އަފްޣާނިސްތާނުގައި ތިބި ހޮލެންޑްގެ ސިފައިން އެނބުރި ޤައުމަށް ހިނގައްޖެއެވެ.
ނޭޓޯގެ ގުޅިފައިވާ ފައުޖުގައި ހިމެނޭ ހޮލެންޑްގެ ފައުޖްގައި ހިމެނޭ ސިފައިން އެނބުރި ގައުމަށް ގޮސްފައިވަނީ ހޮލެންޑްގެ ރައްޔިތުން ސަރުކާރަށް ކުރި 'ޕްރެޝަރު'ގެ ސަބަބުންކަމަށް ހަބަރު ލިބެއެވެ. ހަބަރު ލިބޭގޮތުގައި މިނިންމުމަކީ ހޮލެންޑަށް އަލަށް އިންތިހާބުކުރެވުނު ސަރުކާރުން ނިންމި ނިންމުމެކެވެ. ކުރީގެ ސަރުކާރު ވެއްޓުމުގެ އެންމެ މުހިންމު ސަބަބުކަމުގައިވާ އަފްޢާނިސްތާނު ހަނގުރާމައިގައި ބައިވެރިނުވުމަށް އާ ސަރުކާރުން ނިންމީ ރައްޔިތުންގެ ރުހުން ހޯދަން ކަމަށް ހަބަރުތަކުން ބުނެއެވެ.
ހޮލެންޑްގެ ފައުޖުގައި ހިމެނޭ 1900 މީހުން މިހާރުވަނީ ގުޅިފައިވާ ނޭޓޯގެ ލަޝްކަރާއި ވަކިވެ އެނބުރި ގައުމަށް ގޮސްފައެވެ. މިކަމާއި ގުޅިގެން ގިނަ ބަޔަކުވަނީ އުފާ ފާޅުކޮށް ސަރުކާރުގެ ނިންމުމަށް މަރުހަބާ ކިޔާފައެވެ.
އަފްޢާނިސްތާނުގައި ހަރަކާތްތެރިވާ ސިފައިންގެ ފައުޖުތައް ބޭލުމުގެ ވާހަކަތައް އެކި ގައުމުތަކުން ދެއްކިނަމަވެސް އަމަލީ ގޮތުން އެކަން ދެއްކި ފުރަތަ ގައުމަކީ ހޮލެންޑްއެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...