ރާއްޖޭގެ ޚަބަރު "އިސްލާމްދީނުގެ ޙިމާޔަތުގައި ދިވެހިން" މުޒާހަރާ ފަރެސްމާތޮޑާގައި ވެސް ކުރިއަށްދިޔަ

"އިސްލާމްދީނުގެ ޙިމާޔަތުގައި ދިވެހިން" މުޒާހަރާ ފަރެސްމާތޮޑާގައި ވެސް ކުރިއަށްދިޔަ

"އިސްލާމްދީނުގެ ޙިމާޔަތުގައި ދިވެހިން" މުޒާހަރާ ފަރެސްމާތޮޑާގައި ވެސް ކުރިއަށްދިޔަ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ފަރެސްމާތޮޑާގައި ކުރިއަށްދިޔަ މުޒާހަރާގެ ތެރެއިން

މަދަނީ އިއްތިޙާދާއި، ސިޔާސީ ޕާޓީތަކާއި، ޖަމްއިއްޔާ ޖަމާއަތްތަކާއި އަދި އަމިއްލަ ފަރުދުން ގުޅިގެން "އިސްލާމްދީނުގެ ހިމާޔަތުގައި ދިވެހިން" މި ޝިއާރުގެ ދަށުން ދިވެހިރާއްޖޭގެ އެކިކަންކޮޅުތަކުގައި އިއްޔެ ބޭއްވި ބޮޑު މުޒާހަރާ ގިނަ އަދަދެއްގެ ޒުވާނުން އިސްނަގައިގެން ގދ. ފަރެސްމާތޮޑާގައި ވެސް ބާއްވައިފިއެވެ.

ހުވަދު އަތޮޅު ދެކުނު ބުރީގައި ތިންވަނަ އަށް އެންމެ އާބާދީ ބޮޑު، މަސްވެރި ރައްޔިތެއް ދިރިއުޅޭ ގ.ދ.ފަރެސްމާތޮޑާގައި މިއަދު ބޭއްވުނު މުޒާހަރާގައި އަށާރަ އަހަރުން މަތީގެ ދެ ޖިންސްގެ ގިނަ އަދަދެއްގެ މީހުން ބައިވެރިވިއެވެ. ރަށުގެ ބޮޑެތި މަގުތަކުގައި ބޭއްވުނު ސުލްޙަވެރި މުޒާހަރާގައި، ވަތަން އެދޭ ގޮތަށް 2008 ވަނަ އަހަރު ރައްޔިތުން ގެނައި އެމް.ޑީ.ޕީ ސަރުކާރުން ހިންގައިފައިވާ ލާދީނީ ކަންކަމާ ދެކޮޅަށް އަޑުއުފުލައިފައިވެއެވެ.

ނަން ހާމަ ނުކުރުމަށް އެދި ފަރެސްމާތޮޑާއިން މައުލޫމާތު ދިން މުޒާހަރާގެ ބައިވެރިޔަކު ހާމަކުރިގޮތުގައި މި މުޒާހަރާއަކީ މިހާތަނަށް ފަރެސްމާތޮޑާގައި ބޭއްވުނު ސުލްޙަވެރި އެންމެ ބޮޑު އެއްވުމެވެ.

ވެރިކަން ހިންގާ އެމް.ޑީ.ޕީ އިން "މެދުމިނަށް ތާއީދު" ނަމުގައި މުޒާހަރާ ކުރުމަށް ގޮވާލައިފައި ވީނަމަވެސް ފަރެސްމާތޮޑާގައި އެމްޑީޕީ ސަޕޯޓަރުން މުޒާހަރާ ބާއްވާފައި ނުވެއެވެ.

ޓެގް

ޑިސެމްބަރު 23 މުޒާހަރާ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.