އޭޝިއާ އަފްޣާނިސްތާނުން އެމެރިކާގެ 10 ހާހަށްވުރެ ގިނަ ސިފައިން ފައިބައިފި

އަފްޣާނިސްތާނުން އެމެރިކާގެ 10 ހާހަށްވުރެ ގިނަ ސިފައިން ފައިބައިފި

އަފްޣާނިސްތާނުން އެމެރިކާގެ 10 ހާހަށްވުރެ ގިނަ ސިފައިން ފައިބައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

އަފްޣާނިސްތާނުން ސިފައިން ބޭލުމަށް އެމެރިކާއިން ކަނޑައަޅާފައިވާ ޕްލޭންގެ ފުރަތަމަ ފިޔަވަހީގެ ދަށުން 10،003 ސިފައިން އަނބުރާ ގެނެސްފައިވާކަން އެމެރިކާގެ ރަސްމީ އިދާރާތަކުން ފުރަތަމަ ފަހަރަށް އިއުލާނުކޮށްފިއެވެ.

އެމެރިކާގެ އަމާޒަކީ 2014 ވަނަ އަހަރު އަންނަންވާއިރަށް އެމެރިކާގެ ހުރިހާ ސިފައިން އަފްޣާނިސްތާނުގެ ހަނގުރާމައިގެ މައިދާނުން ބޭލުމަށް ފަހު އެގައުމުގެ ސަލާމަތީ ހުރިހާ ކަމެއް އެގައުމުގެ ސަލާމަތީ ބާރުތަކުގެ އަތް މައްޗަށް ދޫކޮށްލުމެވެ. ސިފައިން ބޭލުމުގެ މަޝްރޫއުގެ ދަށުން ފުރަތަމަ ބާލާނީ މި އަހަރުގެ ކުރީކޮޅު އެމެރިކާގެ ރައީސް ބަރަކް އޮބާމާގެ އަމުރަށް އަފްޣާނިސްތާނަށް އިތުރުކުރި 33،000 ސިފައިންގެ ލަޝްކަރެވެ.

ތާލިބާނުންނާ ދެކޮޅަށް ކުރިއެރުން ލިބެމުންދާކަން އިއުލާނުކުރައްވަމުން އޮބާމާ ވަނީ މި އަހަރު ނިމުމުގެ ކުރިން 10،000 ސިފައިން އެނބުރި ގައުމަށް ގެންނަން ވައުދުވެ ވަޑައިގެންފައެވެ. އަދި އަންނަ އަހަރު ހޫނު މަސް ނިމުމުގެ ކުރިން އިތުރު 23،000 ސިފައިން ގައުމަށް ގެންނަން އޭނާވަނީ ވައުދުވެ ވަޑައިގެންފައެވެ.

މިހާރު އަފްޣާނިސްތާނުގައި ތިބި އެމެރިކާ ސިފައިންގެ އަދަދު އަރަނީ ގާތްގަނޑަކަށް 91،000 އަށެވެ.

އެމެރިކާ އިން އަފްޣާނިސްތާނުގައި ހިންގާ އަސްކަރީ ހަރަކާތްތައް މަދުކޮށްލުމަށް އޮބާމާގެ ސަރުކާރުން ގެންގުޅޭ ސިޔާސަތަށް މާހިރުންގެ ފާޑުކިޔުން އަމާޒުވެފައިވީ ނަމަވެސް އަންނަ އަހަރުން ފެށިގެން އެމެރިކާ ސިފައިން ހަނގުރާމައިގެ ހަރަކާތްތައް އަފްޣާނިސްތާނުގައި ހުއްޓާލާނެ ކަމުގެ އިޝާރާތެއް ވެސް ވަނީ ދީފައެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.