ދުނިޔެ އެއްޖިންސުން ގުޅުން ހިންގުމަކީ މައްސަލައެއް ކަމަށް ނުދެކުމަށާއި އެކަން މަނާކުރާ ގާނޫނުތަށް އުވާލުމަށް ޕިއްލޭ ގޮވާލައިފި

އެއްޖިންސުން ގުޅުން ހިންގުމަކީ މައްސަލައެއް ކަމަށް ނުދެކުމަށާއި އެކަން މަނާކުރާ ގާނޫނުތަށް އުވާލުމަށް ޕިއްލޭ ގޮވާލައިފި

އެއްޖިންސުން ގުޅުން ހިންގުމަކީ މައްސަލައެއް ކަމަށް ނުދެކުމަށާއި އެކަން މަނާކުރާ ގާނޫނުތަށް އުވާލުމަށް ޕިއްލޭ ގޮވާލައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ނަވީ ޕިއްލޭ ރައްޔިތުންގެ މަޖިލީހުގައި ދެއްކި ވާހކަ ތަކާއި ގުޅިގެން މާލެގައި ބެޢްވި މުޒާހަރާގައި ބަޔަކު ނުރުހުން ފާޅު ކުރަނީ. ދިއިސްލާމް ފޮޓޯ: މުޙައްމަދު ވަސީލް.

 

އެއްޖިންސުން ގުޅުން ހިންގުމަކީ ކުށެއްކަމަށް ކަނޑަޅާ ޤާނޫނުތައް އުވާލުމަށާއި އަދި އެއީ ކުށެއްކަމަށް ދެކޭ ދެކުން ހުއްޓާލުމަށް ދުނިޔޭގެ ޤައުމުތަކަށް އ.ދ.ގެ އިންސާނީ ޙައްޤުތަކާބެހޭ ހައިކޮމިޝަނަރ ނަވީ ޕިއްލޭ ގޮވާލައިފިއެވެ.

 ނަވީ ޕިއްލޭގެ މި ގޮވާލުން ޝާއިޢު ކޮށްފައިވަނީ އ.ދ. ގެ އިންސާނީ ޙައްޤުތަކާބެހޭ ކައުންސިލުން އެދިގެން ހިއުމަންރައިޓްސް ކޮމިޝަނަރުގެ އޮފީހުން އެކުލަވާލި 52 ޞަފްހާގެ ރިޕޯޓްގައެވެ. ސައްތައިން ސައްތަ މުސްލިމް މި ދިވެހި ޤައުމަކީ މި ކައުންސިލްގެ ފަޚުރުވެރި މެމްބަރެކެވެ.

 މި ދިވެހި ޤައުމު ހިމެނޭ ކައުންސިލުގެ އެދުމަށް އެކުލަވާލި މި ރިޕޯޓްގައި ދިރާސާކޮށްފައިވަނީ އެއްޖިންސުން ގުޅުންހިންގާ މީހުނަށް ޤައުމުތަކުގައި ހުރި ތަފާތުކުރުންތަކާއި، ގޮންޖެހުންތަކާއި އަދި ޤާނޫނީ ހުރަސްތަކުގެ މައްޗަށެވެ. މި ރިޕޯޓްގައި ފާހަގަކޮށްފައިވަނީ އެއްޖިންސުން ގުޅުންހިންގާ މީހުންގެ އެއްޖިންސުން ގުޅުންހިންގުމުގެ އިންސާނީ ޙައްގަށް ޤައުމުތަކުން ސަމާލުކަން ނުދޭކަމަށާއި އަދި އެމީހުންނަކީ ކުށްވެރިން ކަމުގައި ދެކޭކަމަށެވެ.

 މުސްލިމު މިއުމުގެ ޝަރުޢީ ނިޒާމް އިސްލާޙުކުރުމަށް ދާދި ފަހުން ދިވެހި ސަރުކާރުންވަނީ ނަވީ ޕިއްލޭގެ ކިބައިން އެދިފައެވެ.
މި ނަވީޕިއްލޭވަނީ މީގެ ކުޑަ ދުވަސްކޮޅެއްކުރިން ދިވެހި ރާއްޖެއަށް ޒިޔާރަތްކޮށް ދިވެހިރާއްޖޭގެ ރައްޔިތުންގެ މަޖްލީހުގައި ވާހަކަދައްކާފައެވެ. އޭނާގެ ވާހަކައިގާ، ދިވެހި ރާއްޖޭގައި ޒިނޭގެ ޙުކުމް ސާބިތުވާ މީހުންގެގައިގާ ޙައްދުޖަހާތީ އެކަންވަރަށްބޮޑަށް ކުށްވެރިކޮށް ދިވެހިރާއްޖޭގެ ގާނޫނުއަސާސީއަށް ހަޖޫޖަހާފައެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.