ރިޕޯޓް ބޮޑު މުޒާހަރާގެ ބައިވެރިންގެ ޑިމާންޑްތަކަށް އަދުގެ އޯގާތެރި ސަރުކާރުން އިޖާބަދީ ހަށިފޮޅާލާފައި....

ބޮޑު މުޒާހަރާގެ ބައިވެރިންގެ ޑިމާންޑްތަކަށް އަދުގެ އޯގާތެރި ސަރުކާރުން އިޖާބަދީ ހަށިފޮޅާލާފައި....

ބޮޑު މުޒާހަރާގެ ބައިވެރިންގެ ޑިމާންޑްތަކަށް އަދުގެ އޯގާތެރި ސަރުކާރުން އިޖާބަދީ ހަށިފޮޅާލާފައި....

ކިޔާލަން ހޭދަވާނީ 4 މިނިޓް

ފޮންޓް ސައިޒް

މި މަހުގެ 23 ވަނަ ދުވަހު ރާއްޖޭގެ އެތައް ހާސް ބަޔަކު ބައިވެރިވެގެން ބޭއްވި ބޮޑު މުޒާހަރާގެ ބައިވެރިން ކުރި ފަސް ޑިމާންޑަށް އަދުގެ ޑިމޮކްރަސީއަށް ލޯބިކުރާ އޯގާތެރި ސަރުކާރުން ވަރަށް ފުރިހަމަޔަށް އިޖާބަދީ ހަށިފޮޅާލައިފިއެވެ. އާނ އެކެވެ. މި މުޒާހަރާގައި ފުރަތަމަ ރައްޔިތުންގެ ޑިމާންޑުތައް ކުރަން ފެށުމުން މިސަރުކާރުން ބުނަމުން ދިޔައީ އެ އެ ޑިމާންޑުތައް ކުރަމުން ދަނީ ކޮން ފަރާތަކުން ކަން ނޭނގޭކަމަށެވެ. ކޮންމެއަކަސް، ކޮންމެވެސް ގޮތަކުން އެއީ ރައްޔިތުންކަން މި ސަރުކާރަށް އިޙްސާސްވުމުން އެ ޑިމާންޑްތަކަށް އިޖާބަދޭނެ ކަމްށް ބުނެ ރައްޔިތުން "ހައްދާލިއެވެ". ދެން މި ބުނާ ފަސް ޑިމާންޑަށް މި ބައިމީހުން އިޖާބަ ދިން ގޮތް ބަލާލަމާ ހިންގަވާށެވެ.

ފުރަތަމައީ، އައްޑޫގައި ސާރކް ސަމިޓަށް ބެހެއްޓި ބުދުތައް ނެގުމެވެ. އާދެ މިކަން މިހާރު ވަނީ މި ސަރުކާރުން "ޕްރައިވަޓައިޒް" ކޮށް އައްޑޫ ކައުންސިލާ ޙަވާލު ކޮށްފައިވެ. މި ގޮތުން މި ސަރުކާރުގެ ކުށެއް ނެތްކަން ހާމަކުރަމުން ޕްރެސް ސެކެއްޓަރީ ބުނެފައިވަނީ އައްޑޫ ސިޓީގައި ހުރި އެހެން ދީންތައް ރަމްޒުކޮށްދޭ މޮނިއުމެންޓްތައް ނައްތާލުމުގެ އިސް ދައުރެއް އޮތީ އެ ސިޓީގެ ކައުންސިލަށް ކަމަށާއި އެ މޮނިއުމަންޓްތައް ނެގުމަށް އެސިޓީގެ ކައުންސިލުން ނިންމަވާ ނިންމެވުމަކަށް ސަރުކާރުން ހުރަހެއް ނާޅާނެ ކަމަށެވެ. އެހެނީ ރައީސް މީހާއަށް މޮނިއުމަންޓްތަކުގެ ފޮތިގަނޑުތަށް ކަހާލަ ދެއްވިއެއް ކަމަކު ފެނިފައިވަނީ ތަޅާލާފައި ހުއްޓާއެވެ. މިހާ ހިސާބުން އުފެދޭ ސުވާލަކީ މި ބުދުތައް ޙިމާޔަތް ކުރީ އައްޑު ސިޓި ކައުންސިލުން ތޯއެވެ. ނުވަތަ "އެ ހުރީ ބުދު ބަހައްޓާފައޭ، އަދިވެސް ބަހައްޓާނަމޭ" ބުނީވެސް އައްޑޫ ސިޓީ ކައުންސިލް ގެ ނައިބުރައީސް ތޯއެވެ؟

ދެން އޮތް ޑިމާންޑަކީ، ރާއްޖޭގެ މީހުން ދިރިއުޅެ ރަށްރަށުގައި ރާ ވިއްކުން ހުއްޓާލުމަށް ކުރި ޑިމާންޑެވެ. މިކަމާ ގުޅޭގޮތުން މިހާރު މި ވަނީ ވަރަށްވެސް ބޮޑު އެހާމެ އުނދަގޫ ސުވާލެއް އުފެދިފައެވެ. އެއި މީހުން ދިރިއުޅެނީ ކޮން ތަންތަނެއްގައި ކަމާ މެދު އެވެ. އެހެނީ ރާއްޖޭގެ ރިސޯޓްތަކުގައިވެސް 400 އެށްހާ މީހުން ދިރިއުޅެއެވެ. އެމީހުން ވެސް ހަމަ ޕްރެސް ސެކެއްޓަރީ ބުނާފަދައިން އެތަންތާނގައި އުޅެނީ "ދިރި" އެވެ. އެހެންކަމުން މިހާރު ދެން ހުރިހާ ރަށެއްގައި ރާވިއްކުން ހުއްޓާލަނިއްޔެވެ. ދެން އަޅުގަނޑުގެ ހިތުގަ އުފެދޭ ސުވާލަކީ މިބައިމީހުންގެ ކެމްޕޭނުތަކަށް މީހުން ދިރި އުލޭ ރަށްރަށުގެ ގޮތުގައި މި ބުނާ ރިސޯޓްތައް ގުނައި އެ ރިސޯޓްތަކަށްވެސްކޮށްދޭނެ ކަންކަން ގޮތުގައި ބޮޑު "ފަތިވަރެށް" ހަދައި އެ "ފަތިވަރު" ކިޔަން ނުދަނީ ކީއްވެބާއެވެ؟  އަދި ޑިމާންޑުތައް ކުރި އިރު "މީހުން ދިރިއުޅޭ ރަށްރަށޭ" ބުނުމުގެ ބަދަލުގައި "ދިވެހި ރާއްޖޭގެ ހުރިހާ ރަށެކޭ" ނުބުނީ ކީއްވެބާއެވެ؟ މި ސަރުކާރުން ވިސްނުން ކށިކަމާއެވެ.

ތިންވަނަ ޑިމާންޑުކަމުގައިވާ އިޒްރޭލުގެ ފްލައިޓް ޖެއްސުމަށް ހުއްދަ ދީގެން ނުވާނެ ކަމަށް ކުރި ޑިމާންޑަށް މި ސަރުކާރުން ހޯދި އެންމެ ފުރިހަމަ ޙައްލަކީ ކޮބައިކަން އެނގިވަޑައި ގަންނަވާތޯއެވެ؟ " އިޒުރޭލު ބޯޓު ބޭނުންކުރައްވާނެ ފަތުރުވެރިންގެ ބުކިންސް އެ ވިޔަފާރި ކުރައްވާ ފަރާތްތަކުން ކެންސަލް ކޮށްލެއްވުމުން އެބޯޓެއް މި ރާއްޖެއަށް ނާންނާނެއޭ" އެކަމާ ގުޅޭގޮތުން ޒުހައިރެ ވިދާޅުވަފައި ވާކަމަށް ބައެއް މީޑިއާތަކުގައި ވެއެވެ. އެހެންކަމުން މިކަންވެސް މިހާރު މިވަނީ ރާއްޖޭގެ ބޮޑެތި ވިޔަފާރިވެރިންގެ އަތްމަތީގައެވެ. ދެން މިސަރުކާރުގެ އެއްވެސް ބޭނުމެއް އެބައޮތްތޯއެވެ؟ ހުރިހާ ކަމެށް މީހުނަށް ބަހާލަ ދިނުމަށް ފަހު ސަރުކާރުން ބޮޑު މުސާރަ ނަގައިގެން އަޅުގަނޑުވެސް ނުވަތަ ތިއިން ކޮންވެ ރައްޔިތަކަށްވެސް ސަރުކާރު ހިންގިދާނެއެވެ. އަދި މިހާރު އަޅުގަނޑަށްވެސް އޮޅިއްޖެއެވެ. އިޒްރާއިލްއާ ގުޅުން ބަދަހި ނުކުރެވިގެން މިއުޅެނީ މި ވިޔަފާރިވެރިން ބާއެވެ. ފާޑު ފާޑުގެ ޑޮކްޓަރުންގެ ނަމުގައި މި ބައިމީހުން މި އެތެރެ ކުރަނީ ވިޔަފާރިވެރިން ބާއެވެ؟ އިޒްރާއިލްގެ ޒަޔަނިސްޓުންނަކީ ދަނޑުވެރިކަމަށް ވަރަށް މޮޅު ބެއެއް ކަމުން ރާއްޖޭގެ ބައެއް ރަށްރަށް ދަޑުވެރިކަން ދަސްކޮށްދީ ސާރވޭ ކުރަން އިޒްރާއިލްގެ މީހުން ގެނައީވެސް ހަމަ މި ވިޔަފާރިވެރިން ބާވެއެވެ. އެހެނީ އެބައިމީހުން ވަނީ މި އަހަރުގެ މިހާތަނަށް އެކަނިވެސް 13،149 ދަނޑުބިން ހަލާކޮށް ފޭރިގަނެފައެވެ. ފަލަސްތީނާއި އެއްކޮޅަށް ޔުނެސްކޯގައި ނެގި ވޯޓުގައިވެސް ބައިވެރި ނުވީ ހަމަ މި ބުނާ ވިޔަފާރިވެރިން ބާއެވެ؟

ހަތަރުވަނަ ޑިމާންޑަކީ ހަށިވިއްކާ ތަންތަން ބަންދުކުރުމެވެ. މިކަމާ ގުޅޭގޮތުން ސަރުކާރުން ވަރަށް ފުރިހަމަޔަށް އިޖާބަދީ ފުރަތަމަވެސް މުޒާހަރާގައި ބައިވެރިވި ވިޔަފާރިވެރިއެއްގެ ރިސޯޓުގެ މަސާޖް ޕާލާ ބަންދު ކުރުމަށް ފަހު ޢަމަލީ ފިޔަވަޅު އަޅައިފިއެވެ. ކިހާ ހެޔޮފުޅު ދެއްތޯއެވެ؟ މާލޭގައި "ހަށި ވިއްކާ" ތަންތަން ހުރި ކަމަށް ބުނާއިރު މިއިން އެއްވެސް ތަނަކާމެދު ފިޔަވަޅެއް އެޅިކަމެށް އެނގިފައެއް ނެތެވެ. އެތަންތަން ހުރީ އަދި "ރޮލަށެވެ". ފެށީ ދުރުން ކައިރިއަށެވެ. އާނއެކެވެ. ކޮންމެ މީހަކު ތަނެެއް ކަމުގައިވިޔަސް ހަށިވިއްކާ ތަންތަން ބަންދުކުރަން ވީއެވެ. އެކަމަކު އަޅުގަނޑުމެނަށް މި ފެންނަނީ މިފަދަ މްނޒަރެއް ނޫނެވެ. ހުރިހާ ކަމެށްވެސް ޖެއްސުމަށެވެ.

ދެން އޮތީ ޕިއްލޭގެ ވާހަކައެވެ. މީނާ މި ދެއްކި ވާހަކައާއި މެދު ޒިންމާވާންޖެހޭނީ ރައްޔިތުންގެ މަޖިލިހަށް ކަމަށް މި ސަރުކާރުން ވަނީ ބުނެފައެވެ. އަދި ރާއްޖޭގައި ހުންނަ އދ ގެ އޮފީހުންނެވެ. އެހެނީ ރައީސް މީހާގެ އަރިހުގައި އިނދެ އެކަހަލަ ޙަޔާތްކުޑަ ވާހަކައެށް ނުދައްކައެވެ. މިހާރު މިބައި މީހުންގެ ވާހަކައިން ޤައުމުގެ ރައީސް މީހާ ޒިންމާނަގަން މި ޤައުމުގައި ހަމަ އެކަނި ޖެހެނީ ރައީސް މީހާ ކައިރީ އެކަނި ދައްކާ ވާހަކައާއި މެދު ހެން ހީވެއެވެ. އެހެނީ އެ އޮފީހުން ބޭރުވެއްޖެ ނަމަ އެބައިމީހުން ސަލާމަތް ވީއެވެ. ޒިންމާ ނަގާކަށް ނުޖެހެއެވެ. އެކަމަކު އަޅުގަނޑަށް ބައެއް މީޑިއާ ރިޕޯޓޮތައް ބުނާ ގޮތުން ޕިއްލޭ ގެނައުމުގައި ފޮރިންމިނިސްޓްރީގެ އިސްދައުރެއް ވާކަމަށް ވެއެވެ. އަދި މިފަދަ އިއްޒަތްތެރިއަކު ގެންނަ އިރު ފޮރިން މިނިސްޓްރީގެ ދައުރު ނުވާނެހެން ތިޔަ ކިޔުން ތެރިންނަށް ހީވޭ ހެއްޔެވެ؟ ދެން އޮތް އަނެއްކަމަކީ ޕިއްލޭގެ ވާހަކައަށް ތާއީދުކޮށް ވާހަކަދެއްކި ކަމަކަށް މިހާރު މި ބައިމިހުން އެއްބަހެއް ނުވެޔެވެ.

ހުރި ހިތާމައެއްގެ ބޮޑުކަމާއެވެ. ސަރުކާރު މީހާ ރައްޔިތުންގެ ބަހަށް އިޖާބަ ދިންލެއް ފުރިހަމަ ކަމާއެވެ. ބޮލުން ކަޓުވާލަން މޮޅުކަމާއެވެ. ރައްޔިތުންނަށް ޖެއްސުން ކުރުމުގައި ޙައްދު ފަހަނައަޅާފައެވެ. މިބައިމީހުންގެ ޑިމޮކްރަސީގައި ގިނަ ރައްޔިތުން އެދޭ ގޮތް އޮންނަ އިރު މި ޑިމޮކްރަސީގެ ބައްޕަ މެނަށް ރައްޔިތުން ވަކިކުރަން ނޭނގެންޔާ އެބައިމީހުން ބުނާގޮތް އެގެނީ ކިހިނަކުން ބާއެވެ؟ މިބައިމީހުނަށް ރައްޔިތުންނާއި، މީހުން ދިރިއުޅޭ ރަށްރަށް ވަކި ކުރާން އެނގޭނީ 2013 ގައި ތޯއްޗެކެވެ. އޭރުން ރައްޔިތުންނަށްވެސް ރައީސް މީހާ ވަރަށް ފުރިހަމަޔަށް ވަކިކުރަން އެނގޭނެ ކަމުގައި މި ފުރުސަތުގައި ދެންނެވީމެވެ. ބާކީ އަދި 1 އަހަރާއި 11 މަހާއި ދުވަސް ކޮޅެއް އެބައޮތެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.