އަރަބިދުނިޔެ އިސްރާއީލުގެ ހަމަލާއެއްގައި ހަމާސްގެ އިސް ކޮމާންޑަރެއް ޝަހީދުވެއްޖެ

އިސްރާއީލުގެ ހަމަލާއެއްގައި ހަމާސްގެ އިސް ކޮމާންޑަރެއް ޝަހީދުވެއްޖެ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ލިޔުނީ: އަލީ އަހްސަން

އިސްރާއީލުގެ ހަމަލާއެއްގައި ހަމާސްގެ އިސް ކޮމާންޑަރެއް ޝަހީދުވެއްޖެއެވެ.

އިޒްރޭލުގެ ހަމަލާގައި ޝަހީދުވެފައިވާ ހަމާސްގެ ކޮމާންޑަރަކީ އީސާ ބަރްތާންކަމަށް ހަބަރުތަކުންބުނެއެވެ. ހަބަރު ލިބޭގޮތުގައި "އީސާ ބަރްތާން ދަތުރުކޮށްފައިދިޔަ އުޅަނދަށް ރޮކެޓްހަމަލާ އަމާޒުވިކަމަށާއި އޭނާ ހަމަލާއަށްފަހު ފަރުވާ ލިބެމުންދަނިކޮށް ޝަހީދުވީ" ކަމަށެވެ. މީގެ އިތުރުން ބަރްތާން އާއި އެކު ދަތުރު ކުރި އެހެން މީހުންވެސް ޝަހީދުވެފައިވާކަމަށް ފަލަސްތީނުގެ މީޑިއާތަކުން ހަބަރުދެއެވެ. މިކަން ވަނީ ހަމާސް ޖަމާޢަތުންވެސް ކަށަވަރުކޮށް ދީފައިވެއެވެ.

ބަރްތާންއަކީ ރޮކެޓް އުފެއްދުމުގެ މާހިރެކެވެ. ހަމާސް ޖަމާއަތުން ބޭނުންކުރާ ގިނަ ރޮކެޓްތައް ހެދުމުގެ މުގުލުގައި ހުރީ ބަރްތާންއެވެ.

ޓެގް

ފަލަސްތީން

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.