ވޭތުވެދިޔަ ހަފުތާނިމިގެންދިޔައީ މާލެ ތެރޭގައި ގުރޫޕް މާރާމާރީތަކެއް ހިނގައި ނުރައްކާތެރި ހާދިޡާތަކެއް ހިނގައިދިޔަ ހަފުތާއަކަށެވެ.
މިދިޔަ ހުކުރުދުވަހުގެ ރޭ އިރާކޮޅު ޒުވާނުންގެ މަރުކަޒާއި ޖެހިގެން އޮންނަ ކުޅިވަރު ކުޅިވަރު ކުޅޭ ހުސްބިމުގައި، މާރާމާރީއެއް ހިނގައި ތޫނު އެއްޗަކުން ހަމަލާދީ 17 އަހަރުގެ ޒުވާނަކު ވަނީ މަރުވެފައެވެ. އަދި 4 މީހަކަށް ވަނީ ވަރަށް ބޮޑެތިޒަހަމު ތަކެއްވެފައެވެ. ތޫނުއެއްޗަކުން ހަމަލާ ދިނުމުގެ ސަބަބުން މަރުވެފައިވަނީ މ.ބިއުޓީ ފުލަރވަރ މުޙައްމަދު ޙުސައިން ކަމަށް މީޑީޔާތަކުން ހާމަކޮށްފައިވެއެވެ. ނަމަވެސް ފުލުހުން މަރުވި މީހާގެ ނަމެއް ހާމައެއްނުކުރެއެވެ.
އޭނާ މަރުވެފައިވަނީ ފަލަމަސްގަނޑަށް ވަރަށް ފުންކޮށް ހަމަލާދިނުގެ ސަބަބުން، މުޙިއްމު ނާރުތަކެއް ބުރިބުރި ވުމުގެ ސަބަބުން ކަމަށް އައި.ޖީ.އެމް.އެޗުން ހާމަކުރައްވާފައިވެއެވެ.
އަދި ހޮނިހިރު ދުވަހު 11:45 ގައި މައްޗައްގޯޅި ސަހަރާ ކައިރިން ދެ މީހަކަށް ހަމަލާދީވަނީ ޒަހަމުތަކެއް ކޮށްލާފައެވެ. މިމާރާމާރީގައި އެކަކުގެ ބޮލައް ތޫނު އެއްޗަކުން ހަމަލާދިނުގެ ސަބަބުން ގެއްލުން ތަކެއްވެފައިވާއިރު އަނެއްމީހާގެ ބުރައްކަށްޓައްވަނީ ޒަހަމްތަކެއް ލިބިފައެވެ.
މިމާރާމާރީތަކާއި ގުޅުގެން 2 މީހަކު މިހާރު ހުރީ ފުލުހުންގެ ބެލުމުގެ ދަށުގައިކަމަށް ފުލުހުންގެ މީޑިޔާ އޮފިޝަލް ހާމަކުރައްވައެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...