ދުނިޔެ ސީރިއާގައި ޖާނުން ފިދާވެގެން ގޮއްވާލި ދެ ކާރު ބޮމެއްގައި 44 މީހުން މަރުވެއްޖެ.

ސީރިއާގައި ޖާނުން ފިދާވެގެން ގޮއްވާލި ދެ ކާރު ބޮމެއްގައި 44 މީހުން މަރުވެއްޖެ.

ސީރިއާގައި ޖާނުން ފިދާވެގެން ގޮއްވާލި ދެ ކާރު ބޮމެއްގައި 44 މީހުން މަރުވެއްޖެ.

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

އިއްޔެ ސީރިޔާގެ ވެރިރަށުގައި ޖާނުން ފިދާވެގެން ގޮއްވާލި ދެ ކާރު ބޮމެއްގައި 44 މީހުން މަރުވެ 100 އަށް ވުރެ ގިނަމީހުންނަށް އެކިވަރުގެ ޒަހަމްތައް ލިބިއްޖެއެވެ.

ގިނަބަޔަކު މިގޮވުންތަކުގައި މަރުވިއިރު އޭގެތެރޭގައި ގިނަ އާންމުންނާއި ސަލާމާތީ ބަލަހައްޓަމުންދާ އޮފިސަރުން ހިމެނެއެވެ. ނުވަމަސްވެފައިވާ ސީރިޔާގެ ދާޚިލީ ހަމަނުޖެހުންތަކުގައި އިއްޔެގެ ދެ ގޮއްވާލުމުގައި އަލްޤައިދާގެ އަތެއްވާކަމަށް ބެލެވޭކަމަށް އެޤައުމުގެ ސްޓޭޓް މީޑިއާއިން ވަނީ ހާމަކޮށްފައެވެ. ނަމަވެސް ބައިނަލްއަގްވާމީ ޚަބަރު ފަތުރާ ވަސީލަތްތަކުން އެގައުމުގެ އާންމުންނާ ހަވާލާދީ ބުނެފައިވަނީ އެމީހުންދެކޭގޮތުގައި  މީ ސަރުކާރުން ރާވައިގެން ގޮއްވާލައިފާ ގޮއްވާލުންތަކެއްކަމުގައެވެ. ނަމަވެސް އެޤައުމެ ސަރުކާރުންދަނީ މިކަމަށް އިންކާރުކުރަމުންނެވެ.

އެގައުމާ ދެކޮޅަށް ތަފާތު ފިޔަވަޅުތައް އަރަބި ލީގުން އެޅުމަށް ނިންމަމުންދާ މިދަނޑިވަޅުގައި ބޮން ގޮވުންތައް ހިނގާފައިމިވަނީ އަރަބި ލީގުގެ އޮބްޒާވަރުން އެގައުމަށް އިއްޔެ ޒިޔާރަތްކޮށްފައި ވަނިކޮށެވެ.

ޓެގް

ސީރިޔާ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.