އޭޝިއާ ގައްޒާއަށް އެހީގެ ސާމާނު ފޮނުވުމަށް އިންޑިޔާއިން ތައްޔާރުވަނީ

ގައްޒާއަށް އެހީގެ ސާމާނު ފޮނުވުމަށް އިންޑިޔާއިން ތައްޔާރުވަނީ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ލިޔުނީ: ހުސެއިން ސާލިމް

"ދަ އޮޑާސިޓީ އޮފް ހޮޕް"ގެ ނަމުގައި ގައްޒާއަށް އެހީގެ ތަކެއްޗާއެކު ދިޔުމަށް ތައްޔާރުވަމުން ދާ ފްލީޓުގައި ބައިވެރިވުމަށް އިންޑިޔާއިން ތައްޔާރުވަމުން އެބަދެއެވެ. މި އެހީގެ ފްލީޓު ގައްޒާއަށް ދިޔުމަށް ހަމަޖެހިފައިވަނީ އަންނަ ސެޕްޓެމްބާ މަހުގެ ތެރޭގައެވެ.

އިންޑިޔާގެ ދުވަހު ނޫހެއްކަމުގައިވާ އިންޑިއަން އެކްސްޕްރެސިން ޚަބަރު ދޭގޮތޮތުގައި މިފަހަރު ގައްޒާއަށް މިދާ އެހީގެ ފުލީޓުގައި ޔޫރަޕާއި، ކެނެޑާއާއި، އިންޑިޔާއާއި، ސައުތު އެފްރިކާގެ އިތުރުން މެދު އިރުމަތީގެ ބޯޓުތަށްވެސް ބައިވެރިވާނެއެވެ. ޚަބަރު ލިބޭގޮތުގައި މި ހަރަކާތް އިންތިޒާމުކުރުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވަމުން ދަނީ އެމެރިކާގެ ރައީސް ބަރަކް ހުސެން އޮބާމާގެ ރަހުމަތްތެރިއެއް ކަމަށްވާ ރަޝީދު ޚާލިދީ ނަމަކަށް ކިޔާ މީހެކެވެ.

ހިންދީ ނޫހުން ހަބަރުދޭގޮތުގައި މިހާރު ކުރިޔަށްދަނީ 40 އާއި 60 އާއި ދެމެދުގެ އަދަދަކަށް އެކްޓިވިސްޓުން ގެންދެވޭނެ ވަރުގެ އެމެރިކާގެ ބޯޓެއް ހޯދުމަށްޓަކައި ބޭނުންވާ 360 ހާސް އެމެރިކާ ޑޮލަރު ހޯދުމުގެ މަސައްކަތްތަކެވެ.

ޚާލިދީ ހާމަކުރެއްވިގޮތުގައި މިފަހަރު އެމީހުން އެމެރިކާގެ އުޅަނދެއްގައި ދިޔުމަށް ވިސްނައިފަ ވުމުން، މީގެ ކުރީގެ އެހީގެ ބޯޓުތަށް ހިފެހެއްޓިގޮތަށް އެމީހުން ހިފަހަށްޓަން އިޒްރޭލަށް އުނދަގޫ ވާނެއެވެ.

ޓެގް

ފަލަސްތީން

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.