އެމެރިކާއިން ފަލަސްތީނަށް އިންޒާރެއް ދީފިއެވެ.
އެމެރިކާއިން އިންޒާރުދީފައިވަނީ "އިސްރާއީލާއިއެކު ސީދާ ވާހަކަތަކަކަށް ނުގޮސްފިނަމަ އެމެރިކާއާއި ފަލަސްތީނާއިދެމެދު އޮތް ގުޅުން ކަނޑާލަން ޖެހިދާނެ" ކަމަށެވެ. މިއިންޒާރު ދީފައިވަނީ އެމެރިކާގެ ރައީސް ބަރަކް އޮބާމާ ކަމަށް ފަލަސްތީނުގެ އޮފިޝަލުންވަނީ ކަށަވަރު ކޮށްދީފައެވެ.
މިދިޔަ ޖުލައި 16 ވަނަ ދުވަހު ސިޓީއަކުން އޮބާމާ އިންޒާރު ދީފައިވަނީ ފަލަސްތީނުން އެތައް ފަހަރެއްގެ މަތިން އިޒްރޭލާއި ވާހަކަ ދެއްކުމަށް މަސައްކަތްކޮށް އެކަން އިޒްރޭލުން ހުރަސްއަޅާފައިވަނިކޮށެވެ. އިޒްރޭލުން ފަލަސްތީނުގެ މަޝްރަހު ގޯސްކުރުމަށް އެތައް ކަމެއް ކޮއްފައިވާއިރު އެމެރިކާއަށް އެއީ މައްސަލައަކަށް ނުވާއިރު ފަލަސްތީނަށް އެފަދަ އިންޒާރެއްދިނުމުން ގިނަ ބަޔަކު ދަނީ އޮބާމާއަށް ފާޑުކިޔަމުންނެވެ.
ފަލަސްތީނު/އިޒްރޭލު މައްސަލާގައި އަބަދުވެސް އެމެރިކާއިން ވާގިވެރިވަމުން ދަނީ އިޒްރޭލުގެ ލާއިންސާނީ އަމަލަސެވެ. ފަލަސްތީނުގެ ރައްޔިތުންގެ ހައްގުގައި ވާހަކަ ދެއްކުމުގެ ބަދަލުގައި އަބަދުވެސް އެމެރިކާއިން ދަނީ އިޒްރޭލުގެ އަމަލުތައް ދިފާއުކުރަމުންނެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...