އޭޝިއާ އަފްޣާނިސްތާނުން ފޭބުމަށް އެމެރިކާއާއި އިނގިރޭސިން އެންމެފަހުން އެއްބަސްވެއްޖެ

އަފްޣާނިސްތާނުން ފޭބުމަށް އެމެރިކާއާއި އިނގިރޭސިން އެންމެފަހުން އެއްބަސްވެއްޖެ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ލިޔުނީ: އަލީ އަހްސަން

އަފްޣާނިސްތާނުން ފޭބުމަށް އެމެރިކާއާއި އިނގިރޭސިން އެންމެފަހުން އެއްބަސްވެއްޖެއެވެ.

'ބިންލާދިން' ހޯދުމަށްކަމަށްބުނެ އަފްޢާނިސްތާނުގެ ޤާނޫނީ ސަރުކާރު ވައްޓާލާ އެތައް އަހަރެއް ވަންދެން އިސްތިޢުމާރީން އަފްޢާނިސްތާނުގައި ހަރަކާތްތެރިވުމަށްފަހު "އަފްޣާނިސްތާނުން ފައިބަން ފަށާނެ" ކަމަށް ހާމަކޮށްފައިވަނީ އިނގިރޭސިންގެ ޕްރައިމް މިނިސްޓަރާއި އެމެރިކާގެ ރައީސް ބަރަކް އޮބާމާ ބައްދަލުކުރުމަށްފަހުގައެވެ. މިބައްދަލުވުމުގައި އޮބާމާ ވަނީ "އަންނަ އަހަރު އެމެރިކާގެ ލަޝްކަރުތައް އަފްޣާނިސްތާނުން ފައިބަން ފަށާނެ" ކަމަށް ވިދާޅުވެފައެވެ.  އަދި "އިނގިރޭސިންގެ ލަޝްކަރުތައް ވެސް އަންނަ އަހަރު ފައިބަން ފަށާނެ ކަމަށް" ޕްރައިމް މިނިސްޓަރު ވަނީ ވުނެފައެވެ.

އަފްޢާނިސްތާނުގައި ބިދޭސީ ލަޝްކަރުތަކަށް ތަފާތު ދުއްތުރާތައް ކޮންމެ ދުވަހަކުހެންވެސް ދަނީ ލިބެމުންނެވެ. މީގެ ސަބަބުން ގައުމުތަކުގެ ރައްޔިތުން ހަނގުރާމައަށް ދިއުމަށް ދެކޮޅުހެދުންތައް ގިނަވެ، ހަނގުރާމާގައި ލިބެމުންދާ ގެއްލުމުގެ ސަބަބުން އެތެރޭގެ ގަޑުބަޑު ވަނީ އިންތިހާއަށް ބޮޑުވެފައެވެ.

ޓެގް

އަފްޣާނިސްތާން އެމެރިކާ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.