހުންނަ މިފިހާރަ ހުންނަނީ އަބާޔާ ފިހާރައާއި ޖެހިގެންނެވެ. ތަފާތު ގޮތަކަށް އިންޓީރިއަރ ޑިޒައިން ކޮށްފައިވާ މިފިހާރައަށް ގިނަ ބަޔެއްގެ ސަމާލުކަން ލިބެމުންދާކަން ފާހަގަ ކުރެވެއެވެ. ލިވިންގ ގްރީން ފިހާރައިގެ އިންޓީރިއާ ޑިޒައިން ކޮށްފައިވަނީ 'ސިރޫއާރޓްސް'އިން ނެވެ.
އިތުރު މައުލޫމާތު: 3344797

















ޚިޔާލު