ވީޑިއޯއިން ބޮޑު ބުދަކަށް ހޮނުއަޅައި ބަލަންތިބި މީހުންގެ ކުރިމަތީގައި އަދައި ހުލިވަނީ

ބޮޑު ބުދަކަށް ހޮނުއަޅައި ބަލަންތިބި މީހުންގެ ކުރިމަތީގައި އަދައި ހުލިވަނީ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ތިރީގައިވާ ވީޑިއޯ އިން ފެނިގެންދާނީ އެމެރިކާގެ ފައްޅިއެއްގައި ބަހައްޓާފައިވާ ނަޞާރާއިންގެ ބޮޑު ބުދަކަށް ހޮނުއަޅައި ބަލަންތިބި މީހުންގެ ކުރިމަތީގައި އަދައި ހުލިވި ވީޑިއޯއެވެ. މިއީ މިއަހަރު ހިނގި ހާދިސާއެކެވެ. ރަސްކަލުންގެ ރަސްގެފާން (ކިންގު އޮފް ކިންގު)ގެ ނަމުން އެމީހުން މުހާތަބުކުރާ މިބުދަކީ ނަސާރާއިން އަޅުކަން ކުރުމަށް އެމެރިކާގެ އޮހިއޯގައި ހަދާފައިވާ ފައްޅިއެއްގައި ބަހައްޓާފައިވާ ބުދެކެވެ. ޕުލާސްޓިކް ފޯމްއާއި ފައިބަރގުލާސްއާއި ސުޓީލް ފުރޭމް ބޭނުން ކޮއްގެން ހަދާފައިވާ މި 'ޖީސަސް' ބުދަކީ ހަ ބުރީގެ އުސް އިމާރާތަކަށް  ވުރެވެސް އުސް ބުދެކެވެ.

މިބުދަށް ހޮނު އަޅާ އަލިފާން ރޯވެ އެއްކޮށް އަދައިގެން ގޮސްފައިވާ ކަމަށާއި އަދި ފެންނަން އޮތީ އެބަހައްޓާފައި ހުރި ދަގަނޑު ފްރޭމްކަމަށާއި، އެވެސްއޮތީ އަދައިގެން ގޮސް ކަޅު ދެލިގަނޑަކަށްވެފައި ކަމަށް މީޑިއާތަކުގައި ހާމަކޮށްފައިވެއެވެ. މިބުދު އަދައިގެން ދިޔައީ ގިނައަދަދެއްގެ ބަޔެއްގެ ކުރިމަތީގައެވެ.

ބުދަށް ހޮނުއަޅާ އަނދާ ހުލިވުމުން ހަމަ އެކަހަލަ ބުދެއް ބެހެއްޓާނެކަމަށް އެސަރަހައްދުގެ މީހުން ދަނީ ބުނަމުންނެވެ. އަދި އެބުދު ހަދާނީ އަލިފާން ނުހިފާނެ ގޮތަކަށް ކަމަށްވެސް ޗެލެންޖާއި އެކު ދަނީ ބުނަމުންނެވެ.

ޓެގް

ފޮޓޯއިން ޚަބަރު

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.